ޒިއާއޯމީ ވަނީ އިންޑިއާގެ ހުރިހާ އޮޕަރޭޝަނެއް ޕާކިސްތާނަށް ބަދަލުކޮށްފާނެ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ފާޑުކިޔައި އެއީ "މުޅިން ދޮގު އަދި އެއްވެސް އަސާސެއް ނެތް" ކަމެއް ކަމަށްބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހަފުތާގެ ކުރީކޮޅު ޒިއޯމީ އިން ވަނީ އިންޑިއާއިން ޕާކިސްތާނަށް އެ ކުންފުނީގެ އޮޕަރޭޝަންތައް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ. މި ރިޕޯޓްތައްއާންމުވެފައި މިވަނީ، އިންޑިއާ ސަރުކާރުން ފްރީޒްކޮށްފައިވާ އެންފޯސްމަންޓް ޑައިރެކްޓްރޭޓްގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެންނެވެ.

ފޮރިން އެކްސްޗޭންޖް މެނޭޖްމަންޓް އެކްޓް (ފީމާ)ގެ ގައިޑްލައިންތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ޒިއޯމީގެ މިލްކިއްޔާތުގައި ހުރި 676 މިލިއަން ޑޮލަރުގެ އަގުހުރި މުދާ އިންޑިޔާ ސަރުކާރުން ވަނީ ފްރީޒް ކޮށްފައެވެ. ނަމަވެސް ސްމާޓްފޯން އުފައްދާ މި ކުންފުނިން ވަނީ އެ ކުންފުނިން އިންޑިޔާ ދޫކޮށް ދާންއުޅޭ ކަމަށް ދެކެވޭ ވާހަކަ ތަކަކީ އަދި އެ ތުހުމަތުތަކަށް ރައްދުދީ ޓްވިޓާ ޕޯސްޓެއްގައި އެއީ މުޅިން ދޮގު އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

ޒިއޯމީގެ ރަސްމީ ޓްވިޓާ ހޭންޑްލް އިން މިހެން ބުނެފައި ވަނީ ސައުތު އޭޝިއާ އިންޑެކްސް އިން ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ސައުތު އޭޝިއާ އިންޑެކްސް އިން އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ކުރި ޓުވީޓުގައި ބުނީ ޗައިނާގެ މޯބައިލް އުފައްދާ ކުންފުންޏެއް ކަމަށްވާ ޒިއޯމީ އިންޑިއާއިން ޕާކިސްތާނަށް ބަދަލުކުރުމަކީއެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި މިފަދަ ކަމެއް ޒިއޯމީއިން ކުރާކަމަށް ތުހުމަތު ކުރަނީ މީގެ ކުރިން ޒިއޯމީ އިން ކުރެއްވި ޓުވީޓެއްގައި އެފަދަ ކަމެއްގެ އިޝާރާތެއް ދީފައިވާތީ ކަމަށެވެ.

ޒިއޯމީ އިން ކުރި ޓުވީޓުގައި ވިދާޅުވީ އިންޑިއާގެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އެގައުމުގައި ހިންގާ އޮޕަރޭޝަންތައް "ގާތްގަނޑަކަށް ހުއްޓުވާފައިވާ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުއި ރޮދި

    ކޮބާހޭ އެއްކަލަ އާބިޓޮރޭޝަން ކޯޓު؟ ހަމައެކަނި ޖީއެމްއާރު ކުދިންނަށްތޯ ބަދަލު ނަގާދެނީ!