ރާއްޖޭގައި އެކި ކަހަލަ ކުޅިވަރު ކުޅޭ ކުޅުންތެރިންގެ މެދުގައި "ސްޕޯޓްސް ހިޖާމަ"އަށް ވަރަށް ބޮޑު ތަރުހީބު ލިބެމުންދާ ކަމަށް "ހިޖާމަ މޯލްޑިވްސް" އިން ބުނެފިއެވެ.

ހިޖާމަ މޯލްޑިވްސް އިން ދަނީ ފުޓްބޯޅަ އާއި ވޮލީބޯލްގެ އިތުރުން ބާސްކެޓް ބޯޅަ އާއި އެ ނޫންވެސް ކުޅިވަރުތައް ކުޅެގެން ލިބޭ އަނިޔާތަކަށް ހިޖާމައިން ފަރުވާ ދެމުންނެވެ. މިފަދަ ކުޅިވަރުތަކުގައި އުޅޭ މީހުންނަށް ދިމާވާ އެކި ކަހަލަ އަނިޔާތަކަށް ހިޖާމައިން ފަރުވާދެވޭއިރު، ކޮނޑުހުޅަށާއި، މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު، ކަކޫ، ކަށިމަތި، ކުޑަ ކަޅުވާ އާއި ކުޑަ ހުޅަށް ދިމާވާ އެކި ކަހަލަ އަނިޔާތަކަށް ހިޖާމައިން ފަރުވާ ދެވޭކަން އެކްލިނިކުން ފާހަގަ ކުރެއެވެ.

ސްޕޯޓްސް ހިޖާމަ ޖެހުމުން ލިބިފައިވާ އަނިޔާތައް އަވަހަށް ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

މި ހިނގާ ރަމަޟާން މަހުގެ 17، 19 އަދި 21 ވަނަ ދުވަަކީ ހިޖާމަ ޖެހުމަށް ސުންނަތް ތިން ދުވަހެވެ.

ސްޕޯޓްސް ހިޖާމަގެ އިތުރުން ކުޅިވަރުން ލިބިފައި ހުންނަ އަނިޔާތަކަށް ފިޒިއޯތެރަޕީ އަދި ރިހެބިލޭޝަންގެ ހިދުމަތްވެސް ހިޖާމަ މޯލްޑިވްސް އިން ދެމުންގެންދެއެވެ.

ހިޖާމަ މޯލްޑިވްސްގައި ސްޕޯޓްސް ހިޖާމައަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ހިޖާމާ ޖެހުމުގެ ސަބަބުން އެކި އެކި ބަލިތައް ދިމާވެފައި ހުންނަ ބުނަން ނޭނގޭ ނުވަތަ ޑޮކްޓަރީ ބޭހުން ފަރުވާ ނުލިބޭ އެތައް ކަމަކަށްވެސް ހިޖާމައިގެ ފަރުވާއިން ޝިފާ ލިބިފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮށިވާ

    ސްޕޯޓްސް ހިޖާމާ ކިޔާ ހިޖާމާ އެއް ނޯންނާނެ. ރެގިއުލޭޓް ނުކުރާ ކްލިނިކްތައް ބަންދުކުރޭ

    4
    1
  2. ޝީޒާ

    ކޮބާ ގުޅޭ ނަންބަރަކީ؟ ހުންނަނީ ކިހާހިސާބެއްގަ