އާ އަހަރު ފާހަގަ ކުރުމަށް ރޭ އެރުވި ހަވާއެކު، އާ އަހަރަށް މަރުހަބާކީ ތަކެތީގެ އަގުބޮޑުވަމުންނެވެ.

ތަކެތީގެ އަގުތައް ބޮޑުވެެން ގޮސްފައި ވަނީ ޖީއެސްޓީއަށް އައި ބަދަލާ އެކުގައެވެ. މީގެ ކުރިން ޖީއެސްޓީގެ ގޮތުގައި ނަގަމުން ގޮސްފައި ވަނީ %6 އެވެ. އަދި ޓޫރިޒަމް ޓެކްސް ނަގަމުން ގޮސްފައި ވަނީ %12ގައެވެ. ނަމަވެސް މިރޭ 12 އިން ފެށިގެން މުދަލާއި، ހިދުމަތުގެ އަގަށް މި ވަނީ ބަދަލު އައިސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ ޓީޖީސެސްޓީ ރޭޓް %16 އަށް އަދި އެހެން ދާއިރާތަކުގެ ޖީއެސްޓީ %8 އަށް މި ވަނީ ބަދަލުވެފައެވެ.

އާ އަހަރު ފާހަގަ ކުރުމަށް މިރޭ މާލޭގައި އެރުވި ހަވާ - ވަގުތު އިމޭޖްސް: އަބީދު

މިއާއެކު ފިހާރަތަކުން ވިއްކާ ތަކެތީގެ އަގު މިހާރަށްވުރެ އިތުރަށް ބޮޑުވެގެން ދާނެއެެވެ. އެއީ ޖީއެސްޓީއަށް އިތުރުވި %2 އާ އެކުގައެވެ.

މިހާރު ޓެކްސް ނުނަގާ ބައެއް ބާވަތްތައް!

މީގެ ތެރޭގައި ހިމެނެނީ، ހަޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކައްކާ ތެޔޮ، ބިސް، ސައިފަތް، ކަނޑުގެ މަހާއި، ފަރުމަހާއި، ރައްޖޭގައި ޕެކްކޮށްފައި ހުންނަ ހުރިހާ ބާވަތެއްގެ މަހާއި، ރިހާކުރު، އާފަލު، ފިޔާ، ކެރެޓް، ކެބެޖް، ޓޮމާޓޯ ފަދަ ތަރުކާރީގެ ބާވަތްތަކާއި، ހުރިހާ ބާވަތެއްގެ މޭވާ، ތުއްްތު ކުދިންގެ ޑައިޕަރސް، ތުއްތު ކުދިންގެ ކާނާ،ކައްކާ ގޭސް، ޑީސަލް،ޕެޓްރޯލް ބޮޑެތި މީހުންގެ ޑައިޕަރސް ފަދަ ބާވާތްތަކެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ ބޮޑު ކޯޅުންގަނޑަކަށްފަހު ނޮވެމްބަރު 16 ގައެވެ.

މި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. މި ބިލް ތަސްދީގު ކުރައްވާފައިވާއިރު، މި ބިލަށް އަމަލު ކުރަން މިހާރު މި ވަނީ ފެށީފައެވެ.

ފަތުރުވެރިކަމާއި އާންމު މުދާތަކުން ނަގާ ޖީއެސްޓީ ބޮޑުކުރަން ނިންމީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށެވެ. އެގޮތުން މި ބޮޑު ކުރުމާއެކު އިތުރު 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަަމަށް 2023 އަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފިންކީސް

    ހަވާއެރުވުމާ ތިކެތީގެ އަގުބޮޑުވުމާ ގުޅުމެއްނެތް.

    10
    36
    • Anonymous

      ސާބަހޭ އެބުނަނީ އާއަހަރު ފެށުމާއެކީ ތަކެތީގެ އަގު ބޮޑުވި ވާހަކައޭ🤦

  2. ބޭނި

    ހަވާ އެރުވުމުންތޯ ތަކެތީގެ އަގު ބޮޑުވީ!

    17
    11
  3. ސޯލޭ

    ސުކުރިއްޔާ ހިންނަވަރު ނުކިޔަވާހުރި މަރުމޯލައް

    43
    9
    • އަސް

      ކަޔަވައިގެން ހުރި ވަގަކަށް ވުރެ މާ ބޮޑަށް ވެސް ރަގަޅު

      2
      7
  4. ރައްޔިތުން

    އައި އެމް އެފް އިންނާ އަދި އެމް އެމް އޭގެ ވެސް ލަފަޔާ ޚިލާފަށް ނިންމާލައިގެން ރައްޔިތުން ހާލުގަ ޖައްސަން ކުރިކަމެއް ކަން ނުލިޔުނީ ކީއްވެ؟

    32
    1
  5. ގިނި

    ޑިމޮކްރަސީ ގެ އަޅުވެތިކަން

    35
    1
  6. Anonymous

    ހަބަރުގެ ސުރުހީގެ އަޑިއަށް ރަނގަޅަށް ވަދެލަން ނޭނގޭ މީހުންނަށް ނޭނގޭނެ އެ ބުނާ އެއްޗެއް!

    19
    2
  7. Anonymous

    އަހަރެމެންނަށް ވެސް އޮޅިގެން މާރަނގަޅު ކަމަށް ދެކި ވޯޓް ލެވުނީ.
    "ލަދުވެތިވަން މިއަދު މިކަމާ "
    މަޢާފަށް އެދެން ރައްޔިތުން ކިބައިން.
    ބަހާއި ޢަމަލު އެއްގޮތްވި ނަމަ ކޮންފަދަ ރަނގަޅު ވީސްއޭ ހިތަށް އަރާ.
    ބަސްކިޔާ އެކަކުވެސް ވޯޓްލިޔަ ނުދޭނަން. އަމިއްލަށް ވެސް އިރާދަކުރެއްވިޔާ ނުލާނަށް.
    އަހަރެމެންގެ ދީނާއި ޤައުމިއްޔަތާއި ނުގުޅޭ އެތައް ކަންތައްތަކެއް ފެންމަތިވެއްޖެ.
    މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރަށް ކަށިނުޖެހޭނެ ކަމަށް ބުނެ. އުމުރަށް ސަލާމް

    20
    2
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      ރައްޔަތުން މިއަދު ކަލެޔަށް މައާފެއް ނުކުރާނެ!

  8. ފުއާދު

    ހެޔޮވެރިކަން -ރައްޔިތުން ޖީބަށް ބަރުވެރިކަން.

  9. ފާއިޒު

    ރާއްޖޭގެ އިޤްތިޞޯދު އިނދަޖެހިދާނެތީ ޖީ އެސް ޓީ ބޮޑުކޮށްފި. އެކަމަކު ސަރުކާރުގެ އިސްރާފެއް ކުޑައެއް ނުކުރޭ. މީ ކޮން ފޮމިއުލާއެއްގެ ބޭނުމެއްބާ