ދިވެހިންނާއި ޖޫހާ މިވަނީ ގުޅިލާމެހިފައެވެ. އެކި ތަފާތުވައްތަރުގެ ޖޫހެވެ. ޒަމާނާ އެއްގޮތަށް ކަންކަން ބަދަލުވެގެން ދާއިރު އޭރު އެކިކަހަލަ ޖޫސް ފުޅި ގަނެގެން ގޭގޭގައި ގިރަމުން އައި ޖޫސް ވެސް މިވަނީ ބަދަލުވާން ފަށާފައެވެ. މީހުން އުޅެންޖެހިފައިވާ ބިޒީ ޝެޑިއުލާއި، ދެކޮޅަށް އަބަދު ދުވެން ޖެހުމުގެ ސަބަބުން އެންމެން ވެސް ހޯދަންފެށީ ފަސޭހަ ގޮތެކެވެ. އެހެންކަމުން ކޮންމެ ގެއެއްގައި މިހާރު ޖޫސް ފުޅިއެއް ހުންނަތަން ނުފެނިދާނެއެވެ. މިއާ ހިލާފަށް ގޭގޭގެ އަލަމާރިތަކުން ފެންނަމުން ދަނީ ޖޫސް ޕެކެޓުތަކެވެ. އަދި އަވަހަށް ކުއްލިއަކަށް ބޭނުންވެއްޖެ ހާލަތެއްގައި ވިޔަސް މިހާރު އެންމެންވެސް ބޭނުން މިކޮށްލަނީ ޕެކެޓް ޖޫހެވެ. އެކަމަކު ދިވެހިން އަދިވެސް ޖޫހެއް ދުލެއް ނުކުރެއެވެ.

ހެނދުނުގެ ނާސްތާ ބުއްތަށްޓެއް ނުވަތަ މިހާރު ނަމަ ކިރުޕެކެޓަކާއި ގުޅިފައިވާއިރު މެންދުރުގެ ނުވަތަ ދިވެހިންގެ ނަމުންނަމަ ނުވަގަޑީގެ ޖޫސް ވެސް މިއީ ހަމަ އަހަރެމެންގެ ތެރޭގައި ހަރުލާފައިވާ އާދައެކެވެ. މެންދުރު ކެއުމާއެކު ޖޫސް ކަމުދާއިރު، ސްކޫލް ކުދިންގެ ލަންޗު ބްރޭކަށްވެސް މިކަމުދަނީ ޖޫސް ޕެކެޓެކެވެ. ހަމަ އެގޮތަށް ގެއަށް މެހެމާނެއް އަންނަނަމަ އެންމެ ފުރަތަމަ ވެސް މެހެމާންދާރީ އަދާކޮށްލުމަށް ދެވެނީ ޖޫސްތަށްޓެކެވެ.

ދައްކަން މިއުޅެނީ ދިވެހިންނާއި ޖޫހާ ހުރި ގުޅުމުގެ ވާހަކަ އެކަންޏެއް ނޫނެވެ. އެންމެނަށް ކަމުދާ ހިތްގައިމު މީރު ޖޫސް ޕެކެޓެއްގެ ވާހަކައެވެ. ހެޕީ ޖޫސްގެ ވާހަކައެވެ. މި ޖޫސް އެންމެ މަގުބޫލީ ކުޑަކުދިންގެ މެދުގައެވެ. ނަމަވެސް މިއީ ވަކި އުމުރު ފުރަޔަކަށް ހާއްސަ ޖޫހެއް ނޫނެވެ. އެންމެނަށް ވެސް ކަމުދާނެއެވެ. ފޮނި މީރު ރަހައެއްދޭ، މޭވާތަކުގެ ރަހަ މުއްސަނދި،ކޮލިޓީ ރަނގަޅު ޖޫހެކެވެ.

މިޖޫހުގެ އެތައް ފްލޭވަރތަކެއް ހިމެނެއެވެ. ދިވެހިންނަށް އެންމެ މަޤުބޫލު އޮރެންޖާއި އެޕަލްއެވެ. މީގެ އިތުރުން ގްރޭޕާއި އެޕަލް ބެރީއެވެ. އެހެންކަމުން ދަތުރެއް ދާއިރު ވެސް ޖޫސް ގިރައި ބޮޑެތި ފުޅިފުޅިއަށް އަޅައިގެން ދިއުމަކީ ބުރަބޮޑު ކަމަކަށް ނޫނީ ނުވާނެއެވެ. ވީމާ، މިފަދަ ފުރިހަމަ ރަހައެއްގެ އަތަށާއި ޖީބަށް ވެސް ލުއި ޖޫސް ޕެކެޓްކޮޅެއް ގެންދިއުން ކިހިނެއްވާނެތޯއެވެ؟

ހެޕީ ޖޫސް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ މީގެ ކުރިން ވެސް އަދި މިހާރު ވެސް އަހަރެމެންގެ ތެރެއަށް މަޝްހޫރު އެތައް ވައްތަރެއްގެ ޖޫހެއް ގެނެސްދީފައިވާ އެމް.ޔޫ ސްޓޯރުންނެވެ. ހެޕީ ޖޫސްގައި އެކުލެވިގެންވާ އުފާވެރިކަމުގެ ރަހަ ބަލާލާ އަޖުމަ ބަލައިލުމަށް މިހިސާބުން ތިޔަބޭފުޅުންނާ ހަވާލުކޮށްލާނަމެވެ.