މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގގެ ވިލާމާޓްއަކީ މިހާރު ދިވެހިންނަށް އާ ނަމެއް ނޫނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން މި ވިލާމާޓަށް ލިބިގެން ދިޔައީވެސް ޕްރޮޑަކްޓަތައް އެތައް ގުނަޔަކުން އިތުރުވެފައި ބޭނުންވާ ހުރިހާ އެެއްޗެއް ހެޔޮ އަގެއްގައި ފިހާރަތަކުން ލިބޭތީއެވެ.

މިގޮތުން ވިލާމާޓުން މާލެ ސަރަހައްދުގެ ތަފާތު 4 އައުޓްލެޓެއް ހިންގަމުންދާއިރު، މި ތަންތަނުން ކާބޯތަކެއްޗާއި ބުއިންތަކާއި ގޭތެރެއަށް ބޭނުންވާ މުހިންމު އެތައް ޕަރޮޑަކްޓްތަކާއި، ކޮސްމެޓިކްސްވެސް ލިބެން އެބަ ހުއްޓެވެ.

ވިލާ ޓްރޭޑިންގ އިން މައުލޫމާތުދޭގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހުރިހާ އެންމެންގެ ޑިމާންޑާއި އުއްމީދުތަކާއި އެއްގޮތަށް، ކޮންމެހެން ބޭނުންވާ ތަކެތި ރައްޔިތުންނަށް ފަސޭހަކަމާއި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ.

މިގޮތުން އެ ކުންފުނިން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ސިއްހަތަށް ފައިދާ ހުރި ޕްރޮޑަކްޓްސްތައް ފާހަގަކޮށްލެވެއެވެ.

ކާބޯތަކެއްޗާއި ބުއިންތަކުގެ އިތުރުން ސްޓޭޝަނަރީ، ކޮސްމެޓިކްސް، ގޭތެރެ ސާފް ކުރަން ބޭނުން ކުރާ ސާމާނާއި އެހެނިހެން އަސާސީ ޒަރޫރީ ބޭނުންތައް ވެސް ކޮންމެ ދުވަހަކު ބޭނުންވާ ތަކެތި ވިލާމާޓްގެ ފިހާރަތަކުން ލިބެން އެބަ ހުއްޓެވެ.

މީގެ ތެރެއިން މިފަހަރު މަޝްހޫރު "ހޮޓްޕެކް" ބްރޭންޑްގެ އައިޓަމްތަކަށް ބަލަމާ ހިނގާށެވެ. ހޮޓްޕެކްއަކީ 1995 ވަނަ އަހަރު އުފެދިގެން އައި ކާބޯތަކެތީގެ ޕެކޭޖިންގެ ބާވަތްތައް އުފެއްދުމާއި ސަޕްލައި ކުރުމުގައި ފާހަގަކޮށްލެވޭ ބްރޭންޑެކެވެ.

މި ބްރޭންޑްގެ އެތައް ޕްރޮޑަކްޓްތަކެއް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިލާ ޓްރޭޑިންގ އިން ލިބެން ހުންނައިރު، ވިލާމާޓްގެ އެކި ފިހާރަތަކުން ހޮޓްޕެކްގެ ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ލިބޭނެއެވެ.

މީގެ ތެރޭގައި ކަރުދާސް ފެންބޯ ތައްޓާއި ކާތަށި، ޓިޝޫ، ލަކުޑި ސަމުސާ، ލަކުޑި އޫ އަދި ލަކުޑި ވަޅި އަދި މެތަނޮލް ޖެލް ފަދަ ޕްރޮޑަކްޓްތައް ހިމެނެއެވެ.

މިފަދަ ޕްރޮޑަކްޓްތަކީ ތަފާތު ސަބަބުތަކަށްޓަކައި މުހިންމު ޕްރޮޑަކްޓްތައް ވާއިރު، މިއީ ކުޑަކުދިންގެ ހަފްލާތަކާއި ނޫނީ ބޭރުގައި ހިންގާ އެނޫންވެސް ހަރަކާތްތަކަށް ގެންދަން އެންމެ ރަނގަޅު ޕްރޮޑަކްޓްތަކަަށް ވެގެން ދެއެވެ. ސަބަބަކީ ދޮންނަން ނުޖެހުމާއި، ބަރު ތަށިތައް ގެންގުޅުން ނުޖެހުމާއި އައިސް ބޮޑު ފަސޭހައަކަށް ވެގެން ދާތީއެވެ.

ހޮޓްޕެކް އައިޓަމްތަކަކީ ބަޔޯޑިގްރޭޑަބަލް ނުވަތަ ކޮމްޕޯސްޓޭބަލް މެޓީރިއަލްއިން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މިހެންވުމުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އަޅާބަލާއިރު މިފަދަ ޕްރޮޑަކްޓްތައް ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެގެން ދެއެވެ.

ވިލާ ޓްރޭޑިންގގެ އަމާޒަމީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ހިތްހަމަ ޖެހޭ ގޮތަަށް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މި މަސައްކަތުގެ ތެރެއިން ކަސްޓަމަރުންނަށް ލުއި ފަސޭހައަކަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، އުނދަގުލަކާ ނުލައި ވިޔަފާރި ކޮށްލެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވިލާމާޓްގެ ވެބްސައިޓުން ލިބެން ހުރި ޕްރޮޑަކްޓްތަކާ ބެހޭ ގޮތުން މައުލޫމާތު ލިބިގެންދާއިރު، ފަސޭހައިން ވިޔަފާރިވެސް ކޮށްލެވޭނެއެވެ. އަދި އޭގެ އިތުރުން ވިލާމާޓްގެ އެޕްލިކޭޝަން މިހާރުވެސް އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ލިބެން ހުންނައިރު، މިއީވެސް ކަސްޓަމަރުންނަށް ބޮޑު ފަސޭހަކަށް ވެގެން ދާ ހިދުމަތެއްކަން ފާހަގަކޮށްލެވެއެވެ. ވިލާ ޓްރޭޑިންގގެ އެންމެ ބޮޑު އަދި އަބަދުވެސް އަމާޒަކީ ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތަކުގެ އިތުރުން ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ނެރެ ދިނުމެވެ.

ވިލާޓްރޭޑިންގގެ ފޯން ނަމްބަރަކީ 7919966އެވެ.