މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައިރު، ލެކްނޯ ހިކި ކިރަކީ، މިހާރުވެސް ގިނަބަޔަކު ބޭނުން ކުރަމުން އަންނަ މީރު ކިރެކެވެ. މި ކީރު މީރު ކަމާއި އެއްވަރަށް އަގު ހެޔޮވުމުން، ގަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނައިރު، ދުވަހުގެ ކޮންމެ ވަގުތުކޮޅަކަށްވެސް މި ބްރޭންޑްގެ ކިރު ބޯ މީހުން އުޅެއެވެ.

ލެކްނޯ ކިރު ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަނީ، އެމްޔޫ ސްޓޯރުންނެވެ.

މި ކިރަށް ބަލާއިރު، މިއީ ފަތުގެ ބާވަތްތައް ކާން ދީގެން ވަރުޖައްސާފައިވާ ގެރީގެ ކިރު ބޭނުން ކޮށްގެން އުފައްދާފައިވާ ކިރެކެވެ. އެހެންކަމުން މިއީ %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ، އެއްވެސް ކަހަލަ ޕްރިޒަރވޭޓިވްސް ނުހިމެނޭ އުފެއްދުމެކެވެ. އަދި މިއީ ވިޓަމިންސް އާއި ކެލްސިއަމްވެސް ގިނަ އަދަދަކަށް ހުންނަ ކިރެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ހިކިކިރު ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ފޮނިކާނާ ތައްޔާރުކުރައްވާ ބޭފުޅުންގެ މެދުގައިވެސް މިކިރު މަޤްބޫލުކަން ބޮޑެވެ. ލެކްނޯ ހިކި ކިރުގައި ކިރުގެ ރަހަ ގަދަވެފައި ގިރާލަން ފަސޭހަވުން ކަމަށްވެއެވެ.

އެހެންކަމުން ލެކްނޯ ފުލް ކްރީމްގެ ކިރު ތައްޓެއް ބޯލާށެވެ. މި ކިރަކީ ވިޓަމިންސް އާއި ކެލްސިއަމް ގިނަ ކިރަކަށްވުމުން، ދިފާއީ ބާރު ވަރުގަދަ ވާނެ އެވެ.

އެމްޔޫ ސްޓޯރުން ވިއްކާ ލެކްނޯ މިލްކް ޕައުޑަރުގެ އަގުތަކަށް ބަލާއިރު، 12*900 ގްރާމްގެ ކިރު ކޭހެއްގެ އަގަކީ 1،335ރ އަދި ޕެކެޓެއްގެ އަގަކީ 120ރ އެވެ. 12*2.25 ކިލޯ ގްރާމްގެ ކިރު ކޭހެއްގެ އަގަކީ 1،660ރ އަދި ޕެކެޓެއްގެ އަގަކީ 290ރ އެވެ.