ގިނަބައެއްގެ މެދުގައި މަގުބޫލު ރެސްޓޯރެންޓެއް ކަމަށްވާ "ބިގް މޭން" މިއީ ތަފާތު ތަނެކެވެ. ކެއުންތައް ތަފާތުވެފައި، މީރު ކަމުގެ ވާހަކަދައްކާ މީހުންގެ އަދަދުވެސް ގިނައެވެ.

ގިނަބަޔަކަށް މަގުބޫލު ބިގްމޭންގެ އެންމެ ހާއްސަ ކެއުންތަކުގެ ތެރޭގައި މޭންވިޗް، ބާގާ، ޕިއްޒާ، ނާޗޯސް އާއި ޕާސްތާ ހިމެނެއެވެ. މީސް މީޑިއާގައިވެސް އެތައް ބަޔަކު މި ރެސްޓޯރެންޓްގެ ކެއުންތަކުގެ މީރު ވާހަކަ ދައްކާއިރު، އެތައް ބަައެއްގެ ފޭވަރިޓް އަކަށް މި ރެސްޓޯރެންޓް ވެގެން ގޮސްފައި ވަނީ، މި ކެެެއުންތަކުގެ ސަބަބުންނާއި، ހިދުމަތްތައް ރަނގަޅު ވެގެންނެވެ.

މިފަހަރު މި އޮތީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އުފާވެރި ހަބަރެކެވެ. މިއީ ގިނަ ކަސްޓަމަރުންގެ އިންތިޒާރަށް ނިމުމެކެވެ. ބިގް މޭން އިން ހުޅުމާލެ އަށް ޑެލިވަރީ ހިދުމަތް ފަށަނީއެވެ.

އެކަމަކު މި ހިދުމަތް ފަށާފައި ވަނީ ކަސްޓަމަރުން ހީވެސް ނުކުރާވަރުގެ "ހެސްކިޔާފަ ބޮޑު" ޑިސްކައުންޓަކާއި އެކުގައެވެ. އެގޮތުން މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ފަށާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ހުޅުމާލެ އިން ނަގާ ހުރިހާ އޯޑަރަކަށް %35ގެ ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

ބިގް މޭން ރެސްޓޯރެންޓް ހުންނާނީ ޗާންދަނީ މަގުގައެވެ. ބިގް މޭންގެ ޑެލިވަރީ ނަމްބަރަކީ 9199333، 9199222 އެވެ. އަދި ބިގް މޭންގެ ވައިބާ ކޮމިއުނިޓީ ގްރޫޕް ލިންކް އަކީ މިއީއެވެ.