އައްޑޫސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ކޮސްމެޓިކްސް ގަތުމަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ބޭނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ހޯދަން އުނދަގޫއިރު، މިހެން ލިބޭ މަދު ފަހަރު ވެސް އަގުތައް ބޮޑުކަމުގެ ޝަކުވާ އެއީ އެންމެން ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ނަމަވެސް އައްޑޫގައި ހުންނަ ލިބޭ-2 ސުޕާމާޓުން ވަނީ މިކަމަށް ނިމުމެއް ގެނެސްފައެވެ.

ރައްޔިތުން ބޭނުންވާ ގިނަ ކޮސްމެޓިކްސް އެއްތަނަކުން ލިބޭނެ ފިހާރަައަކީ ހިތަދޫގައި ހުންނާނީ ލިބޭ-2 ކަމީ ޝައްކެއް ނެތް ކަމެކެވެ. އެތަނުން އަގު ހެޔޮކޮށް މީރުވަސް ދުވާ އެކި ވައްތަރުގެ ކޮސްމެޓިކްސް ލިބޭނެއެވެ.

ކޮސްމެޓިކްސްގެ ވަރަށް ގިނަ ވައްތަރު އެފިހާރައިން ލިބެން ހުރިއިރު، ފާހަގަ ކޮށްލެވޭ އެއްކަމަކީ ބޮޑީ ސްޕްރޭގެ 200 އަށްވުރެ ގިނަ ވައްތަރުތައް ލިބެން ހުރި ކަމެވެ. މިއީ ހަމަގައިމު ވެސް ފިރިހެނުންނާއި އަންހެނުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ބޮޑީ ސްޕްރޭތަކެވެ.

ލިބޭއިން ވިއްކާ ބައެއް ބޮޑީ ސްޕްރޭތަކުގެ ތެރޭގައި "ބޮޑް" ގެ އެކި ވައްތަރުތައް، "އެންވީ"ގެ އެކި ވައްތަރު، "ވައިލްޑް ސްޓޯން" އަދި "ކޯޑް" ހިމެނެއެވެ.

ލިބޭ ސުޕަމާޓުން އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ތަކެތި ވިއްކާއިރު، އެފިހާރަ ފާހަގަ ކޮށްލެވެނީ ހިތަދޫން އެންމެ ގިނަ ވައްތަރުގެ މޭވާ އާއި ތަރުކާރީ ވެސް އެއްތަނަކުން ލިބޭ ފިހާރައަށެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.