އައްޑޫސިޓީއަށް ބަލާއިރު، އެސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ބޮޑު އެއް ދައްޗަކަށް ވެފައި އޮންނަނީ ތާޒާ މޭވާގެ ބާވަތްތައް ހޯދުމެވެ. އައްޑޫގައި ހިންގާ ބައެއް ފިހާރަތަކުން ބައެއް ކަހަލަ މޭވާ ލިބުނު ނަމަވެސް، ބޭނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ހޯދަން ރައްޔިތުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އައްޑޫގައި ހުންނަ ލިބޭ-02 ސުޕަމާޓުން މިހާރު ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެ ދަތްޗަށް ހައްލެއް ހޯދަ ދީފައެވެ.

އައްޑޫގެ ރައްޔިތުން ބޭނުންވާ ތާޒާ މޭވާ އެއްތަނަކުން ލިބޭނެ ފިހާރައަކަށް އައްޑޫގައި ހުންނަ ލިބޭ-02 ވެގެން ގޮސްފައިވާއިރު، އެފިހާރައިން މިހާރު ވަނީ މޭވާ ނަން ހުސްކޮށް ވިއްކަން ފަށާފައެވެ. މިއީ މޭވާ ގަންނަން ބޭނުންވާ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ހަބަރަކަށް ވާނެއެވެ.

ލިބޭ އިން ވިއްކާ މޭވާގެ ބާވަތްތައް

ލިބޭ-02 އިން ވިއްކާ މޭވާގެ ތެރޭގައި އޮރެންޖް، އާފަލު، ޕެއާސް، އެކި ވައްތަރުގެ ގްރޭޕްސް، ފޭރު، އެވަކާޑޯ، ރޯ ކަދުރު، ކުންނާރު، އަންނާރު، މެންޑަރިން އޮރެންޖް، ލޮންގަން އަދި ރަންބުސްތާން ފަދަ ތަފާތު އާންމުންނަށް ކަމުދާ އެތައް ވައްތަރެއްގެ މޭވާ ހިމެނެއެވެ.

ލިބޭ އިން ވިއްކާ މޭވާގެ ބާވަތްތައް

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ "ލިބޭ-02" އަކީ ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން ވެސް ކާބޯތަކެތީގެ އެކި ބާވަތްތަކާއި، ގޭތެރެއަށް ބޭނުންވާ ބައެއް ޢާންމު ސާމާނާއި ކުޑަކުދިންގެ ކުޅޭ ތަކެއްޗާއި އެނޫން ވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އައްޑޫ ސިޓީ އެއްތަނަކުން އެންމެ ހެޔޮއަގުގައި ލިބެންހުރި އެއް ސުޕަމާޓެވެ.

ލިބޭ އިން ވިއްކާ މޭވާގެ ބާވަތްތައް

އެ ސުޕަމާޓުން އަންނަނީ ލުއިފަސޭހަކަމާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިތަދޫގައި ޑެލިވަރީގެ ޚިދުމަތް ވެސް ދެމުންނެވެ.

އައްޑޫގެ އެހެން ފިހަރާތަކެކޭ އެއްގޮތަށް ގިނަ ތަކެތި ލިބޭއިން ވިއްކާއިރު، ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެހެން ފިހާރަތަކަށްވުރެ ހެޔޮ އަގުގައި ލިބޭއިން ތަކެތި ވިއްކާ ކަމެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމްސިއްޔާ

    ކިހާ ދުވަހެއްވަންދެން ތިކަން ކުރެވޭނެބާ.

  2. އައްޔަ

    ވަރަށް ސަޅި. ތިހެން ހިފަހައްޓާލަ

  3. ދުޢާ

    ހުރހާ ޙަމްދެއްވަނީ ﷲ އަށް