ހުޅުމާލޭގައި މަޝްހޫރު ގެސްޓްހައުސްއެއް ކަމަށްވާ "ވައިޓް ބީޗު ހޮލިޑޭ" ދުވަހު ކުއްޔަށް އެޕާޓްމަންޓެއް ނަގައިގެން ހިލޭ ރޯދަ ވީއްލުމެއް ލިބޭ ޕްރޮމޯޝަނެއް އެ ތަނުން ފަށައިފިއެވެ.

ހިރުނދު މަގު، ޑައިނަމޯ ރެސްޓޯރަންޓް ކައިރީގައި ހުންނަ ގެސްޓްހައުސް އިން އެއް ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ދެއެވެ. އެ ގެސްޓްހައުސްގައި ހުންނަ އެޕާޓްމަންޓުތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ ބޮޑު މަގުބޫލީ ޕްރައިވެޓް ޕޫލެއް އޮންނަ އެއް ކޮޓަރީގެ އެޕާޓްމަންޓެކެވެ.

ހުޅުމާލޭގައި އެންމެ ރީތި ބީޗު ކުރިމަތީގައި ހުންނަ ވައިޓް ބީޗުން ބުނީ މި ރޯދަ މަހު، ހަދާ ކޮންމެ ބުކިން އަކަށް ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ ކަމަށެވެ. ރެސްޓޯރަންޓުތަކުން އާންމުކޮށް ލިބެން ހުންނަ އެކި ބާވަތްތައް މި ގެސްޓްހައުސް އިން ވެސް ފޯރުކޮށްދެއެވެ.

ވައިޓް ބީޗު ހޮޓެލްގެ އެޕާޓްމަންޓެއް. --- ފޮޓޯ: ވައިޓް ބީޗު

އެގޮތުން ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ތަފާތު މެނޫއެއް ހުންނައިރު، އާދިއްތަ ދުވަހާއި އަންގާރަ ދުވަހު ވެސް ލިބެން ހުންނަނީ ތަފާތު މެނޫއެކެވެ. އަދި ބުދަ ދުވަހާއި ހޯމަ ދުވަހު ތަފާތު މެނޫއެއް ލިބޭ އިރު، ހުކުރު ދުވަހު ވެސް ލިބެނީ ތަފާތު މެނޫއެކެވެ.

މި މެނޫގައި ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ތަފާތު ވައްތަރުގެ ހެދިކާ އާއި ފަންޏާއި ފޮނި އެކިއެކި ބާވަތްތައް ލިބެން ހުރެއެވެ.

ވައިޓް ބީޗު ހޮޓެލްގެ އެޕާޓްމަންޓެއް. --- ފޮޓޯ: ވައިޓް ބީޗު

ވައިޓް ބީޗުގެ އެޕާޓްމަންޓުތައް ދޭ އަގުތައް:

  • ޑަބަލް ރޫމް (ބޮޑު ދެ މީހުންނާ އެއް ކުޑަ ކުއްޖަކާއެކު): ރެއަކަށް 1،500ރ.
  • ޕޫލް އޮންނަ އެއް ކޮޓަރީގެ އެޕާޓްމަންޓް (ބޮޑު ދެމީހުންނާއި ތިން ކުޑަކުދިންނާއެކު)؛ ރެއަކަށް 2،700ރ.
  • ދެ ރޫމް އެޕާޓްމަންޓް (ހަތަރު ބޮޑު މީހުންނާއި ދެ ކުޑަކުދިންނާއެކު)؛ ރެއަކަށް 2،400ރ.
  • ތިން ރޫމް އެޕާޓްމަންޓް (ހަ ބޮޑު މީހުންނާއި ތިން ކުޑަކުދިންނާއެކު): ރެއަކަށް 2،700ރ.
  • ވައިޓް ބީޗު ހޮޓެލްގެ ޕްރައިވެޓް ޕޫލް. --- ފޮޓޯ: ވައިޓް ބީޗު

ނޯޓު: ކުޑަކުދިންގެ ގޮތުގައި ބަލަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. އަދި 10 އަހަރުން މަތީ އުމުރުފުރާގެ ކުދިންނަކީ ބޮޑެތި މީހުންގެ ގޮތުގައި މި ގެސްޓްހައުސް އިން ބަލައެވެ.

"ވައިޓް ބީޗު ހޮލިޑޭ" ގެސްޓްހައުސްގައި ހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އާންމުންގެ މެދުގައި މިހާރު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އެޕާޓްމަންޓްއަކީ ޕޫލްއާއެކު ލިބޭ އެޕާޓްމަންޓެވެ. އިމާރާތުގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ހިތްގައިމު އެ އެޕާޓްމަންޓަކީ 2،300 އަކަ ފޫޓުގެ ބޮޑު ސަރަހައްދެކެވެ.

މިއީ ދެމަފިރިންނާއި އެމީހުންގެ ކުދިން ބޭނުންކޮށްލަން އެންމެ އެކަށީގެންވާ ސައިޒްގެ ޕޫލެކެވެ. ނޫ ކުލައިގެ މުށި ޖަހާފައި ހުރި އެ ޕޫލްގައި ކޮންމެ ގަޑިއިރަކުން އެއް ފަހަރު ފެން ގަނޑު ބަދަލުކޮށްލާ ފަދަ ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ. ޕޫލަކީ ދިގުމިނުގައި 22 ފޫޓު ހުންނަ، 13 ފޫޓު ފުޅާ ޕޫލެކެވެ.

ވައިޓް ބީޗު ހޮޓެލް --- ފޮޓޯ: ވައިޓް ބީޗު

ލަގްޒަރީ ފެންވަރަށް ރިސޯޓުތަކުގައި ހަދާފައި ހުންނަ ޕޫލްތަކަށް ވުރެ، މި ޕޫލް ބޮޑުވެފައި ތަނަވަހެވެ. އެ ތަނަށް އަބަދުވެސް ސާފު ވައި ލިއްބައިދެއެވެ. ޕޫލަށް އެރޭ ދިމާލުގައި މަޑުކޮށްލައި، ހިތްހަމަޖައްސާލަން މޭޒާއި ގޮނޑި ވެސް ޖަހާފައިވެއެވެ.

މި އެޕާޓްމަންޓުތަކުގައި ކައްކައިގެން ކެވޭ ގޮތަށް ބަދިގެ އާއި އެއްޗެހި ދޮވެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

ވައިޓް ބީޗު ހޮލިޑޭގެ އެޕާޓްމަންޓެއް ބުކޮށްލަން ބޭނުން ނަމަ ގުޅާނީ: 9782277