މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ވިލާ މާޓްގެ ފިހާރަތަކުން މި ރޯދަ މަހަށް ހާއްސަކޮށް ތާޒާ މޭވާއާއި ތަރުކާރީ ލިބެން ހުންނާނެ ކަމަށް ވިލާ ޓްރޭޑީންގް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެެ.

އެގޮތުން މިހާރު ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕްފްރޫޓް، އަދި މެންޑަރިން ފަދަ ރަހަމީރު މޭވާ ލިބެން ހުންނާނެއެވެ. ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ބެލް ޕެޕަރސް، ޗެރީ ޓޮމާޓޯ، ރެޑް ކެބެޖް، ޗައިނީސް ކިއުކަމްބާ، ސްޕްރިންގ އަނިއަންސް، ލީކްސް، ރެޑިޝްސް، އަދި ބްރިންޖަލްސް ފަދަ ތަކެތި ވެސް ވިލާ މާޓުން ލިބެން ހުންނާނެ އެވެ.

ވިލާ މާޓްގައި ހުރި ތަރުކާރީގެ ބާވަތްތައް

ވިލާ ޓްރޭޑިންގެ އަމާޒަކީ، ވިލާ މާޓުގެ ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރޯދަ ވީއްލާ ގަޑީގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވެސް ވިލާ އިން ބުނެއެވެ.

ވިލާ މާޓްގައި ހުރި ތަރުކާރީ އާއި މޭވާގެ ބާވްތައް

ވިލާ ޓްރޭޑިންގްންއިން އިސްކަންދޭ ކަމަކީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ. އެގޮތުން ހަފްތާއަކު ދެ އެއާ ފްރެއިޓް ޝިޕްމަންޓް ސީދާ ވިލާ މާޓުގެ ރީޓެއިލް އައުޓްލެޓްތަކަށް ގެންނާނެއެވެ.

ތާޒާ އުފެއްދުންތަކުގެ އިތުރުން ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ފުޅާ ދާއިރާއެއްގައި ވިލާ މާޓުން ފޯރުކޮށްދެއެވެ.

ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިލާ މާޓުގެ ވެބްސައިޓް، އިން މި ހުރިހާ ތަކެއްޗެއްވެސް އޯޑަރު ކޮށްލެވޭނެއެވެ.

ވިލާ މާޓު އެޕް ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ. މިގޮތަށް ގަންނަ ހުރިހާ ތަކެއްޗެއްވެސް ގޭގެ ދޮރުމައްޗަށް ވިލާ މާޓުން ޑެލިވާރ ކޮށްދޭނެއެވެ.