މާލޭގައި ފުޅާ ދާއިރާއެއްގަައި ފޯނުގެ ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބަައި މޯބައިލުން އެޕަލް އައިފޯނުތަކާއި، ޕީއެސް5 ފަދަ ޕްރޮޑަކްޓްތަކުގެ އަގު ހެޔޮ ކޮށްފިއެވެ.

އޮރިޖިނަލް ފޯނާއި، ފޯނާއި ގުޅުން ހުރި އެސެސަރީސް ވިއްކުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ބެސްޓް ބައި މޯބައިލްއިން މައުލޫމާތުދިންގޮތުގައި، ރާއްޖޭގައި އެންމެ އަގު ހެޔޮކޮށް ޕީއެސް5 ލިބޭނީ އެ ފިހާރައިންނެވެ.

އެގޮތުން ޕީއެސް5 ބަންޑްލް އޮފަރގެ ދަށުން ޕީއެސް5ގެ ޑިސްކް އެޑިޝަން ލިބޭނީ 13،700ރ އަށެވެ. އޭގައި އިތުރު ޖޮއިސްޓިކްއަކާއި، ބޭނުންވާ ޕީއެސް5 ގޭމް ސީޑީއެއް ހިމެނޭނެއެވެ. މި އޮފަރގެ ދަށުން ޕީއެސް5ގެ ޑިޖިޓަލް އެޑިޝަން ލިބޭނީ 13،000ރ އަށެވެ. އޭގައި އިތުރު ޖޮއިސްޓިކްއަކާއި، ބޭނުންވާ ޕީއެސް5 ގޭމް ސީޑީއެއް ހިމެނޭނެއެވެ.

އޭގެ އިތުރުން ޕްލޭ ސްޓޭޝަން 5ގެ ޑިޖިޓަލް ވާޝަން 10،999ރ އަށް އެ ފިހާރައިން ލިބޭއިރު، ޕްލޭ ސްޓޭޝަން 5ގެ ޑިސްކް ވާޝަން 11،699ރ އަށް ލިބޭނެއެވެ. އަދި ޕަލްސް 3ޑީ ވަޔާލެސް ހެޑްސެޓް-ގްރޭ ކެމޮފްލޭޛް - ޕީއެސް5 އަދި ޕީއެސް4ގެ އެ ފިހާރައިން 2،200ރ އަށް ލިބޭނެއެވެ.

އެ ފިހާރައިން އައިފޯންތަކުގެ އަގު ވަރަށް ބޮޑަށް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން އައިފޯން އެސްއީ 2020 (64ޖީބީ) 7،400ރ އަށް ލިބޭއިރު، އައިފޯން 11 64ޖީބީ 9،499ރ އަށް އަދި އައިފޯން 11 128ޖީނީ 10،399ރ. އަށް ލިބޭނެއެވެ.

އަދި އައިފޯން 14 128ޖީބީ 16،299ރ އަށް ލިބޭއިރު، އައިފޯން 14 ޕްލަސް 128ޖީބީ 17،399ރ އަދި އައިފޯން 14 ޕްލަސް 256ޖީބީ 18،999ރ އަށް އެ ފިހާރައިން ލިބޭނެއެވެ.

އޭގެ އިތުރުން، އައިފޯން 14 ޕްރޯ 128 ޖީބީ 20،399ރ އަށް ލިބޭއިރު، އައިފޯން 14 ޕްރޯ 256ޖީބީ 22،399ރ އަށް އެ ފިހާރައިން ލިބޭނެއެވެ. އަދި އައިފޯން 14 ޕްރޯ މެކްސް 128ޖީބީ 22،399ރ އަށް ލިބޭއިރު، އައިފޯން 14 ޕްރޯ މެކްސް 256ޖީބީ 24،399ރ އަށް އެ ފިހާރައިން ލިބޭނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ފިހާރައިން ލިބެން ހުންނާނި އައިފޯންގެ ސިންގަޕޫރް މޯޑް އެވެ. އޭގައި ފީޒިކަލް ސިމް + އީސީމް ލެއްވޭނައެވެ. އަދި އެ ފިހާރައިން ވިއްކާ އައިފޯންތަކުގެ އެއް އަހަރު ދުވަހުގެ ވޮރެންޓީ ފޯކަސް ކޮމްޕިއުޓަރ މެދުވެރިކޮށް ލިބޭއިރު، އެއް އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީވެސް ލިބިގެން ދާނެއެވެ.

ބެސްޓް ބައި މޯބައިލް ފިހާރައިން އެޕަލް އެއާޕޮޑްސް އާއި ހޯމްޕޮޑްސްވެސް އަގު ހެޔޮޮކޮށް ލިބިގެން ދާނެއެވެ.

އެ ކުންފުނީގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.