ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯންގެ ވިޔަފާރި ކުރަމުން އަންނަ އެލް މޯބައިލް އިން "އިޔާ އެންޑް ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލް މޯބައިލްއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެޑް ފޯނާއި، ފޯނާއި ގުޅުން ހުރި ސާމާނު ލިބެން ހުންނަ ތަނެކެވެ. އެލް މޯބައިލްއިން މާލެ އާއި ހުޅުމާލޭގައިވެސް ފިހާރަ ހިންގަމުން ދެއެވެ.

އެލް މޯބައިލްގެ އިޔާ އެންޑް ޕްރޮމޯޝަންގެ ދަށުން ފޮލޯ، ލައިކް އެންޑް ޝެއާގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފޭސްބުކް އަދި އިންސްޓަގްރާމްގައި ދަނީ ކުރިއަށެވެ. ޖެނުއަރީ 31ގެ ނިޔަަލަށް ކުރިއަށް މި ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފްތާއަކު އައިޕެޑް މިނި (ސިކްތް ޖެން) އެއް ލިބިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by eLL Mobile (@ellmobile)

އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި އައިޕެޑް މިނިއިން %20 ޑިސްކައުންޓެއް ލިބިގެން ދާނެއެެވެ. އަދި %20ގެ ޑިސްކައުންޓް ފޯނު ކަވަރާއި، ޓެމްޕާޑް ގްލާސް، ބައެއް ކަހަލަ ހެޑް ފޯން ފަދަ އެސެސަރީޒްތަކުންވެސް ލިބިގެން ދާނެއެވެ. އޭގެ އިތުރުން ބްރޭންޑެޑް ޕޯޓަބަލް ސްޕީކަރުން %5 ޑިސްކައުންޓް ލިބިގެން ދާއިރު، ގަންނަ ކޮންމެ ޕްރޮޑަކްޓަކުންވެސް ޑިސްކައުންޓް ލިބިގެން ދާނެެވެ.

އެލް މޯބައިލް އިން ގަންނަ ވިއްކާ ފޯންތައް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އެލް މޯބައިލްގެ ފިހާރަތަކުން ޕްރޮޑަކްޓްތައް ގަތުމަށް އިންސްޓަގްރާމް ޕޭޖް ނޫނީ ފޭސްބުޕް ޕޭޖަށް މެސެޖްކޮށްގެންވެސް އޯޑަރު ކުރެވޭނެއެވެ. އަދި 9360000 ,7995709 ,7774558 އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ.