އައިފިލްމްސްގެ ޓީވީ ސީރީޒް "ބިރުވެރި ވާހަކަ"ގެ 11 ވަނަ އެޕިސޯޑް މިރޭ ދިރާގުޓީވީ އާއި ދިރާގުޕްލޭ ވީޑިއޯ-އޮން-ޑިމާންޑް (ވީއޯޑީ) އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

"ބިރުވެރި ވާހަކަ" ގެ 10 އެޕިސޯޑް ދިރާގު ޓީވީއިން މިހާރު ގެނެސްދީފައިވާއިރު ބެލުންތެރިންގެ ބޮޑު މަގްބޫލް ކަމެއް ވަނީ އެ ސީރީޒަށް ލިބިފައެވެ.

އެ ސީރީޒް މިހާރު ނިނުމަކާއި ގާތް ވެފައިވާ ކަމަށާއި އެޕިސޯޑް 11 މިރޭ 8:00 ގައި ދިރާގުޓީވީއިން ދައްކާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ސީރީޒްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނި ގޮތުގައި "ބިރުވެރި ވާހަކަ" އަކީ އާދަޔާ ހިލާފު ބިރުވެރި ސީރީޒްއެކެވެ. އަދި ކޮންމެ އެޕިސޯޑެއްގައިވެސް ތަފާތު ވާހަކައެއް ދައްކުވައިދޭނެ ކަމަށާއި، މިއީ ދިވެހި އޯޑިއަންސައް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސީރީޒް އެއް ކަމަށެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ދިރާގު ޓީވީން އަންނަނީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ދިވެހި ކޮންޓެކްޓުތަކާއި ބޭރުގެ ކޮންޓެކްޓުތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު