ހާރު ދަން ގަޑީގައި ބޭރުން ކާލަން ނުވަތަ ބަނޑުފުރާލަން ދާން ބޭނުންވާ މީހުން ދާންވީ ކާނިވާ ސަރަހައްދުގައި ހުންނަ "ދެ ޑެކް" ރެސްޓޯރެންޓަށެވެ.

ޖާގަ ތަނަވަސް ތިން ބުރީގެ މި ރެސްޓޯރެންޓަކީ ދިވެހިންނާއި ވަަރަށް ގުޅޭ، ދިވެހިން އާއްމުކޮށް ދާ ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓުން ރޯދަ މަހާއި ދިމާކޮށް މި ވަނީ ރަމަޟާން ހާރުކެއުން މެނޫ އެއް ތައާރަފް ކޮށްފައެެވެ. އެއީ އަގުހެޔޮ މެނޫއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި މިއީ ބުފޭއެކެވެ. އޭގައި ގަރުދިޔަ އާއި ބަތް ހިމެނޭއިރު، ތެލުލި މަހާއި، މަސް ރިހަވެސް ހިމެނެއެެވެ. އަދި ރޮއްޓާއި ފަރާޓާގެ އިތުރުން، ފަތު ސަޓަނި އާއި ބަތްޕެންވެސް އެބަހުއްޓެެވެ. އަދި ޑެޒާޓް އާއި ބޯން ފްރުޓް ޖޫސް ލިބޭނެއެވެ.

ހާރުދަން ބުފޭގެ އަގަކީ މީހަަކަށް 99 ރުފިޔާއެވެ.

އޭގެ އިތުރުން އެ ރެސްޓޯރެންޓްގެ ހާއްސަ ތަރާވީސް މެނޫއެއްވެސް ތައާރަފްކޮށްފައި ވެއެވެ. އޭގައި ހަނޑުލު ބޮނޑިބަތާއި، ހަނާ ކުރި މަހާއި ކަވާބާއި، ފިހުނު ބަޖިޔާ އާއި ފޮނިފޮޅި އާއި މިކްސްޑް ފްރުޓް ކޭކްްވެސް ލިބޭނެއެވެ. އޭގެ އިތުރުން ފްރުޓް ކަސްޓަޑް އާއި ހޫނު އަދި ފިނި ބުއިންތައް ލިބޭނެއެވެ.

ތަރާވީސް ބުފޭގެ އަގަކީ މީހަކަށް 95 ރުފިޔާއެވެ.

އަދި އެ ރެސްޓޯރެންޓްގެ އިފްތާރް ބުފޭއަކީ ދިވެހިންނަަށް އެންމެ ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ މެނޫއެވެ. އޭގައި ގިނަ ކެއުންތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ސޫޕާއި، ޕާސްތާ އާއި ރައީސް އެކި ވައްތަރުގެ ރިހަ އާއި ޑެޒާޓް އާއި އެކި ވައްތަރުގެ މޭވާ ހިމެނެއެވެ. އޭގެ އިތުރުން، ފިނި ބުއިންތަކާއި ހޫނު ބުއިންތައް ލިބެން ހުންނާނެއެވެ.

އިފްތާރް ބުފޭގެ އަގަކީ މީހަކަށް ++150 ރުފިޔާއެވެ.

އަދި މި ރެސްޓޯރެންޓެ މަތީ ފަންގިފިލާތަކާއި، ރޫފް ޓޮޕަކީ އޮފީސްތަކާއި އާއިލާތަކާއި ގްރޫޕް ބުކިންގތަކަށް ހާއްސަ ފަންގިފިލާތަކަށް ވާއިރު، އެތަންތަނަށް ވަކިންވެސް ބުކިންގ ހަދާލެވޭނެކަން ފާހަަގަކޮށްލެވެއެވެ.

ދަ ޑެކް ރެސްޓޯރެންޓް

ދެ ޑެކް ރެސްޓޯރެންޓުން ބުކިންގ ހެދުމަށް ގުޅާނީ 9745665 އަށެވެ.

ދަ ޑެކް ރެސްޓޯރެންޓަކީ އުފާވެރި މާހައުލެއްގައި އާއިލާ އާއި ރައްޓެހިންވެސް ގޮވައިގެން ދާން ވަރަށް ކަމުދާނެ ރެސްޓޯރެންޓަކަށް ވާނެއެވެ. އެ ރެސްޓޯރެންޓްގައި އިންނައިރު ސާފް ވައި ލިބޭނެއެވެ. އަދި އެ ރެސްޓޯރެންޓްގައި އިންނައިރު، ސަލްމާން މިސްކިތުގެ ވިއު ވެސް ފެންނާނެއެވެ.