ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގގެ ދަށުން ހިންގަމުންދާ ވިލާމާޓް އިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މީގެ ކުރިންވެސް ވިލާމާޓް އިން ވަނީ އެ ކުންފުނިން އެތެރެކޮށް ވިއްކަމުންދާ ބްރޭންޑްތަކުގެ ރަހަ ދައްކާލުމަށް ތަފާތު ހަރަކާތްތައް ބާއްވާފައި ވެއެވެ. މިފަދަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މީގެ ކުރިން މާލޭގެ ޓީވީއެމް ކުރިމަތީ ހުންނަ ވިލާމާޓުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ދާދި ފަހުން ވިލާމާޓް ހުޅުމާލެ ފޭސް ދޭއްގައި ވަނީ އެ ކުންފުނީގެ ޓޯނީސް ބްރޭންޑް އަދި ތަމީމް ބާސްމަތީ ހަނޑުލުގެ ރަހަތައް ދައްކާލުމުގެ ހަރަކާތެއް ބާއްވާފައެވެ.

ވިލާމާޓް އިން މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން

ވިލާމާޓް އިން އެންމެ ފަހުން ހުޅުމާލެ ފޭސް ދޭއްގައި ބާއްވާފައި ވަނީ އޮޓިމާގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެކެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 އިން 10:00 އަށް މި ހަރަކާތް ކުރިއަށް ގެންދިޔައިރު، ވިލާމާޓުން އުންމީދު ކުރި ވަރަށް ވުރެ ތަރުހީބު ވަނީ ލިބިގެން ގޮސްފައެވެ.

ވިލާމާޓް އިން ކުރިއަށްގެންދިޔަ އޮޓިމާ ބްރޭންޑްގެ ޕާސްތާ ރަހަ ދައްކާލުމުގެ ހަރަކާތުގެ ތެރެއިން

"މި ހަރަކާތުގައި އަޅުގަނޑުމެން އަމާޒުކޮށްފައި ވަނީ ތިން ވައްތަރެއްގެ ޕާސްތާ އާއި އެކަށީގެންވާ ތަފާތު ތިން ސޯސްއެއްގައި މި ޕާސްތާގެ ރަހަ ދައްކާލުމަށް. ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ.". ވިލާމާޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިހަރަކާތުގެ ސަބަބުން މި ބްރޭންޑްގެ މޮޅު ކަމާއި ރަހައިގެ ގޮތުން މީރުކަން އެތައް ކަސްޓަމަރުންނަށް ކަށަވަރުވެގެން ގޮސްފައި ވެއެވެ.

ވިލާމާޓް އިން ކުރިއަށްގެންދިޔަ އޮޓިމާ ބްރޭންޑްގެ ޕާސްތާ ރަހަ ދައްކާލުމުގެ ހަރަކާތުގެ ތެރެއިން

މި ބްރޭންޑަކީ ވިލާމާޓް އިން ދާދި ފަހުން ރާއްޖެއަށް ތައާރަފް ކުރި ބްރޭންޑެކެވެ. މި ބްރޭންޑްގެ އެކި ސައިޒްގެ އެކި ވައްތަރުގެ ޕާސްތާ ވިލާމާޓްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ވިލާ ޓްރޭޑިންގގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު ހެޔޮއަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެ ގޮތް ހަމަޖައްސައި ދިނުމެވެ.

ވިލާ މާޓް އިން ވިއްކާ ހުރިހާ އެއްޗެއް، މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނި ފަހަރުތަކަަށް ޑެލިވަރީކޮށްދޭނެއެވެ. ވިލާ ޓްރޭޑިންގެ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ވިލާމާޓް އިން ލިބެން ހުންނަ ޕްރޮޑަކްޓްތައް ވެބްސައިޓް އިން ބަލައިލެވޭއިރު، 7667711 އަށް ގުޅައިގެން މައުލޫމާތުވެސް ސާފު ކުރެވޭނެއެވެ.