މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން 19،372 މެޓްރިކް ޓަނުގެ މަސް ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ރިޕޯޓްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެ ކުއާޓަރުގައި ރާއްޖެއިން ވަނީ 19،372 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާއި ބަލާއިރު ދެ އިންސައްތައިގެ އިތުރުވުމެކެވެ.

ތިންވަނަ ކުއާޓަރުގައި އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔެވެ. އެ ބާވަތުގެ މަހުން 1،343 މެޓްރިކް ޓަން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ބޭރަށް ފޮނުވާފައިވަނީ ގަނޑުކުރި ކަޅުބިލަ މަހެވެ. އެ ބާވަތުގެ 4،423 މެޓްރިކް ޓަން ބޭރުކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ ކުއާޓަރުގައި 6،505 މެޓްރިކް ޓަނުގެ ގަނޑުކުރި ކަންނެލި ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެމްއެމްއޭއިން ބުނީ އެހެން އަހަރުތަކާއި އަޅާބަލާއިރު ތިންވަނަ ކުއާޓާގައި ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ މަހުގެ އުފެއްދުންތައް އިތުރުވެފައި ވަނީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކުރި މިންވަރު އިތުުރުވުމުން ކަމަށެވެ.