އެތަކެއް ހިދުމަތެއް އެއް އެޕްލިކޭޝަން އަކުން ލިބޭ ފަސޭހަ ރީޗާޖުން ވިޔަފާރި އުސޫލުން ރީލޯޑް އަދި ރާސްޓަސް އަޅާ ފަރާތްތަކަށް ސްޓޮކް އެޅޭނެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްގެން ފަސޭހަ ރީޗާޖުން ރީލޯޑް އަދި ރާސްޓަސްގެ ސްޓިކް އެޅުމުގެ ހިދުމަތް ތައާރަފްކޮށްފައިވާއިރު އެ ހިދުމަތް ހޯދުމަށް ފަސޭހަ ރީޗާޖުގައި ރެޖިސްޓާ ވާން ޖެހެއެވެ.

އަދި އެ ހިދުމަތް ހޯދުމަށް ރެޖިސްޓްރީވުމަށާއި ރީލޯޑް އަދި ރާސްޓަސްގެ ސްޓޮކް އެޅުމުގެ ހިދުމަތާއި ބެހޭ އިތުރު މައުލޫމާތު 4003330 ނަންބަރު ފޯނާއި ގުޅައިގެން ލިބެން ހުންނާނެއެވެ.

"ފަސޭހަ ރީޗާޖަކީ އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް އެންމެ ފައިދާވާނެ ގޮތަކަށް އަދި ކަސްޓަމަރުންނަށް އެންެމެ ލުއިފަސޭހަވާނެ ގޮތަކަށް ހިދުމަތްތަށް ފޯރުކޮށްދިނުމަށް. އެގޮތުން މިހާރު ފަސޭހަ ރީޗާޖް މެދުވެރިކޮށް ރީލޯޑް އަދި ރާސްޓަސްގެ ސްޓޮކް އެޅުމުގެ ހިދުމަތް ލިބިގެންދާނެ" ފަސޭހަ ރީޗާޖުގެ ފައުންޑަރ އަލީ އުވައިޝް "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ.

1 ޖޫން 2017 ގައި ވުޖޫދަށް އައި ފަސޭހަ ރީޗާޖަކީ މިއަދު އެތަކެއް ހިދުމަތެއް އެއް އެޕްލިކޭޝަން އަކުން ލިބޭ އެޕްލިކޭޝަން އެކެވެ. ކުރިން ހަމައެެކަނި ރީލޯޑް އަދި ރާސްޓަން ލިބުން ނަމަވެސް މިއަދު މި އެޕްލިކޭޝަން މިވަނީ ކާމިޔާބީގައި އެތަކެއް އޮޅިއެއް ގިރާކޮށް ދިވެހިންގެ އެެތަށް ބައެއްގެ ދިރިއުޅުން ފަސޭހަކޮށްދީފައެވެ. އެގޮތުން އެ އެޕްލިކޭޝަން ބޭނުންކޮށްގެން ދިރާގް އަދި އުރީދޫގެ ބިލްތަށް ދެއްކޭނެ ގޮތް މިވަނީ ފަހިވެފައެވެ. އަދި ދިރާގު ޕެކޭޖު ހެދުމާއި ދިރާގު ޕޭގެ ކޭޝް އިން ކުރެވޭނެ ގޮތްވެސް މި އެފްލިކޭޝަންގެ ސަބަބުން މިވަނީ ފަހިވެފައެވެ. އަދި މީގެ އިތުރުން ސުޕަނެޓް ބިލްވެސް ފަސޭހަ ރީޗާޖް މެދުވެރިކޮށް ދެއްކޭނެއެވެ.