ޖަލްސާތަކުގައި ލާން ބޭނުން ކުރާ ދިގުހެދުމުގެ ފޮތި ވިއްކަން ހާއްސަކޮށް "ޒިއެެރާ" ގެ ނަމުގައި މާލޭގައި ފިހާރައެއް ހުޅުވައިފިއެވެ.

ސަބުދެލި މަގުގައި ރައުންޑް ވަން ބުކްޝޮޕް ކައިރީގައި ހުންނަ މި ފިހާރު ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ ފިހާރަ ހުޅުވީ ޝީގެ ޝާއިރާ ސަލީމްއެވެ.

އެ ފިހާރައިން ލިބޭ ފޮތީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ސިލްކުގެ ތަފާތު ބާވަތްތަކުގެ އެކި ކުލަ ކުލައިގެ ފޮތި ހިމެނެއެވެ. އޭގެތެރޭގައި ޖަޕާން، އަރްމާނީ، އިޓާލިއަން ފަދަ ސިލްކު ފޮތި ހިމެނެއެވެ.

"ދިގު ހެދުން ފަހާ ނަމަ، އަޅުގަނޑުމެންގެ ފޮތި ހަމަ ބަރާބަރު ވާނެ. އަނެއްކާ އަގު ވެސް ހުންނާނި ހަމަ އަތް ފޯރާ ފަށުގައި. ދެން އަންހެން ބޭފުޅުންގެ ޝޯލްގެ އެކި ވައްތަރުތައް ވެސް ލިބޭނެ މިތަނުން" ޒިއެރާގެ ވެރިއަކު ވިދާޅުވިއެވެ.

ޒިއެރާއިން އަންހެން ބޭފުޅުންގެ މަގުބޫލް ކޮސްމެޓިކްސް ބްރޭންޑެއްްގެ އެކި ވައްތަރުގެ ޕްރޮޑަކްޓްސްތައް ވެސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި "ބާތު އެންޑް ބޮޑީ ވާކްސް" އާއި މަޝްހޫރު "ހެއާ މެކް" ބްރޭންޑްގެ އެކި ޕްރޮޑަކްޓްސްތައް ހިމެނެއެވެ.

ޒިއެރާއާ ގުޅޭ އިތުރު މައުލޫމަތު އެ ފިހާރައިގެ ހޮޓްލައިން ނަންބަރު 9451474 އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހޫތަ

    ދަތްދޮޅި ޢާދަނު ޗައިނާއިން ގެންނަ ފޮތިދޯ.

    1
    5
    • ރާއްޖެ

      ތި ކޮމެންޓް ލިޔުނު ފޯނު އުފެއްދީ ވެސް ޗައިނާގަ.

      1
      1
  2. އަހުމަދު

    އަހަރެން ދާނެ ތަނެއް އެނގޭނީ އަހަންނަށް. ސަލާމް

    3
    2
  3. ލއލ

    މީ ޒާރާ ބުރޭންޑް ގެ ކޮއްކޮ ޒިއެރާ ތަ؟