ރާއްޖޭގެ އެންމެ ބޮޑު، އަދި ގުދުރަތީ ރީތިކަމާއި އަޖައިބުކަމެއް ލިބިފައިވާ އެއް ރަށަކީ ފުވައްމުލައް ސިޓީއެވެ. އެރަށުގެ ހިތްގައިމު ރީތި ތުނޑިއާއި، ބީއްސާ ވެއްޔަކީ ބަލާބަލާ ފޫހިނުވާނެ ތަންތަނެވެ. އަނެއްކާ އާސާރީ ތަންތަނާއި ރަށުގެ ފެހިކަމަކީވެސް އެ ހިތްގައިމު ކަމުގެ ތެރެއަށް އިތުރު ކުރެވުނު އާ ބޮޅެކެވެ. އެކަމަކު ދުނިޔޭގެ ގިނަބަޔަކު އެންމެ އަޖައިބު ކުރަނިވި ކަމަކީ ފުވައްމުލަކަށް ހާއްސަ އެ ސިޓީގެ ފަތުރުވެރިކަމާ ގުޅިފައިވާ ރަށު ކައިރީގައި އޮންނަ ޝާކް ޕޮއިންޓެވެ. މިއީ އެތައް ބަޔަކު އައިސް ގޮސް ހަދާ، ޑައިވިންގއަށް އެންމެ ހާއްސަ ޕޮއިންޓެވެ. މި ޝާކް ޕޮއިންޓް ވެފައި ވަނީ ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ތަނަށެވެ. އޭގެ ހެއްކަކީ ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް މިރަށަށް އައުމެވެ.

ފުވައްމުލައް ސިޓީގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"

މި ސިޓިއާ ގުޅިފައިވާ މިފަދަ އެތައް ކަމެއް އޮތްއިރު، މި ސިޓީ އޮތީ ފަތުރުވެރިކަމަށް ފައްކާ ވެފައެވެ. އެތައް ގެސްޓް ހައުސްއެއް މިރަށުގައި ހިންގަމުންދާއިރު، މިރަށުގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ" އަކީ ގިނަބަޔަކު މިހާރުވެސް އައިސް ވަގުތު ހޭދަކުރާ، މިރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ސިޓީ ހޮޓެލްއެވެ.

ފުވައްމުލައް ސިޓީގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"

މި ރަށު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި ހުންނަ ހޮޓެލް، މި ހުންނަނީ އެންމެ ހިތްގައިމު އެއް ސަރަހައްދުގައެވެ. 15 ކޮޓަރި އާއި ރެސްޓޯރެންޓަކާއި، ޖިމް، ޖަކޫޒީ އަދި ސައުނާ ހިމެނޭ މިތަނަށް އެއްފަހަރު އައިސް ޗުއްޓީ ހޭދަކޮށްލާނަމަ، ދެން މި ނޫން ތަނަކަށް ދާންވެސް ބޭނުން ނުވާނެއެވެ. ހޮޓެލް ތައްޔާރުކޮށްފައި ހުރީ އެހާ ފުރިހަމަކޮށެވެ. އެގޮތުން ތަފާތު ތިން ކޮޓަރީގެ ކޮޓަރިތައް ހިމެނޭ މި ހޮޓެލް އިން ލިބެނީ ފެންވަރު ރަނގަޅު ހިދުމަތްތަކެވެ.

ފުވައްމުލައް ސިޓީގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"

އެގޮތުން އާއިލާއެކު ވަގުތު ހޭދަކޮށްލަން އަންނަ ފަރާތްތަކަށް ހާއްސަ ފެމިލީ ދެ ސުއިޓް ހިމެނެެއެވެ. އަނެއްކާ ރާއްޖެ އަންނަ ގިނަބަޔަކު ބޭނުންވާ އެއް ކަމަކީ އިރުއަރާ އޮއްސޭ މަންޒަރު ބަލަން ކަމަށް ވާއިރު، އެފަދަ މަންޒަރުތައް ތިމާ ހުންނަ ކޮޓަރިއެއްގެ ތެރެއިން ފެނުމަކީ ކިހާ އުފާވެރި ކަމަކަށް ވާނެ ތޯއެވެ. އެފަދަ ކޮޓަރިތައްވެސް މި ހޮޓެލްގައި ހުރެއެވެ. އެގޮތުން ޓްރޮޕިކަލް ސަންރައިޒް ރޫމްތަކަކަކީ އިރުއަރާ މަންޒަރުތައް ބަލަން ބޭނުންވާ ފަރާތްތަތަކަށް ހާއްސަ ކޮޓަރިތަކެވެ. އަދި ޓްރޮޕިކަލް ސަންސެޓްގެ ކޮޓަރިން އިރުއޮއްސޭ މަންޒަރު ބެލޭނެއެވެ.

ފުވައްމުލައް ސިޓީގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"

ފުވައްމުލަކަށް ހިލޭ ދެވުމާއެކު، މި ހޮޓެލްގައިވެސް ހިލޭ ހުރެވިދާނެ!

ވަރުގަދަ އޯލް އިންކްލޫސިވް ފުވައްމުލައް ގިވް އަވޭ މި ދެނީ "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ" އިންނެވެ. މި ހޮޓެލް އިން އިންސްޓަގްރާމް ޕޭޖްގައި ކުރިއަށްގެންދާ ލައިކް އެންޑް ޝެއާ ޕްރޮމޯޝަންގައި ބައިވެރިވެގެން ދެ މީހަކަށް ލިބެނީ ހޮޓެލްގައި ފަސް ރޭ ހުރުމާއި، އަނެއްކާވެސް އިތުރު ގިނަ ފުރުސަތު ތަކެވެ.

ފުވައްމުލައް ސިޓީގެ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"

ކޮންމެ ބަޔަކަށްވެސް ބައިވެރިވެވޭ ގޮތަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ދެ މީހަކަށް ޑޮމެސްޓިކް އެއާ ޓްރާންސްފާ ދެކޮޅު ޓިކެޓް ލިބިގެން ދާނެއެވެ. އަދި ތިން އިރުގެ ކެއުން ލިބޭއިރު، އަރިފިޔާޅޮ ސާފް ސްކޫލުން ރާޅާ އަޅަން ދަސްކޮށްދިނުމުގެ ސެޝަނަކާއި، ފުވައްމުލައް ބަލާލަން ދެވޭނެ ފުރުސަތަކާއި، ދެ މީހަކަށް ޕްރައިވެޓް ބީޗް ޑިނާއެއް ވެސް ލިބިގެން ދާނެއެވެ.

މިއީ ފުވައްމުލަކަށް ޗުއްޓީއަށް ދާން ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެ ހޮޓެލްގެ އިންސްޓަގްރާމް ޕޭޖް އަދި އަރިފިޔާޅޮ ސާފިންގ ސްކޫލްގެ އިންސްޓަގްރާމް ޕޭޖަށް ފޮލޯ ކުރާށެވެ. އަދި އެ ޕޭޖްގައިވާ ޕޯސްޓަށް ލައިކް ކުރަން ޖެހޭއިރު، ތިން މީހަކު ޓެގް ކުރަންވެސް ޖެހޭނެެވެ. އަދި ފަހު ކަމެއްގެ ގޮތުން އެ މީހެއްގެ އިންސްޓަގްރާމްގެ ސްޓޯރީގައި އެ ޕޯސްޓް ޝެއާކޮށް އެޓަރަކްޒިސް ޓެގް ކުރަން ވާނެއެވެ.

މި ޕްރޮމޯޝަން ނިމުމާއެކު، އިނާމު ހައްގުވާ ފަރާތް އިއުލާނު ކުރާނެއެވެ. އެކަން އިއުލާނު ކުރާނީ މެއި 17 ވަނަ ދުވަހުއެވެ.