ޖެނުއަރީ އެއް ވަަނަ ދުވަހުން ފެށިގެން ޖީއެސްޓީއަށް އައި ބަދަލާއެކު، މިހާރު ސިގިރެޓް ފޮއްޓަކުން އިތުރަށް 5ރ އާއި 7ރ އާ ދެމެދުގެ އަގެއް ނަގާނެއެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީސެސްޓީ ރޭޓް %16 އަށް އަދި އެހެން ދާއިރާތަކުގެ ޖީއެސްޓީ %8 އަށް ވަނީ ބަދަލުވެފައެވެ. މިއާއެކު ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.

ޖީއެސްޓީއާއެކު ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ގިނަބަޔަކު ގަންނަ އެއް ޕްރޮޑަކްޓްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެކައްޗަކި ސިގިރެޓްގެ އަގުވެސް ވަނީ ބޮޑު ވެފައެވެ. އެގޮތުން ބައެއް މީހުންނަކީ ދުވާލަކަށް ސިގިރެޓް ފޮއްޓެއް ގަންނަ މީހުންނެވެ. އެކަމަކު މިއީ ސިއްހީ ގޮތުން ބޮޑެތި ގެއްލުންތައް ދޭ ބާވަތެވެ.

ޖީއެސްޓީ އާ ރޭޓާއެކު ސިގިރެޓް ފޮއްޓަކުން ވަނީ 5ރ އާއި 7ރ އާ ދެމެދު ބޮޑުވެފައެެވެ.

ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިވެރިއަކު ބުނިގޮތުގައި، ޖީއެސްޓީއަށް އައި ބަދަލާއެކު، ކުރިން 90 އަށް ވިއްކަމުން ދިޔަ މަލްބަރޯ ބްރޭންޑްގެ ސިގިރެޓް ފޮއްޓެއްގެ އަގު މިހާރު ވަނީ 95ރ އަށް އަރާފައެވެ. އަދި ކުރިން 99ރ އަށް ވިއްކަމުން ދިޔަ ކެމަލް ބްރޭންޑްގެ ސިގިރެޓް ފޮއްޓެއްގެ އަގު މިހާރު ވަނީ 105 އަށް އަރާފައެވެ.

ސިގިރެޓްގެ އަގުތަކަށް ބަދަލެއް އައިސްފައި ވަނީ ޖީއެސްޓީ ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެފައިވާއިރު، ސިގިރެޓް ވިއްކާ ބައެއް ސަޕްލަޔަރުންވެސް ވަނީ ފިހާރަތަކަށް މިކަން އަންގާފައެވެ.

އިތުރު ފިހާރައެއްގެ އަގުތަކަށް ބަލާއިރު، ޖީއެސްޓީއަށް އައި ބަދަލާއެކު، މިހާރު މަލްބަރޯ ސިގިރެޓް ފޮއްޓެގެ އަގު 98ރ އަށް ވަނީ އަރާފައެވެ. އަދި ކެމަލް ބްރޭންޑްގެ ސިގިރެޓް ފޮއްޓެއްގެ އަގު މިހާރު ވަނީ 108 އަށް އަރާފައެވެ.

ބަައެއް ފިހާރަތަކުގައި ސިގިރެޓް ފޮއްޓަކުން 6ރ އާއި 10ރ އާ ދެމެދުގެ އަގެއް އިތުރަށް ނަގަމުން ދެއެވެ.

2019 ވަނަ އަހަރުން މެއި 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" ވަނީ އެކުަލާވާލާފައެވެ. އެ ގަވާއިދުގެ ދަށުން ވަކިން ސިގިރެޓް ވިއްކުން މަނާ ވާނެއެވެ.

ނަމަވެސް ބައެއް ތަންތަނުން ވަގަށް ސިގިރެޓް ވިއްކައެވެ. މިހާރު މަލްބަރޯ ސިިގިރެޓެއްގެ ވަކިން ވިއްކާ އަގު އުޅެނީ 5.25ރ އަށެވެ. އަދި ކެމެލް ސިގިރެޓެއްގެ އަގު އުޅެނީ 6.25ރ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހހ

    ސޯލިހް ކެމްޕޭން އޮތީ ކުރިޔަށް ކަން ވިސްނާތި

    9
    1
    • ބޮކި

      ކާކުވެރިކަމެއްގަތަ 3.5 ޕަސަންޓް ހުރި ޖީއެސްޓީ 6 ޕަސަންޓް ބޮޑުކުރީ ؟؟

      • ރަން ރީނދޫ

        ނަޝީދު ވެރިކަމުގައި. އެމްޑީޕީ އެމްޑީއެން އަށް ވެރިކަން ލިބިއްޖިއްޔާ ރައްޔިތުން ފެލުން މި އޮންނަނީ.

  2. ކޮންކޮ

    ކާކުގެ ވެރިކަމުގާ ތަ ފުރަތަމަ ތަރަފް ކޮއްފަ ތިކިޔާ ޖީ.އެ.ސް.ޓީ މަގާމް ފެށީ..؟؟!😂😂😂

  3. ޣާޞ

    ހެސްކިޔާފަ ދައުލަތައް ޑޮލަރުވަންނައިރުވެސް މިމީހުން ރައްޔިތުން ފެލުމުގަ އަވަދިނެތި