ބޮޑު އީދު ޗުއްޓީއަށް ހއ. ދިއްދޫއަށް ދާން ބޭނުންވާ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެންހެއްޔެވެ؟. މާލެ އާއި އުތުރުގެ ރަށްތަކާއި ދެމެދު ދަތުރު ކުރާ އެންމެ އަރާމު "ސީކުއީން ބޯޓް" އޮތީ ތައްޔާރަށެވެ.

އެ ބޯޓުން އާއްމުކޮށް ކޮންމެ ހަފްތާއަކު މާލެ އާއި އުތުރުގެ ރަށްތަކާއި ދެމެދު ދަތުރުތައް ކުރެއެވެ.

އަދި މި ދަތުރުތަކުގައި ގިނަ އަދަދެއްގެ ފަސެންޖަރުންވެސް ބައިވެރިވާ އެއް ސަބަބަކީ ބޯޓު އަރާމުވެފައި ފަސޭހަވުމެވެ. އަދި އެއްކޮށް އޭސީކޮށްފައި ހުންނަ ބޯޓަށް ވާތީއާއިވެސް އެކުގައެވެ.

މިފަހަރު ބޮޑު އީދަށް ދިއްދޫއަށް ދާން ބޭނުންވާ ފަރާތްތަކުން މި ބޯޓު ހިޔާރު ކުރަންވީ ސަބަބަކީ މިއީއެވެ. އެގޮތުން އީދަށް ހާއްސަ ދަތުރަށް، މި ބޯޓު ފުރާނީ ޖުލައި ފަސް ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ. އަދި އެރަށުން އަނބުރާ މާލެ އައުމަށް މި ބޯޓު ފުރާނީ ޖުލައި 17 ވަނަ ދުވަހުގެ ހަވީރު 16:00 އަށެވެ.

މިފަހަރު އީދަށްވެސް އެރަށުގައި ފޯރިގަދަ ހަރަކާތްތަކެއް އެބަ އޮތެވެ. ރާއްޖޭގެ މަޝްހޫރު ބަތަލާއިން ހިމެނޭ "ޔާރާ" ގްރޫޕްގެ ހުށަހެޅުންތަކާއި، ހިޔާ ނަށާ ގްރޫޕްގެ ހުށަހެޅުންތަކުގެ އިތުރުން، އެކަތި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތައް އެރަށުގައިވެސް އެބަ އޮތެވެ. އަދި އީދުގެ ހާއްސަ އެތައް ކުޅިވަރެއްވެސް ކުރިއަށް އޮތީއެވެ. އަދި ދިއްދޫ ކައިރި ރަށްތަކުގައިވެސް އީދު ކުޅިވަރުތައް ފޯރީގައި އޮތްއިރު، މާލޭގައި ތިބި އެރަށްތަކަށް ދާން ބޭނުންވާ ފަރާތްތަކުންވެސް އަވަހަށް ދަތުރު ހަދަންވީއެވެ.

އެހެންކަމުން އީދަށް ދިއްދޫ އަށް ނޫނީ ދިއްދޫ ކައިރި ރަށްތަކަށް ދާން ބޭނުންވާ ފަރާތްތަކުން 7779050 އަށް ނޫނީ 9441491 އަށް ގުޅައިގެން ޓިކެޓް ނަގަންވީއެވެ.

ސީކުއީން ބޯޓަކީ ވަރަށް އަރާމު ފުލް އޭސީ ކޮށްފައިވާ ބޯޓެކެވެ. 300 މީހުންގެ ޖާގައިގެ މި ބޯޓުގައި ޕްރައިވެޓް ކޮޓަރިވެސް ހުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ދިއްދޫ ރިހަ ކާލަން މި ފަހަރު އީދަށް ދާން ތިޖެހުނީ. ކަލޯ އެ ރިހަ ގަނޑު ހަމަ ތަފާތު ވާނެ. މަށަށް ހެޔޮ އެއްކަމެއް ނެތަސް. ދިއްދޫގެ މީރު ކެއުން ލިބެނިކޮން

    5
    2
  2. ހިލާ

    ސީކުއީން ބޯޓަކީ ކުޅުދުއްފުޓާ މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއް
    އުތުރުގެ ރަށްތަކަށް ކުރާ ބޯޓެއްނޫން
    ދިއްދޫ އާ ވައިކަރަދޫއަށް އީދުގަ ދަނީ ކުއްޔަ ނަގައިގެން

    2
    1