ކްރޮސްރޯޑްސްގެ ދަ މެރީނާއިން ފިތުރު އީދަށް ހާއްސަކޮށް، ފޯރިގަދަ ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ. އެގޮތުން މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެތައް ކުޅިވަރުގެ ހަރަކާތްތަކެއް ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އާއްމުކޮށް ކޮންމެ އީދެއްގައި ރަށްރަށުގައި އޮންނާނީ ފެން ކުޅި އާއި ކުލަޖެހުމެވެ. އެގޮތުން އީދުގެ އެންމެ ފުރަތަމަ ދުވަހު ފުރަތަމަ ކަމަކަށް ކްރޮސްރޯޑްސްގައި ފޯރީގައި ކުރިއަށްދާނީ ފެންކުޅީގެ ހަރަކާތްތަކެވެ. މި ހަރަކާތްތަކާއެކު ޓަގް އޮފް ވާ އާއި ބީޗް ކުޅިވަރުތައްވެސް އޮތީ ކުރިއަށެވެެ. މި ހަރަކާތްތައް އޮންނާނީ ހެނދުނުއެވެ.

އޭގެ ފަހުން މެންދުރު ފަށާނީ މަޖާ އެތައް ކުޅިވަރެއް ހިމެނޭ "އީދު ކުޅިވަރު"ގެ ހަރަކާތްތަކެވެ. އޭގެ ތެރޭގައި އާއްމުކޮށް ދިވެހިން އެންމެ ބޮޑަށް ފޯރިއަރާ ބޮޑު މަހުގެ ކުޅިވަރުތަކާއި މާލި ޕެރޭޑް ހިމެނެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ސެލެބްރިޓީ ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކާއެކު ކްރޮސްރޯޑްސްގައި އީދު ކުޅިވަރުތައް އިތުރަށް ފޯރުގަދަކޮށްލާނެއެވެ.

އީދުގެ ދެވަނަ ދުވަހަށް ބަލާއިރު، ކްރޮސްރޯޑްސްގައި ކުޑަކުދިންނަށް ހާއްސަކޮށް ހަރަކާތްތައް ކުރިއަށްދާނެއެވެ. އެއާއެކު ކުރިއަށްދާނީ ދިވެހިންގެ ސަގާފީ ފެޝަން ޝޯއެކެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމުން ކޮންމެ މީހަކުވެސް އެ ޝޯގައި ބައިވެރިވެވޭނެއެވެ. އެހެންކަމުން ސަގާފީ ހެދުމެއްގައި އަޅައިގެން، ފަރިވެލައިގެން އައިސް މި ޝޯގައި ބައިވެރިވާންވީއެވެ.

ކްރޮސްރޯޑްސްގައި އީދުގެ ތިން ވަނަ ދުވަހު އޮންނާނީ ލައިވް މިއުޒިކާއި ނެށުމުގެ ހަރަކާތްތަކެވެ. އޭގެ އިތުރުން އެ ދުވަހުވެސް އީދު ކުޅިވަރުތައް ކުރިއަށްދާއިރު، ކްރޮސްރޯޑްސްގެ އެންމެ މަގުބޫލު ސްޓްރީޓް މާކެޓްވެސް އޮންނާނެެވެ. ސްޓްރީޓް މާކެޓްގައި މާލޭގެ އެކި ވިޔަފާރިތަކުން އެ މީހުންގެ އެކި ކަހަލަ އުފެއްދުންތައް ވިއްކާނެއެެވެ. އަދި އެތަނުގައި ކެއުންތައް ލިބޭ ގޮތަށް ހާއްސަ ސްޓޯލްތައްވެސް ތައްޔާރުކޮށްފައި ހުންނާނެއެވެ.

ކްރޮސްރޯޑްސްގެ އީދު ހަރަކާތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށާއި އަދި ހަރަކާތްތަކުގައި ބައިވެރިވުމަށް، ވަޓްސްއެޕް ނުވަތަ ވައިބަރ އިން 7307000 އަށް ގުޅައިގެން ކުރިއަށްދާށެވެ.

ކްރޮސްރޯޑްސްގެ ދެ މެރީނާއަށް ކޮންމެ ދުވަހަކުވެސް ޝެޑިއުލް ފެރީ ދަތުރުތައް އޮންނާނެއެވެ. އެގޮތުން ކްރޮސްރޯޑްސްގެ މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ނެގޭއިރު، ފެރީތައް ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޒީ

    ކްރޮސްރޯޑް މީ ކާކުގެ ވިސްނުމަކުން އުފަންވީތަނެއް؟ ނޫސްކިޔާ ކުއްޖަކު ޖަވާބުދީބަލަ!

    6
    1
  2. މޫސަ

    ކެނެރީ ސައްތާރު

  3. Anonymous

    ޙަރާމަށް ފަހު ހަރާމް ކަންކަން މި އޮތް މާތް މައްސަރު ނިންމާލުމަށް ފަހު. ޢީދްއަކީ މުސްލިމުންގެ އަޅުކަމެއް ނިންމާލުމަށް ފަހު ފާހަގަ ކުރާ ޢީދެއް އެކަންވެސް ކުރަންވާނީ ހެޔޮގޮތުގައި