ޒިއޯމީ ރެޑްމީ ފޯނުތަކަކީ ދިވެހިންގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ފޯނުތަކެކެވެ. މި ބްރޭންޑުން މިހާތަނަށް ނެރުނު ފޯނުތައް ގިނަބަޔަކަށް ކަމުގޮސްފައިވާއިރު މިއީ އަގުހެޔޮ ވެފައި ކޮލިޓީ ރަނގަޅު ފޯނުތަކެކެވެ. މިހާރު މިހިނގާ ރޯދަ މަހު ރޮދަ ހަދިޔާއަކަށް ވެސް މި ބްރޭންޑުގެ ފޯނެއް ދެވިދާނެއެވެ.

ރެޑްމީ ނޯޓް 8ޓީ އަކީ ރޯދަ ހަދިޔާއަކަށް އެންމެ ރަނގަޅު އެއް ފޯނެވެ. އެ ފޯނަކީއަގުހެޔޮވެފައި އެހާމެ ރީތި އަދި ކޮލިޓީ ރަނގަޅު ފޯނެކެވެ. އެގޮތުން، އެ ފޯނު ތައްޔާރު ކުރާ ޒިއޯމީ ބްރޭންޑަކީ މިހާރު ދުނިޔޭގެ ފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ކުންފުންޏެވެ. މި ފޯނަކީ އަތަށް ފަސޭހަ ވެފައި އެހާމެ ރީތި ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ފޯނެކެވެ.

ސޮއްޓިބިޒް އިން ރެޑްމީ ނޯޓް 8ގެ 64ޖީބީގެ ފޯނެއް ލިބޭނީ އެންމެ 3500ރ. އަށެވެ. މިއީ ބާޒާރުގައި މިފަދަ ފޯނުތައް ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

ރެޑްމީ ނޯޓް 8ގެ ބައެއް ފީޗާތައް

ޑިސްޕްލޭ: 6.3 އިންޗި/ ކޯނިން ގޮރިއްލާ ގްލާސް 5

އޯއެސް: އެންޑްރޮއިޑް 9.0ޕައި (އެންޑްރޮއިޑް 10އަށް އަޕްގްރޭޑް ކުރެވޭނެ)، އެމްއައިޔޫއައި12

މެއިން ކެމެރާ: 48 މެގަޕިކްސެލް (ވައިޑް)، 8 މެގަޕިކްސެލް (އަލްޓްރާ ވައިޑް)، 2 މެގަޕިކްސެލް (މެކްރޯ)، 2 މެގަޕިކްސެލް (ޑެޕްތު)

ސެލްފީ ކެމެރާ: 13 މެގަޕިކްސެލް

ބެޓަރީ: 4000 މިލިއެމްޕަވާ

ސޮއްޓިބިޒް އިން ގަންނަ ފޯނުތަކަކީ 100 އިންސައްތަ އޮރިޖިނަލް ފޯނުތަކެކެވެ. އެކަން ޔަގީންކޮށްދިނުމުގެ ގޮތުން އެ ފިހާރައިން ގަންނަ ކޮންމެ ފޯނަކާއެކު ވޮރެންޓީ ވެސް ދޭނެއެވެ.

އެކި ރަށްރަށުގައި ތިބެގެންވެސް މިހާރު ސޮއްޓިބިޒް އިން ވިޔަފާރިކޮށްލެވޭނެއެވެ. އެ ފިހާރައިގެ ނަންބަރު 7750004އަށް ނުވަތަ 7449955 އަށް ގުޅައިގެން ފޯނަށް އޯޑަރު ކުރުމުން ބުނާ ބޯޓަކަށް ޑެލިވަރީގެ ހިދުމަތް ދޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ. އެ ފިހާރައިން އެކި ބްރޭންޑުތަކުގެ ފޯނުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.