ގިނަބަޔަކު މިހާރުވެސް ޒިޔާރަތް ކުރަމުންދާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެބްރުއަރީ ނުވަޔަކުން 15 އަށް ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ހަފްތާގައި ކްރޮސްރޯޑްސްއަށް ހިލޭ ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކްރޮސްރޯޑްސްއަކީ މާލޭގައި ދިރިއުޅެމުންދާ މީހުންނާއި މާލެ އަށް ޒިޔާރަތް ކުރާ މީހުން އާއިލާ ނޫނީ ރަހުމްތެރިން ނޫނީ ހަޔާތުގެ ބައިވެރިޔާއެކު އުފާވެރި ތަފާތު ތަޖުރިބާއެއް ކުރުމަށް ދާ ތަނެކެވެ.

މިފަހަރު މި އޮތީ އެތަނަށް ދާން ބޭނުންވާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ހިލޭ އެތަނަށް ދެވޭއިރު، ހާއްސަ ހަރަކާތްތަކެއް އެތަނުގައި ކުރިއަށް ދާކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ފެބްރުއަރީ ނުވަ ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑްގެ ހަރަކާތްތައް ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ކުރިއަށް ދާނެއެވެ. އަދި ޑިޓިއުން ބޭންޑްގެ ހަރަކާތްތައް 8:30 ގައި ހާޑްރޮކް ކެފޭގައި ކުރިއަށްދާއިރު، ލައިވް ޑީޖޭ އައިލެންޑް ލައުންޖްގައި ރޭގަނޑު 9:00ގައި ކުރިއަށް ދާނެއެވެ. އަދި ބީޗް ކްލަބްގައި ރޭގަނޑު 8:00 އިން 11:30 އަށް ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު ހަވީރު 5:00 އިން ރޭގަނޑު 9:00 އަށް މެރީނާގައި ސްޓްރީޓް މާކެޓް ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޑެވިއޭޓް ބޭންޑްގެ ހަރަކާތްތައް 8:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. ބީޗް ކްލަބްގައި ރޭގަނޑު 8:00 އިން 11:30 އަށް ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 11 ވަނަ ދުވަހު ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ގޭމްތަކާއި އަދި ޖާދޫގަރުގެ ހަރަކާތްތަކާއެކު ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޕްރޮޖެކްޓް ގްރޫވް ބޭންޑްގެ ހަރަކާތްތައް 8:30 ފެށިގެން ކުރިއަށް ދާނެއެވެ. އަދި ބީޗް ކްލަބްގައި ރޭގަނޑު 8:00 އިން 11:30 އަށް ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 12 ވަނަ ދުވަހަށް ބަލާއިރު، ރޭގަނޑު 8:30އިން ފެށިގެން އިކުއެޓިކް ވައިބް ބޭންޑްގެ ހަރަކާތްތައް ހާޑްރޮކް ކެފޭގައި ކުރިއަށް ދާނެއެވެ. އަދި ބީޗް ކްލަބްގައި ރޭގަނޑު 8:00 އިން 11:30 އަށް ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 13 ވަނަ ދުވަހުގައި ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް މެރީނާގައި ލައިވް ބޭންޑް ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި ރޭގަނޑު 8:30 ޑެވިއޭޓް ބޭންޑްގެ ހަރަކާތްތައް ހާޑްރޮކް ކެފޭގައި ފެށިގެންދާއިރު، ބީޗް ކްލަބްގައި ރޭގަނޑު 8:00 އިން 11:30 އަށް ލައިވް ޑީޖޭ ކުރިއަށް ދާނެއެވެ.

ފެބްރުއަރީ 14 ވަނަ ދުވަސް އެއީ މާ ހާއްސަ ދުވަހެކެވެ. ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކޮށްލެވޭ މި ދުވަހު ޓްރެފިކް ލައިޓް ޕާޓީއެއް ރޭގަނޑު 8:00 އިން 12:00 އަށް މެރިނާގައި ބާއްވާއިރު، ޑިވިއޭޓް ބޭންޑްގެ ހަރަކާތްތައް ރޭގަނޑު 8:30 ގައި ހާޑްރޮކް ކެފޭގައި ފެށިގެން ދާނެއެވެ. އަދި އެރޭ ވެލެންޓައިންސް ޑޭ ސްޕެޝަލް ލަވް ނައިޓް 9:00 ޖަހާއިރު އައިލެންޑް ލޯންޖްގައި ބާއްވާއިރު، ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ބީޗް ކްލަބްގައި ވެލެންޓައިންސް ޑޭ ސްޕެޝަލް ޕޫލް ޕާޓީއެއް އޮންނާނެއެވެ.

ފެބްރުއަރީ 15 ވަނަ ދުވަހަށް ބަލާއިރު، ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް ޑީޖޭ ބައި ދަ ޕޫލް ކުރިއަށް ދާނެއެވެ.

ކްރޮސްރޯޑްސްއަށް ހިލޭ ދެވޭ ދުވަސްތަކާއި ގަޑިތައް ޝެޑިއުލް އިން އެނގެން ހުންނާނެއެވެ.

ކްރޮސްރޯޑްސްގައި ބައްވާ މިފަދަ އިވެންޓްތަކަށް އަބަދުވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުރޭ223

    މާލެއަައް އަންނަ ކުރޫޒު ލައިން ތައް ކްރޮސްރޯޑައް ދާނަމަ ޓުއަރިޒަމް އިތުރުވާނެ .. ހަމަ ބުނެލީ ..

    9
    2
  2. އައްޔަ

    މުންކަރާތްތަކާ ފާހިޝް އަމަލުތަކަށް ދޮރުތައްހުޅުވާ، އެ އަމަލުތައް ފަތުރަން މަސައްކަތް ކުރުމުން 2 ދުނިޔޭގައި ވެސް ލިބޭނީ ގެއްލުން !!! ﷲ އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު މިފަދަ ވަބާ ތަކުން ސަލާމަތް ކުރައްވާށި !!! އާމީން !!!

    18
    2