ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އާ އީޖާދުތައް އުފައްދައި މީހުންގެ މެދުގައި ވަކި އެއްޗެއް ބަލައިގަތުމަށް ދަތިވާވަރަށް މިހާރު ދަނީ އުފެއްދުންތައް އުފައްދަމުންނެވެ.

އެންމެ ފަހުން މިފަދަ އުފެއްދުމެއް އުފައްދައި ބާޒާރަށް ނެރެފައި ވަނީ ޒިއޯމީ އިންނެވެ. އެ ކުންފުނިން އުފެއްދި ޓެބްލެޓް ފަސްމިނެޓް ތެރޭގައި ދެލައްކަ މީހުން ވަނީ ގަނެފަ އެވެ.

ޒިއޯމީގެ އެންމެ ފަހުގެ ޓެބްލެޓަކީ މައި ޕެޑް 5 އެވެ. މި އައިޕެޑް އެންމެ ފުރަތަމަ ވިއްކައި ގިނަ ބަޔަކު ގަނެފައި ވަނީވެސް ޗައިނާ އިންނެވެ. އަދި ދުނިޔޭގެ އެހެނިހެން މާކެޓް ތަކުގައި މި ޓެބްލެޓް ނުވިއްކައެވެ. ނަމަވެސް މިހާރުވެސް މިޓެބްލެޓަށް އޮތް ޑިމާންޑު ފެންނަމުންދާކަމަށް ކުންފުނިން ބުނެއެވެ.

ގިނަ ބަޔަކު އެއްފަހަރަކާ ޓެބްލެޓް ގަތުމުން ޒިއޯމީ އަށް ދިމާވި އެއް ދައްޗަކީ ޓެބްލެޓްގެ ކީޕެޑް އާއި ޕެން އުފައްދާފައިވާ މިންވަރު މަދުވުމުން އެ ވިއްކުމުގައި ލަސްތަކެއް ވުމެވެ. މި ކުންފުނިން ބުނީ ސްޓޮކް މަދުވުމުގެ ސަބަބުން ޓެބްލެޓްގެ ހުރިހާ އެއްޗެއް ހަމައަށް ނުލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ކީޕެޑް އާއި ޕެން ދޭނެ ކަމަށެވެ.

ޒިއޯމީގެ ފަހުގެ ޓެބްލެޓްގައި ހުންނަ ފީޗާތައް:

11 އިންޗީގެ 120ހެޒާޑް ޑިސްޕްލެއި

ސްނެޕްޑްރެގަން 860 ޕްރޮސެސާ

6 ޖީބީ ރެމް

128 އިން 256 ޖީބީ އާއި ހަމައަށް ރެމް

13އެމްޕީ މެއިން ކެމެރާ

8އެމްޕީ ސެލްފީ ސްނެޕާ

އޭޝިޔާގެ މިހާރުގެ އެންމެ ބޮޑު ޓެކް ކުންފުނި ޒިއޯމީ އިން ދާދިފަހުން ވަނީ އެ ކުންފުނީގެ އާ ސްމާޓްފޯން، ޒިއޯމީ ރެޑްމީ ނޯޓް 10 ނެރެފައެވެ. މިއީ 50 މެގަޕިކްސްއެލްގެ ކެމެރާއެއް ހުންނަ ފުރަތަމަ ސްނާޓް ފޯނެވެ.