ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން 14 ވަނަ ޓަވަރުގެ ބޭރުގައި ބޮޑު އަކުރުން ވިލާ މާޓް ލިޔެފައިވާ އިރު، އެއީ ބޮޑު ސުޕާމާކެޓެއް ކަން އޭރަކު ނޭނގެއެވެ. މި ފިހާރައިގެ ދޮރުގައި "ޕްރެސް" ޖަހާފައިވާ ބަޓަނަށް ފިއްތާލީމެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއްކޮށް ދޮރު ހުޅުވިއްޖެއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތިން ފެންނަން ހުރި ތަރުކާރީ އާއި މޭވާ ހަރަށެވެ. ރަންބުސްތާން އާއި ޗެރީސްއެވެ. ތާޒާ އެހެނިހެން މޭވާ އާއި ތަރުކާރީގެ ހުރިހާ ބާވަތެކެވެ.

ވިލާ މާޓް 4ގައި ތަރުކާރީ އާއި މޭވާ - ވަގުތު އިމޭޖްސް

މުޅި ފިހާރައަށް ނަޒަރު ހިންގާލީމެވެ. ބޮޑު ސުޕާ މާޓެއް ޔަގީންވިއެވެ. ބައިވަރު އެއްޗެހި އެއްތަނުން ލިބޭނެކަމުގެ އުފާވެރި އިހުސާސްވިއެވެ. މި ސަރަހައްދުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް މިއީ ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަން އެނގުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބޭނުންވާ ޒަރޫރީތަކެތި ގަތުމަށް ދަތުރެއް ހަދާފައި ހުޅުމާލެއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ހިޔާގައި ދިރިއުޅޭ އެތައް ސަތޭކަ ބަޔަކަށް އެކަން ފަސޭހަކޮށްދިނީ ވިލާ މާޓްއިންނެވެ.

ވިލާ މާޓްގެ ހުޅުމާލެ ފޭސް ދޭއް ފިހާރަ - ވަގުތު އިމޭޖްސް

ފިހާރައިގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގާލިއިރު، ނުލިބޭކަށް އެއްޗެއް ނެތެވެ. ކާޑުގެ ބާވަތްތަކުން ފެށިގެން ގޮސް، ފެނާއި، ޖޫހުގެ ބާވަތްތަކާއި، ބިސްކޯދާއި، ފިނި ކުރި ބާވަވްތަކާއި، ރީތިވާސާމާނު ވެސް ނަން ހުސްކޮށް މިތަނުގައި އެބަހުއްޓެވެ.

އެންމެ ފަހުން ކައުންޓަރަށް ގޮސް ގަތް އެއްޗިއްސަށް ފައިސާ ދެއްކިއިރު، އަގުވެސް ރަނގަޅު ކަން ފާހަގަކުރެވުނެވެ. މިއީ ވިލާ މާޓްގެ ފިހާރަތައް މީހުން ހިޔާރު ކުރާ މައިގަނޑު ސަބަބުތަކެވެ.

ވިލާ މާޓް މިއީ ވިލާ ޓްރޭޑިންގގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. ވިލާ މާޓްގެ ފިހާރަަތަކަށް ގާތްގަނޑަކަށް ވާނީ އެއް އަހަރާއި ބައެެވެ. ޖެނެރަލް ޓްރޭޑިންގ އަށް ހާއްސަކޮށް މި ކުންފުނި އުފެދުނީ 13 ޖެނުއަރީ 2021 ގައެވެ.

ވިލާ މާޓްގެ މަޖީދީ މަގު

ވިލާ މާޓްގެ މައިގަނޑު ވިޔަފާރިއަކީ ކޮސްމެޓިކްސް އާއި އެހެނިހެން ހައުސް ހޯލްޑް އައިޓަމްތައް ހިމެނޭ ގޮތަށް ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައް ބާޒާރުގައި ސަޕްލައި ކުރުމެވެ. ވިލާ މާޓްގެ އަމާޒަކީ މި ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓާރުންގެ ތެރޭގައި ހިމެނުމެވެ.

މާލޭގައި ތިން ތަނެއްގައި ވިލާ މާޓް އިން އައުޓްލެޓް ހިންގަމުން ދެއެވެ. ހުޅުމާލެ ފޭސް ދޭއްގެ ފްލެޓް 14ގައިވެސް ވިލާ މާޓްގެ އައުޓްލެޓެއް ހިންގަމުން ދެއެވެ. މި ހުރިހާ ތަނަކުންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ހުރިހާ މުދަލެއްގެ އިތުރުން، ކޮލެޓީ ރަނގަޅު މޮޅު އެތައް ޕްރޮޑަކްޓެއްވެސް ލިބޭނެއެވެ. އެގޮތުން ތަފާތު އެކި ވައްތަރުގެ ބައިނަލްއަގްވާމީ އެތައް ބްރޭންޑެއްގެ މުދާ ވިލާމާޓްގެ ފިހާރަތަކުން ލިބޭނެއެވެ. އަދި ވިލާމާޓް ވެގެން ދާނީ ކޮންމެ މީހެއްގެވެސް ހުރިހާ "ގްރޮސަރީ ޝޮޕިންގ" ބޭނުންތަކަށް ވެސް އެންމެ އެކަށޭނަ ޗޮއިސްއަކަށެވެ.

ވިލާ މާޓްއިން ވިއްކާ "އެކްސްކްލޫސިވް ބްރޭންޑްސް" ވަރަށް މަގުބޫލު!

ވިލާ ޓްރޭޑިންގ އިން ރާއްޖެއަށް އެތައް މުދަލެއް ގެނެސް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، އެ ކުންފުނިން ގެންނަ އެކްސްލޫސިވް ބްރޭންޑްތަކުގެ މުދާތައް ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލެވެ.

ޗީޒް، މިލްކް، ޖޫސް އަދި މިނޫންވެސް އެތައް ބައިވަރު ޑެއިރީ ޕްރޮޑަކްޓްސް ހޯދާނަމަ އަލްމަރާއި ބްރޭންޑް!

އަލްމަރާއި ބްރޭންޑަކީ ހައި ގްރޭޑެޑް ޑެއިރީ ޕްރޮޑަކްސްތައް ހިމެނޭ ހާއްސަ މޮޅު ބްރޭންޑެކެވެ. އަދި މިއީ މެދުއިރުމަތީގެ ގައުމުތަކުގައި ވަރަށް މަގްބޫލުކަން ހޯދާފައިވާ ބްރޭންޑަކަށްވާއިރު، ޔޫގޯވް އެފްއެމްސީޖީ/ ސީޕީޖީ ރޭންކިން 2021ގެ ނަމްބަރު 1 ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްފައިވާ ބްރޭންޑަކީވެސް މިއީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އަމިއްލަ ހަ ޑެއިރީ ފާމްއިން އުފައްދާ ހައި ގްރޭޑް ޑެއިރީ ޕްރޮޑަކްޓްތަކުގެ ފުލް ރޭންޖް ހަމައެކަނި ލިބޭނެ ތަނަކީ ވިލާ މާޓެވެ.

އަލްމަރާއި ބްރޭންޑްގެ ޖޫސްް ވިލާ މާޓް އިން ލިބޭނެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ޗީޒްގެ ބާވަތްތައް ކަމަށްވާ މިލްކް (އެވަޕަރޭޓެޑް، ފްލޭވާޑް، ފެޓް ފްރީ، ފުލް ކްރީމް) އާއި ތާޒާ މޭވާޖޫސް ޕެކެޓުގެ އެކި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ އާފަލު، އޮރެންޖް ފަދަ އެތައް ވައްތަރެއްގެ ޖޫސް ޕެކެޓާއި، އޭގެ އިތުރުން މި ބްރޭންޑްގެ ބަޓަރުގެ ގިނަ ބާވަތްތައް ހިމެނެއެވެ.

އަލްމަރާއި ބްރޭންޑްގެ ޗީޒް - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މީރު ޗޮކެލްޓާއި ބިސްކޯދު ކާން ބޭނުން ނަމަ އެޓީ ބްރޭންޑް!

މިއީ ފޮނި އެއްޗެހި ކާން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނެ ތުރުކިޔޭ ވިލާތު އެންމެ ލީޑިންގ "ކޮންފެކްޝަނަރީ" ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްގެ ބްރޭންޑެކެވެ. މިއީ ޗޮކްލެޓް، ކޭކް، ކްރޭކަރ އަދި ބިސްކޯދު ފަދަ ގިނަ ކޮލިޓީގެ ޕްރޮޑަކްޓްތައް އުފައްދާ ކުޑަކުދިންނަށް ހާއްސަ ބްރޭންޑެއްވެސް މެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެޓީ ބްރޭންޑްގެ ވަރަށް ފުޅާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ވިލާ މާޓްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ބިސްކަޓް ސޭންޑްވިޗް ހިމެނެއެވެ.

ވިލާ މާޓް އިން ވިއްކާ އެޓީ ބްރޭންޑްގެ ބިސްކޯދު

އޭގެ އިތުރުން ވެފާސް އާއި ޗޮކްލެޓް އާއި އެނޫންވެސް ގިނަ ޕްރޮޑަކްޓްތަކެއް ވިލާ މާޓްއިން ލިބޭނެއެވެ. މިއީ ކޮންމެ އުމުރެއްގެ މީހުންނާއި ގުޅޭ އެންމެންނަށްވެސް އެހާ ކަމުދާ ޕްރޮޑަކްޓްތަކެވެ.

ސިއްހަތު ރަނގަޅު ކާތަކެތި ބޭނުންތައް؟ ހިޔާރު ކުރަންވީ ރޮސްޓާ ބްރޭންޑް!

ގިނަ މީހުން އަބަދުވެސް ސިއްހަތަށް ފައިދާހުރި ކާތަކެތި ކާން އިސްކަންދެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ހާއްސަ ބްރޭންޑަކަށް ވާނީ ރޮސްޓާބްރޭންޑްގެ އެކި ކާނާ ތަކެވެ. އޭގެ ތެރޭގައި ހައި ގްރޭޑްގެ ޑްރައިޑްސް ފްރުޓްސްގެ ގްލޫޓަން ފްރީ ގުޑްސް އާއި ނަޓްސް އާއި ބެރީސް އަދި ގްރެއިންސް ހިމެނެއެވެ.

ވިލާ މާޓްގައި ރޮސްޓާ ބްރޭންޑްގެ އެތައް އުފެއްދުމެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރޮސްޓާބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ރަހައިގެ ގޮތުން މީރު އަދި ތަފާތު ޕްރޮޑަކްޓްތަކަށްވާ އިރު، މި ބްރޭންޑްގެ ވައިޑް ރޭންޖެއްގެ ޕްރޮޑަކްޓްސްތައް ވިލާ މާޓުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ނަޓްސް، ޑްރައިޑް ފްރުޓް، އަދި ބެރީސް ހިމެނެއެވެ.

ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ހާއްސަ ބޮބްސް ރެޑްސް މިލްގެ އުފެއްދުންތައް!

އެމެރިކާގެ އެންމެ ވަރުގަދަ ފުޑް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބޮބްސް ރެޑް މިލްއަކީ ގުދުރަތީ، ސެޓިފައިޑް އޯގަނިކް އަދި ގްލޫޓަން ފްރީ މިލިޑް ގްރެއިންގެ ބާވަތްތައް އުފައްދާ ޒަމާންވީ ކުންފުންޏެކެވެ. އެމެރިކާ، ކެނެޑާ އަދި ކެރީބިއަން ފަދަ އެތައް ތަނެއްގައި މި ބްރޭންޑްގެ އުފެއްދުންތައް ވަރަށް ބޮޑަށް ހިނގާއިރު، ވިލާ މާޓްއަކީ މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރއެވެ. އެގޮތުން މި ބްރޭންޑްގެ ވަރަށް ގިނަ ހޮޓް ސީރިއަލްގެ ބާވަތްތަކާއި އޯޓްމީލް ޗޮއިސްތައް ވިލާ މާޓުން ލިބޭނެއެވެ.

ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ހާއްްސަ ބޮބްސް ބްރޭންޑް

ފެނަރ މޭވާ ޖޫސް، ޔަގީނުންވެސް ވަރަށް މީރުވާނެ!

ގަރުނަކަށް ވުރެ ގިނަ އަހަރުވީ ފެނަރ ބްރޭންޑަކީ އޮސްޓްރޭލިއާގައި އެންމެ ކޮލެޓީ މޮޅު ޖޫސް އުފައްދާ ބްރޭންޑެވެ. ފެނަރ އަކީ ޔޫރަޕްގެ އެކި ކަންކޮޅުތަކަށް މޭވާގެ ޖޫހާއި، ނެކްޓާސް އަދި އައިސީޑީ ޓީގެ އެންމެ ބޮޑު ރޭންޖެއް ފޯރުކޮށްދެމުންދާ ކުންފުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ބްރޭންޑްގެ އެތައް ވައްތަރެއް ޖޫހާއި ނެކްޓާސްއަކީ އެންމެ ރަނގަޅު މޭވާ ބޭނުންކޮށްގެން އުފައްދާ މޮޅު ޖޫހެއް ކަމެވެ. އަދި އެކި ވައްތަރުތަކުގެ އައިސްޑް ޓީ އާއި ޓީ ޑްރިންކްސްއަކީ ބުއިމުގެ އެހެން ކަހަލަ އުފާވެރިކަމެއް ގެނުވާނެ ޓީއަށް ވާނެއެވެ.

މި ކުންފުނީގެ ޓީ އަދި ޖޫސްގެ ބޮޑު ރޭންޖެއް ވިލާ މާޓްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ފެނަރ މޭވާ ޖޫސްވެސް ވިލާ މާޓް އިން ލިބޭނެ

ޓޯނީސް ޗޮކޯލޯންލީ، މިއީ މީރު ޗޮކްލެޓެއް!

މިއީ ނެދަލެންޑްސްގެ ޗޮކްލެޓް ބްރޭންޑެކެވެ. ޓޯނީ އަކީ ނެދަލެންޑްސްގެ މާކެޓް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ 2005 ވަނަ އަހަރު އުފެއްދި ކޮކޯ ވެގެން ގޮސްފައި ވަނީ ތަފާތު އެއްޗަކަށެވެ. ތަފާތު ރަހަތައް ހިމެނޭ މި ހައި ކޮލިޓީގެ ޗޮކްލެޓް ބާވަތްތައް ބާޒާރަށް އޭނާ ނެރެފައި ވެއެވެ. މިހާރު މި ބްރޭންޑްގެ ޗޮކްލެޓްތައް ވިލާ މާޓުން ލިބެން ހުންނާނެއެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން ދެއެވެ.

ވިލާ މާޓްގެ ހަރެއްގައި ޓޯނީސް ޗޮކާލޯންލީ، މިއީ ވަރަށް މީރު ޗޮކްލެޓޭއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިވަގުތު ވިލާ މާޓް އިން މާލޭގެ ހަތަރު ސަރަހައްދެއްގައި އައުޓްލެޓްތައް ހިންގާއިރު، ކުންފުނީގެ ވިސްނުން ހުރީ މުޅި ރާއްޖޭގައި އައުޓްލެޓްތައް ހިންގާ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމެވެ.

ވިލާ މާޓް 1 ފަރީދީ މަގު

ވިލާ މާޓް 2 މަޖީދީ މަގު

ވިލާ މާޓް 3 ރެހެންދި ހިނގުން

ވިލާ މާޓް 4 ހުޅުމާލެ ފޭސް ދޭއް

ފާހަގަކޮށްލަން ޖެހޭ ކަމަކީ ވިލާ މާޓް އިން ތަރައްގީކޮށްފާއިވާ ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިންގ ކޮށްލުވެވުމުގެ އިތުރުން، ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދެއެވެ. ވިލާ ވިލާ މާޓް އިން މިހާރު އޮންލައިން ޝޮޕިންގއަށް ހާއްސަކޮށް އެޕްލިކޭޝަންއެއް ލޯންޗްކޮށްފައެވެ. މިއީވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޮބްރީ

    ރަނގަޅު ވާހަކައެއް ނެތް އެއްޗެނެތް...ހުރިއެއްޗެއް ލިބޭނީ...

    27
    6
  2. ރަދީފުލް ކުމާރު

    މަވެސް ވިލާމާޓަށް އިހަށްދުވަހަކު ދިޔައިން. ހީކުރީ ވަރަށް އަގުބޮޑުވާނެކަމަށް. ފާހަގަވި އެއްޗަކީ މާލޭގެ ސުޕަމާޓުތަކާ އެއްއަގެއްގާ ނުނީ އެއަށްވުރެ ކުޑައްގެއްގާ ގިނަބާވަތްތަކެއް ލިބޭކަން.

    12
    1
  3. ޙ up

    ހާދަ އިނގިރޭސި ބަސް ގިނައޭ، ދިވެހި އެނގޭ މީހަކު ލައްވާ ލިޔުންނަމަދޯ.

    10
    1
  4. ދޯ

    2023 ޔަގީން ވީ

    9
    1
  5. ނިހާދު

    ހުރިހާ ފަޅާކާ ފަޅުރަށްތައް ހުސްކޮއް މާލެ ހުޅުމާލޭގެ ސަރުކާރު ބާރުދަށުގަ ހުރިތަންތަން ނުފޫޒުން ދަމާގަންނަނީ ޓީވީއެމް ކުރިމަތީ ގަ ހުރި ސަރުކާރުތަނެތްވެސް ސްޕަމާޓަކަށް ބަދަލުކޮއްލާފި 2023 ގެ ރަޢިސް

    10
  6. ށަކީނާ

    ބުރުމާ އެބަހުރިތަ

  7. ޒޫޝާން އިބްރާހިމް

    މީ ވަރަށް ރަނގަޅު ފިހާރަތަކެއް. ފެންޓަސީއަށް ވުރެން ފުދޭވަރަކަށް އަގު ހެޔޮވެފަ، ތަރުކާރީ އަދ މޭވާވެސް އަގުހެޔޮ

  8. ޒޫޝާން އިބްރާހީމްް

    ޥަރަށް އުފާވޭ ވިލާ މާޓަށްވަދެލަން އަަބަދުވެސް. ޢަ ހައިލައިޓް އޮފް މައި ޑޭ