ޑިސެމްބަރު މަހަކީ އަބަދުވެސް ގިނަބަޔަަކަށް ހާއްސަ މަހެކެވެ. އާ އަހަރަށް ތައްޔާރުވުމަށް މުޅި މީހާ "ރީފްރެޝް"ކޮށްލާ މަހެވެ. ހާއްސަކޮށް އަހަރު ނިންމުމުގެ ގޮތުން އެކި ކުޅިވަރުތަކާއި، ހާއްސަ ކަންކަމުގައި ބައިވެރިވާން އެތައް ބަޔަކު ބޭނުންވާ މަހެކެވެ. އެހެންކަމުން އެކި ހަރަކާތްތަކުގައި ބައިވެރިވެ މީހާ ތާޒާ ކޮށްލަން މިއީ ރަނުގެ ފުރުސަތެކެވެ.

އެ ފުރުސަތު މި ދެނީ މާލެ އިން 15 މިނިޓް އިން ދެވޭހާ ކައިރީގައި އޮންނަ ކްރޮސްރޯޑްސްއިންނެވެ. ކްރޮސްރޯޑްސް މެރީނާގައި މިފަހަރުވެސް އާ އަހަރު ނިންމުމާއި ދިމާކޮށް އެތައް ފޯރިގަދަ ހަރަކާތްތައް އެބަ އޮތެވެ.

ކްރޮސްރޯޑްސްގެ ޑިސެމްބަރު މަހުގެ ހަރަކާތްތައް

1- 21 ޑިސެމްބަރު

މި ދުވަހު އޮތީ ކްރޮސްރޯޑްސްގެ ލައިޓިންގ ސެެރޮމަނީއެވެ. ހާޑްރޮކް ހޮޓެލް މޯލްޑިވްސް އާއި ސައި ލެގޫން މޯލްޑިވްސް ގުޅިގެން ބާއްވާ މި ހަރަކާތުގައި ރާއްޖޭގެ ބޭންޑެއް ކަމަށްވާ ރާވިއޯ މެރީނާގައި ޕާފޯމް ކުރާނެ އެވެ. އަދި ދިވެހި ކެއުންތަކުގެ ރަހަތައް ބަލައިލެނެއެވެ.

އެ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

2- 22 ޑިސެމްބަރު

މި ދުވަހު އޮތީ ސްޓްރީޓް ފެސްޓެވެ. މި ދުވަހުގެ ހަރަކާތްތައް މެރިޓައިމް ޕްލާޒާގައި ކުރިއަށްދާއިރު، މިއުޒިކް އާއި ތަފާތު ގޭމްތައް ހިމެނޭ ހަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.

މި ދެ ހަރަކާތްވެސް ކުރިއަށްދާނީ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.

3- 23 ޑިސެމްބަރު

މި ދުވަހުވެސް ސްޓްރީޓް ފެސްޓް އޮތްއިރު، ކުޑަކުދިންނަށް ހާއްސަ އާޓް ޑޭ އަދި އެގްޒިބިޝަން ހަރަކާތްތްތައް ވިލާޖް ޕްލާޒާގައި ކުރިއަށްދާނެއެވެ.

މި ދެ ހަރަކާތްވެސް ކުރިއަށްދާނީ ހަވީރު 16:00 އާއި 16:30 އިން ރޭގަނޑު 20:00 އަށެވެ.

4- 24 ޑިސެމްބަރު

މި ދުވަހުވެސް ސްޓްރީޓް ފެސްޓް އޮތްއިރު، ކްރޮސްރޯޑްސްގައި ހިންގާ ދެ ފިހާރައެއް ކަމަށްވާ ރާއިދާ މޯލްޑިވްސް އާއި އޮތެންޓިކް މޯލްޑްވްސް އިން އެ ދުވަހު ވިޔަފާރި ކުރާ ފަރާތްތަކަަށް ބޮޑެތި ޑިސްކައުންޓްތައް ލިބިގެން ދާނެއެވެ. އެގޮތުން ރާއިދާ މޯލްޑިވްސް އިން %25 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު، އޮތެންޓިކް މޯލްޑިވްސް އިން %50 އާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

ސްޓްރީޓް ފެސްޓް ކުރިއަށް ދާނީ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.

5- 25 ޑިސެމްބަރު

ސްޓްރީޓް ފެސްޓާއެކު މި ދުވަހުގެ ހަރަކާތުގެ ގޮތުގައި އޮތީ މޯލްޑިވްސް ކަލްޗަރަލް ޑޭ ވިތް ކަލްޗަރަލް ޕާފޯމެންސްތަކެވެ. މި ހަރަކާތްތައް އޮތީ މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުގައެވެ.

މި ދެ ހަރަކާތްވެސް ކުރިއަށްދާނީ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.

6- 26 ޑިސެމްބަރު

ސްޓްރީޓް ފެސްޓާއެކު މި ދުވަހުގެ ހަރަކާތުގެ ގޮތުގައި އޮތީ އޯޕެން މައިކް ނައިޓް ވިތް ކަރޯކޭ އެވެ. މި ހަރަކާތް އޮންނާނީ ބީންކޯގައެވެ.

މީގެ ތެރެއިން ސްޓްރީކް ފެސްޓް ހަވީރު 16:00 ރޭގަނޑު 20:00 އަށް ކުރިއަށްދާއިރު، އޯޕެން މައިކް ނައިޓް ވިތް ކަރޯކޭ ކުރިއަށް ދާނީ 20:00 ރޭގަނޑު 22:00 އަށެވެ.

7- 27 ޑިސެމްބަރު

މި ދުވަހު އޮތީ އެންމެންނަށް ކަމުދާ ރޮބޯމޭންގެ ހަރަކާތްތަކެވެ. މި ހަރަކާތް ކުރިއަށް ދާނީ ހަވީރު 17:00 އިން 18:00 އަށެވެ. މި ދުވަހު ކާނިވާ ވީޑް ޑޭ ވަން ގޭމްތަކާއެކު ކުރިއަށް ދާނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ 16:00 އިން 20:00 އަށެވެ.

8- 28 ޑިސެމްބަރު

މި ދުވަހު ކާނިވާ ވީކް ޑޭ 2 ގޭމްތަކާއެކު ކުރިއަށް ދާނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ 16:00 އިން 20:00 އަށެވެ.

9- 29 ޑިސެމްބަރު

މި ދުވަހު ކާނިވާ ވީކް ޑޭ ތްރީ ގޭމްތަކާއެކު ކުރިއަށް ދާއިރު، މި ހަރަކާތް ކުރިއަށް ދާނީ 16:00 އިން 20:00 އަށެވެ. އަދި އޭގެ އިތުރުން އޮތެންޓިކް މޯލްޑިވްސް އާއި ގުޅިގެން އޮތެންޓިކް ފެޝަން ޝޯ އެރޭ 20:00 އިން 22:00 އަށް ކުރިއަށް ދާނެއެވެ.

10- 30 ޑިސެމްބަރު

މި ދުވަހު ކާނިވާ ވީކް ޑޭ ފޯ ގޭމްތަކާއެކު ކުރިއަށް ދާއިރު، މި ހަރަކާތް ކުރިއަށް ދާނީ 16:00 އިން 20:00 އަށެވެ.

11- 31 ޑިސެމްބަރު

މި ދުވަހު އޮތީ ގާލާ ނައިޓް އެންޑް ނިއު އިޔާ ކައުންޓް ޑައުން ޕާޓީއެވެ. މި ހަރަކާތް ކުރިއަށްދާނީ އެރޭ 20:00 އިން ރޭގަނޑު 12:00 އަށެވެ.

12- 1 ޖެނުއަރީ

މި ދުވަހު އޮތީ އާމް ރެސްލިންގ ޓޯނަމެންޓެކެވެ. މާލޭގެ ޖިމަކާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ އެރޭ 20:00 އިން ރޭގަނޑު 21:00 އަށް މެރިން ޕްލާޒާގައެވެ.

13- 2 ޖެނުއަރީ

މިއީ ވީއާރް ޑޭއެވެ. އެ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00ގައި ދަ ގެލެރީގައި މި ހަަކާތް ކުރިއަށް ދާނެއެވެ.

14- 3 ޖެނުއަރީ

މި ދުވަހު އޮތީ ކަރޯކޭ ނައިޓް އެވެ. ބީން/ކޯ ރެސްޓޯރެންޓްގައި މި ހަރަކާތް ކުރިއަށްދާނީ އެރޭ 20:00 އިން ރޭގަނޑު 22:00 އަށެވެ.

ކްރޮސްރޯޑްސްގައި ބާއްވާ މި ހަރަކާތްތައް ފޯރިގަދަވާނެ އެވެ. އަދި އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގުޅާނީ 7307000 އަށެވެ.