ރޯދަ ވީއްލަން ކާނިވާ ސަރަހައްދުގައި ހުންނަ "ދަ ޑެކް"އަށް މިފަހަރު ނުގޮސް ވާކަށް ނެތެވެ. ހާއްސަކޮށް ގްރޫޕް ރޯދަ ވީއްލުމަކަށް ދާނަމަ އެތަނަށް ނުދާންވީ ސަބަބެއްވެސް ނެތެވެ.

އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލާނީ ތަނަކީ ތިން ބުރީގެ ޖާގަ ތަނަވަސް ތަނެއް ކަމެވެ. މީގެ އިތުރުން މީރު ރަހަތަކާއެކު ރޯދަމަހަށް ޚާއްޞަ ބުފޭއާއެކު ރޯދަވީއްލުމަށް ހިތްފަސޭހަ މާހައުލަކަށް އެތަން ވަނީ ވެފައެވެ.

މިތަނަކީ ގްރޫޕް ރޯދަވީއްލުންތަކަށް ވަރަށް ހާއްސަ ތަނެކެވެ. އެއީ ބޭނުންވާ ފަންގިފިލާއެއް ވަކިން ނުވަތަ ވަކި ވަކިން ހުންނަ ބައެއް ވަކިން ޕްރައިވެޓްކޮށް ބުކްކޮށްގެން އޮފީސްތަކާއި، ރައްޓެހިންނާއެކު ނޫނީ އާއިލާއެކުވެސް މިތަނުން ރޯދަ ވީއްލޭނެއެވެ.

މި ރެސްޓޯރެންޓްގެ އިތުރު އެންމެ ހާއްސަ ކަމަކީ ގިނަ ބާވަތްތަކުގެ ކެއުންތައް މެނޫން ފެނިގެން ދިއުމެވެ. މި ރެސްޓޯރެންޓް "އިފްތާރް ބުފޭ" ވަރަށް ހާއްސައެވެ. އެއީ ދިވެހިންނަށް އެންމެ ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ މެނޫއެވެ. އޭގައި ގިނަ ކެއުންތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ސޫޕާއި، ޕާސްތާ އާއި ރައީސްގެ އިތުރުން، އެކި ވައްތަރުގެ ރިހަ އާއި އެކި ވައްތަރުގެ މޭވާ ހިމެނެއެވެ. އޭގެ އިތުރުން، ފިނި ބުއިންތަކާއި ހޫނު ބުއިންތައްވެސް ލިބެން ހުންނާނެއެވެ.

އިފްތާރް ބުފޭގެ އަގަކީ މީހަކަށް ++150 ރުފިޔާއެވެ.

ދަޑެކް ރޯދަވީއްލުމުގެ އިތުރުން ހާރުދަމަށް ޚާއްޞަ ކުރެވިފައިވާ ހާރުދަން ބުފޭ މިހާރުވަނީ ވަރަށް ބޮޑު މަޤުބޫލް ކަމެއް ލިބިގެން ގޮސްފައެވެ. އެކަށީގެންވާ ކުޑަ އަގެއްގައި ދިވެހިންގެ ހާރުދަމަށް އެންމެ ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ ހާރުދަން ބުފޭގައި ބަތްޕެނާއި، ރިހާރުކުރުދިޔަ ފަދަ ބާވަތްތައްވެސް ހިމެނެއެވެ.

ދަ ޑެކް ރެސްޓޯރެންޓުން ބުކިންގ ހެދުމަށް ގުޅާނީ 9745665 އަށެވެ.

މި ރެސްޓޯރެންޓަކީ މިފަހަރު ރޯދަ މަހު އަޖުމަ ބަލާލަން ދާން އެންމެ ރަނގަޅު އެއް ރެސްޓޯރެންޓަށް ވާނެއެވެ.