ރޯދަ ވީއްލަން ތަފާތު އެކި ތަންތަނަށް ދެވިއްޖެއެވެ. މާލޭގެ ރެސްޓޯރަންޓުތަކުގެ އަޖުމަ ބެލިއްޖެއެވެ. އެކަމަކު މިފަހަރު މާލެ އިން ބޭރަށް ދާން ހިނގާށެވެ. ހިތްފަސޭހަވެފައި ހިތްހަމަ ޖެހޭނެއެވެ. ޔަގީނުންވެސް މިއީ އުފާވެރި ވަގުތަކަށް ވާނެއެވެ. ސަބަބުތައް ބައިވަރެވެ. ފުރަތަމަ ސަބަބަކީ 15 ވަރަކަށް މިނިޓުން ދެވޭހާ ކައިރިވުމެވެ. ދެވަނަ ކަމަކަށް ފާހަގަކުރާނީ ކާރުބާރު ބޮޑު މާހައުލަކުން ހިމޭން، ހިތްފަސޭހަ ވަރަށް ހިތްގައިމު މާހައުލަކަށް ދެވުމެވެ.

މި ދައްކަނީ ރާއްޖޭގެ އެންމެ ހިތްގައިމު ލައިފްސްޓައިލް ހަބް، ކްރޮސްރޯޑްސްގެ ވާހަކައެވެ. ކްރޮސްރޯޑްސްގެ ދަ މެރީނާގެ ދޮރު ވަނީ މި ރަމަޟާން މަހުގެ ރޯދަ ވީއްލަން ދާން ބޭނުންވާ ފަރާތްތަކަށް ހުޅުވިފައެވެ.

ކްރޮސްރޯޑްސްގެ ހިތްގައިމު މާހައުލުގައި ރޯދަ ވީއްލުން

ދަ މެރީނާގެ ބީން/ކޯގައި ތަފާތު އެތައް ރަހަތަކެއް އެކުލެވޭ މީރު ކެއުންތައް އެގަޑިއަށް ތައްޔާރު ކުރާނެއެވެ. މި މާހައުލަކީ އުފާވެރި އަދި އާއިލާ އާއި ރަހުމަތްތެރިން ނޫނީ އޮފީސް މީހުންނަށްވެސް ވަރަށް ކަމުދާނެ މާހައުލަކަށް ވެގެން ދަނީވެސް، ކެއުންތައް މީރުވެފައި، ރަހަ ރަނގަޅުވުމުންނެވެ. އޭގެ އިތުރުން، މި ކެފޭ ގައިއިންނައިރު ފެނިގެން ދާނީ ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް މެރީނާއެވެ.

ކްރޮސްރޯޑްސްގައި ރޯދަ ވީއްލަން، ވަރަށް ހިތްފަސޭހަ މާހައުލެއް

މި ނިމުނީއެއް ނޫނެވެ. ބޮޑު ގްރޫޕަކާއެކު ރޯދަ ވީއްލަން ނުވަތަ އޮފީސް ރޯދަ ވީއްލުމަކަށް ދާނަމަ، ކްރޮސްރޯޑްސްގެ އިވެންޓް ހޯލް އޮތީ ތައްޔާރަށެވެ. ކްރޮސްރޯޑްސްއަކީ ދުނިޔޭގެ މަޝްހޫރު އަދި އެތައް އެވޯޑެއް ލިބިފައިވާ ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ހުންނަ ތަނަކަށް ވެފައި، މެނޫގައި މި ހުރިހާ ރެސްޓޯރެންޓްތަކެއްގެ ކެއުންތައް ލިބޭ ގޮތަށް ހުންނާނެއެވެ.

ކްރޮސްރޯޑްސްގެ ބީން ކޯ ރެސްޓޯރެންޓް

އެހެންކަމުން މިފަހަރު ތައްޔާރުވާންވީ ދަތުރު ހަދައިގެން އާއިލާ ނޫނީ ރައްޓެހިން ނޫނީ އޮފީސް މީހުން ގޮވައިގެން ކްރޮސްރޯޑްސްއަށް ރޯދަ ވީއްލުމަކަށް ދާށެވެ. ޔަގީނުންވެސް މިހާ ތަފާތު މާހައުލެއްގައި ރޯދަ ވީއްލަން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ.

ކްރޮސްރޯޑްސްގެ ދަ މެރީނާ ހުންނާނީ ދުވާލު ކޮންމެ ގަޑިއެއްގައި ވެސް ހުޅުވާލެވިފައެވެ. ކޮންމެ ދުވަހަކުވެސް ޝެޑިއުލް ދަތުރުތައް މާލެ އާއި ކްރޮސްރޯޑްސްއާ ދެމެދު އޮންނައިރު، ކްރޮސްރޯޑްސް އެޕް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ބުކިން ހެދުމަށް ގުޅާނީ 7307000 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަތޮޅޭ

    ބަލަ އޮރެންޖް އާފަލް މީރޭ އެކަމަކު އަތުގައި އެވަރަށް ފައިސާ ނެތިއްޔާ ކިހިނެތް ހަދާނީ

  2. އަހުމަދު

    މެނޫއާއި އެއްވަރަށް ޗާޖްކުރެވޭ އަގުވެސް ތިރިކުރެވިއްޖެނަމަ އިތުރަށް ފުރިހަމަވާނެ..ރޯދަ ވީއްލުމަކަށް ދެވުނު ބައެއްމީހުންގެ ކޮމެންޓްތަކުން މާހައުލާ އެއްވަރަށް މެނޫ ރަގަޅުކުރެވިއްޖެނަމަ އިތުރަށް ފުރިހަމަވީސް

  3. އިމްރާން

    މިކަންތަ ބަލާލިއިރު ކަމުދާނިއްޔަ ( ކަމަކުދާކައްނެތް) މި ޖެހެނީ މާމަގެ ފައްޓަރުބައި ވިއްކާލަން....މަވާ ސަލާން

  4. ރޯދަ

    ހިތަށް ފިނިކަން ލިބޭނެ މިސްކިތުގަ ރޯދަ ވީއްލާ ވަގުތަށް ނަމާދު ކުރިޔާ.

    10
    1
  5. ރޯދަ މަސް

    ހިތަށް ފިނިކަން ލިބޭނެ މިސްކިތުގަ ރޯދަ ވީއްލާ ވަގުތަށް ނަމާދު ކުރިޔާ.

    5
    1
  6. ހެޔޮ

    މި ޤައުމަކީ މަދު ވިޔަފާރިވެރި މުއްސަނދިންކޮޅަކާއި، މާލޭގެ ގެދޮރުގެ ތަނަވަސްކަންހުރި ބަޔަކާއި، ސިޔާސީ މީހުނާއި، ނުގަވައިދުން އުޅޭ ގިނަ ބިދޭސީންތަކެއްގެ ރާއްޖެއެއް.

    ދެން ތިބިމީހުން ފެލައިގެން އެ އެންމެން އުޅެންވީ..މީ މިނިކާރާއްޖެ.

  7. ހަމަހުވާ

    ރޯދަ ވީއްލޭނެ ކަދުރަކުން ވެސް

  8. މީ މުންކޮ

    އަބަދުވެސް ތިތަން ހިތް ފަސޭހައޭ އަދި އަބަދުވެސް ތިތާދޮރުވެސް ހުންނަނީ ހުޅުވިފައޭ ލާރިދެންޏާ އަބަދުވެސް ހުންނާނީ ދޮރުތަޢް ހުޅުވިފަ ދޯ ތަން ބަންދު ކުރަންދެން...............