ދިވެހިންގެ ގިނަ ބަޔަކު ގޮސް އުޅޭ ކްރޮސްރޯޑްސްގެ "ލެން ބީ ވެލް ސްޕާ" އިން ހާއްސަ ޓްރީމެންޓްތަކާއި، ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

ދިވެހިންނަށް ހާއްސަކޮށް ޕެކޭޖްތައް ތައާރަފް ކުރި މި ސްޕާ ހުންނާނީ ކްރޮސްރޯޑްސްގެ ދެ މެރީނާގައެވެ.

މި ސްޕާގެ ކޮންމެ ޓްރީޓްމަންޓެއްވެސް ފަރުމާކޮށްފައި ވަނީ މީހާ އިތުރަށް "ޒުވާންކޮށް"، ހިތްހަމަޖެހުމާއި ތާޒާކަން މީހާއަށް ލިބޭނެ ގޮތަށެވެ. މި ޓްރީމެންޓްތައް ނަގާއިރު، 30 އިން ފެށިގެން 90 މިނުޓާއި ހަމައަށް އަށް އިހްތިޔާރު ކުރެވޭނެއެވެ.

އެހެންކަމުން ދެން މަރީނާއަށް އަންނަ ފަހަރެއްގައި މި ސްޕާ ޒިޔާރަތް ކޮއްލުން ރަނގަޅު ކަމަކަށް ވާނެއެވެ. އަދި ލޯބިވާ މީހުންނަށް ހަދިޔާ އަކަށް ދޭންވެސް މީ ރަނގަޅު ފުރުސަތު ވާނެއެވެ. އެގޮތުން މި ސްޕާގެ "ސިގްނޭޗާ ޓްރީޓްމެންޓްސް" ނަގާ ފަރާތްތަކަށް %15 ގެ ޑިސްކައުންޓްވެސް ލިބިގެން ދާނެެއެވެ.

ލެން ބީ ވެލް އިނޮވޭޓިވްގެ ބޭނުމަކީ އަމިއްލަ އުފެއްދުންތެރި ހިޔާލުތަކާއިއެކު، ޒަމާނީ ވަސީލަތްތަކާއި، ކަސްޓަމަރުންގެ ސިއްހަތަށް އެކަށޭނެ ގޮތަށް އަދަޔާ ހިލާފު ގޮތްގޮތުން ކަސްޓަމަރުންގެ ހިތްހަމަޖައްސައި ދިނުމެވެ. މި ސްޕާއިން އަރާމުކަން ލިބޭ ގޮތަށް ތަފާތު ސްޕާ ޓްރީޓްމަންޓްސްތަކާއި، އިތުރު ހަރަކާތް(ކުޅިވަރު) ތަކާއި، ކެއިންބުއިމުގެ ތަފާތު ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމެވެ.

އަދި އޭގެ އިތުރުން ކަސްޓަމަރުންގެ ސިއްހީ ބޭނުންތަކާއި، ހިތްހަމަޖައްސައި ދިނުމަށް ވަރަށްގާތުން ހިދުމަތް ދޭނެ ތަނަކަށް މިތަންވާ އިރު، ކަސްޓަމަރުންގެ ހިއްސުތަކާއި ނަފްސު ތާޒާކޮށްލަދޭނޭ ސިއްހަތާއި ގުޅުންހުރި ހިދުމަތްތަކެއް މި މާހައުލުން ލިބިގެންދާނެއެވެ.

އެހެންކަމުން މިތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ މޫޑް ބަދަލުކޮށްލާނެއެވެ. މުޅި މީހާއަށް އެފާވެރިކަމާއި ހިތްހަމަޖެހުން ލިބި އަނެއްކާވެސް މިފަދަ ފުރުސަތަކަށް ބޭނުންވާނެ ކަން ޔަގީނެވެ.

މި ސްޕާއިން ހިދުމަތް ހޯދާ ފަރާތްތަކަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބޭއިރު، އެޑްވެންޗަރ، ރިލެކްސް، ފެމިލީ، ކަލްޗަރ އެންޑް ރޮމޭންސް އަށް ވަރަށް ބޮޑަށް ބަލާނެއެވެ.

ސްޕާއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށާއި، ބުކިންގ ހެދުމަށް ގުޅާނީ 7306184 އަށެވެ.