ދަތްތަކުގެ ހުުދު ކުލަ ގެއްލުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ދަތްތައް ހަޑިވެ އޭގެ ހުދުކަން ގެއްލިދާ ފަހުން ދަތްޕިލަ ރީތި ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި މައްސަލަ އާންމު ގޮތެއްގައި ކުރިމަތިވަނީ ކޮފީ ބުއިމުގެ އާދަ ބޮޑު ދިވެހިންގެ ތެރޭގައި، ހާއްސަކޮށް ކަޅު ކޮފީ ބޯ މީހުންނާއި، ދުފާ މީހުންނަށެވެ.

ދަތްޕިލަ އޭގެ ރީތި ހުދު ކުލައަށް އިއާދަކުރުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް، އެއީ ނުވާނެ ކަމެއް ނޫނެވެ. މިހާރުވެސް ދަތްތައް ރީތިކޮށް އެ ރީތިކަން ދެމެހެއްޓުމުގެ ބޭނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާ އިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތް ބާވަތުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ. ނަމަވެސް، އޭގެ ފައިދާ އެންމެ ރަނގަޅަށް ކުރާނެ ފަދަ މޮޅު އުފެއްދުމަކާއި ދިމާވަނީ މަދު ފަހަރެއްގައެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭ ނަމަ އެންމެ މުހިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ހާއްސަ އުފެއްދުމެއް އިހްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށާއި، ހިރުގަނޑަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްތަކަށް ގެއްލުންކުރާ އެއްޗެއް ނޫންކަން ޔަގީން ކުރަން ޖެހެއެވެ. ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތައާރަފްކޮށް ވިއްކަމުންދާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ، ދަތްތައް ހުދުކުރުމަށް ހާއްސަ ބޭހަކީ، ދަތް ހުދުކުރުމަށް ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރު އެއް ޕްރޮޑަކްޓެވެ.

ސްޕާކަލްގެ އުފެއްދުންތަކުގެ ތެރެއިން، ދަތްޕިލަ ހުދުކުރުމަށް އެހީވެދޭ "ސްޕާކްލް-ޑަބަލް ވައިޓް ލެމަން ސޯޑާ ޓޫތްޕޭސްޓް" އަކީ އިތުބާރުހިފޭ މޮޅު ބޭހެކެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައިން ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.

"ސްޕާކަލް"ގެ މި އުފެއްދުމުގައި ޑަބަލް ވައިޓް ސިލިކާ އެކުލެވިގެންވާއިރު އޭގެ ސަބަބުން ދަތްތައް އަލިކޮށްދޭނެ އެވެ. މިއީ އިނގިރޭސިވިލާތުން އެތެރެކުރާ ސްޕާކްލްއަށް ހާއްސަ ޓެކްނޮލޮޖީއެކެވެ. ޑަބަލް ވައިޓް ސިލިކާގައި ހިމެނޭ ކުދި މޮލިކިއުލްތަކުގެ ސަބަބުން ދަތްތައް އިތުރަށް ހުދުވުމަށް އެހީތެރިވެދޭނެއެވެ. އަދި ގުދުރަތީ ދަތުގެ ބޭރު ފަށަލައަށް ގެއްލުން ނުދީ ރައްކާތެރިކަމާއެކު ޖަރާސީމުތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

މީގެއިތުރުން، މި ބޭހުގައި އެކުލެވިގެންވާ ނެނޯ ވިޓަމިން ސީ އާއި ކެލްސިއަމްގެ ސަަބަބުން ދަތްތައް ވަރުގަދަ ކޮށްދެއެވެ.

"ސްޕާކަލް" ބްރޭންޑުގެ "ޑަބަލް ވައިޓް ލެމަން ސޯޑާ ޓޫތްޕޭސްޓް" މިހާރު ރާއްޖޭގައި ހެޔޮ އަގުގައި ވިއްކަމުންދާއިރު، މި ބޭސް ލިބެން ހުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ "ލިބޭއެމްވީ" އިންނެވެ. "ލިބޭއެމްވީ"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިހާރު މި ބޭސް ބައްލަވައިގަތުމުގެ ފުރުސަތު އޮތްއިރު، މި ބޭހާއި "ލިބޭއެމްވީ" އިން ވިއްކާ އެނޫންވެސް އުފެއްދުންތަކަށް އޯޑަރުކޮށް، އޭގެ މައުލޫމާތު، 9759452 ނަމްބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ. މާލެ ސަރަޙައްދުން މި ޕްރޮޑަކްޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ލިބޭއެމްވީ އިން މި އުފެއްދުން ވިއްކަމުންދަނީ 125 ރުފިޔާއަށެވެ.