ޗައިނާ ގާޑެން ރެސްޓޯރެންޓް ޑިރެކްޓަރު އަބްދުﷲ ޝަރީފް ގުޅާލިއެވެ. ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ވިދާޅުވިއެވެ. ބޭނުންނަމަ މާލޭގެ ލޮނުޒިޔާރަތް މަގު ގަލޮޅު މަދަރުސާގެ ކަންމަތީގައި ހުންނަ ރެސްޓޯރެންޓް އިން ނޫނީ ހުޅުމާލޭގެ ކާނި މަގު (ސޮނީ ހާޑްވެއާ އާ ދިމާލުން ބީޗް މަގު) ގައި ހުންނަ އެ ރެސްޓޯރެންޓް އިން ވެސް ބައްދަލު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޝަރީފް އާ ބައްދަލުކޮށްލަން ދިޔައީ ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓަށެވެ. ޝަރީފްއާ ބައްދަލުވުމާއެކު ވާހަކަތައް ކިޔައި ދޭން ފެށިއެވެ. ޗައިނާ ގާޑެން އަކީ ބޮޑު ކަސްޓަމަރ ބޭސްއެއް އޮންނަ ރެސްޓޯރެންޓެއްކަން ކުރިންވެސް އެނގެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދެގޮތެއް ނުވެ ކެއުންތައް އެންމެ މީރު، އަދި ޖީބަށް ލުއިކޮށް މިތަނުން ލިބޭ ކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. 2008 ވަނަ އަހަރުން ފެށިގެން ދެގޮތެއް ނުވެ އެ ދަނީ ހިދުމަތް ދެމުންނެވެ.

ޗައިނާ ގާޑެންގެ މާލޭ ރެސްޓޯރެންޓް

އެކަމަކު ޗައިނާ ގާޑެން ކުރިން ހިންގި އަބަދަށް އުފާ ހިނގުމުގައި އެ ރެސްޓޯރެންޓް ނުހިންގާ ކަން ވަރަށް ގިނަކަސްޓަމަރުންނަށް އަދިވެސް ނޭނގެއެވެ. ވަރަށް ގިނަ ކަސްޓަމަރުން ކުރިން ޗައިނާ ގާޑްން ހިންގި ތަނަށް ދާ ފަހުން މި ރޭކާލަނީ މިހާރު އެތަނުގައި ހުރީ އެހެން ރެސްޓޯރެންޓް އެއްކަމެވެ. ޝަރީފަށް ގުޅާފައި ކަސްޓަމަރުން އެޝަކުވާ ކުރެއެވެ. ޗައިނާ ގާޑެން ރެސްޓޯރެންޓް އެހެން ތަނަކަށް ބަދަލުވެ، ތަން ބޮޑުވެ ހިދުމަތްތައް އިތުރަށް ފުރިހަމަވެއްޖެ ކަމެއް އެތަނުގެ ބައެއް ކަސްޓަމަރުންނަށް އަދިވެސް ނޭނގެ އެވެ. ޙެންވޭރުގަ މިހާރު ޗައިނާ ގާޑެންގެ އެއްވެސް އައުޓްލެޓެއް ނެތެވެ.

އެކަމަކު ދެން ޝަކުވާ ނުކުރާށެވެ. މާލޭގެ ލޮނުޒިޔާރަތް މަގު ގަލޮޅު މަދަރުސާގެ ކަންމަތީގައި ދެ ބުރިއަށް އެ ހުންނަނީ މިހާރު މާ ފުރިހަމަ ބޮޑު ޗައިނާ ގާޑެންގެ މާލޭގެ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓްގެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އޭސީ ބައި ބޭނުންވެގެން އުޅޭ މީހުންނަށެވެ. އަދި މަތީ ފަންގިފިލާ ހާއްސަ ކުރެވިފައި ވަނީ އޯޕެން އެއާރ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށެވެ. ނޫނީ ހުޅުމާލޭގެ ކާނި މަގު (ސޮނީ ހާޑްވެއާ އާ ދިމާލުން ބީޗް މަގު) ގައި ހުންނަ އެ ރެސްޓޯރެންޓަށް ދާށެވެ.

ޗައިނާ ގާޑެން މާލެ ރެސްޓޯރެންޓް
ޗައިނާ ގާޑެން ހުޅުމާލެ ރެސްޓޯރެންޓް

ޗައިނާ ގާޑެންގެ ހުޅުމާލެ ރެސްޓޯރެންޓަކީވެސް ހިތްގައިމު ލޮކޭޝަނެކެވެ. ކުރިމަތިން ފެންނަނީ ސާފު މޫދެވެ. ކާއެއްޗެއްސަށް އޯޑަރު ކޮށްލާފައި ގޮސް ހިތްގައިމު ފިނި ވައިރޯޅި ޖެހޭ ބީޗްގައި މަޑުކޮށްލެވިދާނެއެވެ. ނޫނީ ބުއިމެއް ނަގައިގެން ގޮސްވެސް އެތަނުގައި ވަގުތު ހޭދަކޮށްލެވިދާނެއެވެ. އެ ހިތްގައިމުކަމާއި، އެ ސާފު ވައިރޯޅީގެ ހިތްހަމަ ޖެހުންވެސް އެބަ ލިބެއެވެ.

އަނެއްކާ މި ރޯދަ މަހު ރޯދަ މެނޫވެސް މި ދެ ތަނުގައިވެސް އަގުހެޔޮވެފައެހެން ތަންތަނާއި ތަފާތުވެފައި، މީރުވާނެ ކަމުގެ ޔަގީންކަން އެބަ ލިބެއެވެ. އެހެންކަމުން ދެ މީހަކު ވިޔަސް ނުވަތަ ބޮޑު ގްރޫޕެއް ވިޔަސް، ކުރީބައިގައި ބުކިންގ ހަދައިގެން ރޯދަ ވީއްލުމަކަށް ދާން ވީއެވެ.

މި ރެސްޓޯރެންޓްގެ މެނޫ އަށް ބަލަން އިން ވަގުތެއްގައި ޝަރީފް ވިދާޅުވަނީ، މި ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުން އެންމެ ބޮޑަށް ވާހަކަދައްކާ ކަމަކީ ކެއުންތަކުގެ މީރުކަމުގެ ވާހަކައެވެ. އަދި މި ރެސްޓޯރެންޓް ފެށިގެން، މިހާތަނަށްވެސް އެ ރަހައަށް ބަދަލު ނައިސް، އެ ރަހަގަނޑު ހެޔޮވަރުކޮށް ލިބޭ ކަމެވެ. އެގޮތުން މިތަނުގެ ޑްރެގަން ރައިސް، ޕެޕާ ބީފް، ހޮޓް ބަޓާ ޕްރައުން، މޮންގޯލިއަން ރައިސްގެ މީރުކަމުގެ ވާހަކަ ނުދައްކާ މީހަކު މަދުވާނެއެވެ.

ޗައިނާ ގާޑެން ހުޅުމާލެ ރެސްޓޯރެންޓް ކުރިމަތީ ގޮނޑުދޮށް

މީގެ އިތުރުން، މާލެ ހުޅުމާލެ އައުޓްޑޯރގައި ރޯދިވީއްލާ ފަރާތްތަކަށްވެސް އަދި ގެއަށް އަވަހަށްޑިލިވަރީ
ކޮށްދިނުމުގައިވެސް މި ރެސްޓޯރެންޓް ފާހަގަކޮށްލެވެއެވެ.

އަދި މާލެ އިން ނަމަ 3304889 ނުވަތަ 9814889 އަށް ގުޅާލައްވާށެވެ.ހުުޅުމާލެ ނަމަ 3354889 ނުވަތަ 7904889 އަށް ގުޅައިގެން ޑެލިވަރީ ހިދުމަތަށްވެސް އެދެވޭނެއެވެ. ނޫނީ މި ރޯދަ މަހު ބުކްކޮށްލުމަށްވެސް މި ނަމްބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

މިހާރުމި ރެސްޓޯރެންޓްއިން ވަނީ ލޯޔަލް ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް އިތުބާރާއި ލޯތްބަށްޓަކައި ހާއްސަ މެމްބަރ ޝިޕް ކާޑެއްވެސް ތައާރަފްކޮށްފައެވެ. މި ރެސްޓޯރެންޓަށް އަރާ ކޮންމެ ކަސްޓަމަރަކަށްވެސް ވަގުތުން މި މެންބަޝިޕް ކާޑު ލިބޭއިރު، ވަގުތުން ޑިސްކައުންޓްވެސް ލިބޭނެއެވެ. އަދި ގިނަގިނައިން މި ރެސްޓޯރެންޓް އިން ހިދުމަތް ހޯދާ ފަރާތްތަކަށް މެންބަރޝިޕް ކާޑަށް ޕޮއިންޓް އިތުރުވެގެން ދާއިރު، އެ ޕޮއިންޓްތަކާއެކު ކުރިއަށް އޮތްތަނުގައި އިތުރު ޑިސްކައުންޓްތައް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. (ނަމަވެސް އިފްތާރް މެނޫން) މި ޑިސްކައުންޓް ނުލިބޭނެއެވެެ.

"ލޯޔަލް ކަސްޓަމަރުންގެ އަގު ވަޒަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށް ގަބޫލު ކުރެވޭތީ އަޅުގަނޑުމެން ދާދި ފަހުން ތައާރަފް ކުރި ކާޑެއް މިއީ". ޝަރީފް ނިންމާލަމުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަފާއު

    ޗައިނާ ގާރޑަން 💯

    1
    1
  2. ޘާގިދު

    ނަޘްކޮގެ ފެވަރިޓް

    1
    1
    • ވާފިރު

      އެތަނުގެ އައިސްކްރީމް ހަބޭސް

  3. Anonymous

    އެރޭބިއަން ކަނޑުގެ އައްސޭރި ފަށުގަ