ގިނަ ބައެއްގެ މެދުގައި މަގްބޫލު މާލޭގެ ރެސްޓޯރެންޓެއް ކަމަށްވާ ބިގްމޭން އިން ރޯދަ މަހާ ދިމާކޮށް، ރޯދަ ވީއްލުމަށް ހާއްސަ، ވަރަށް ތަފާތު މެނިއު އެއް ނެރެފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ފެށުމުގެ ފުރުސަތު ބޮޑު ރޯދަ މަހުގެ ހަފްތާގެ ހަތް ދުވަހަށް، ތައްޔާރުކޮށްފައި ވަނީ ހަތް މެނިއުއެވެ. މިއީ ބިގްމޭންގެ ކަސްޓަމަރުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވާނެއެވެ.

އެގޮތުން ބިގް މޭންގެ ކޮންމެ ދުވަހެއްގެ މެނިއުގައި ތަފާތު ފަސް ކެޓެގަރީއަކަށް ވަނީ ބަހާލެވިފައެވެ. އެ ފަސް ކެޓެގަރީގެ ތެރޭގައި ޑްރިންކްސް، ސްނެކްސް/ބައިޓްސް، އެންޓްރީ/މެއިން، ސެލެޑްސް/ކޮންޑިމެންޓްސްގެ އިތުރުން ހާއްސަ ޑެޒާޓްސްވެސް ހިމަނާފާއި ވެއެވެ.

ބިގްމޭން އިން ބުނި ގޮތުގައި، ޑްރިންކްގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ބިގް މޭންގެ ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ޗޮކޯ ޕީނަޓް ޝޭކް، ފަލޫދާ، ބިގް މޭން ޖޫސް، ކުރުނބާ ފަންޏެވެ. ސްނެކްސްގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ތަފާތު ފްލޭވާ ތަކުގެ މަޝްހޫރު މޭންވިޗް، ހޭންޑް ސްޓްރެޗްޑް ޕިއްޒާ، ހެދިކާ ހިމެނެއެވެ. އެންޓްރީގެ ތެރޭގައި ބިގް މޭން ސްޕެޝަލް ޕާސްތާ، ތަންދޫރީ ޗިކަން، މޮންގޯލިއަން ރައިސް ހިމެނެއެވެ. ސެލެޑްސްގެ ތެރޭގައި ލެބަނީސް މަޝްހޫރު ސެލެޑް ޓަބޫލެހް، ހުއްމުސް ހިމެނެއެެވެ. ފޮނިކާ ތަކެތީގެ ތެރޭގައި ޓެމްޕުރާ އައިސް ކްރީމް، ގުލާން ޖާމު، ކުނަފާ ހިމެނެއެވެ.

ބިގްމޭން އިން ވަނީ ރޯދަ މަހާ ދިމާކޮށް ކޮފީ އަދި ޑްރިންކްސް ނަގަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު 7:00 އިން 9:00 އަށް ހުރިހާ ވައްތަރެއްގެ ކޮފީ އަކުން %50ގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި މެނިއުގެ އެހެނިގެން ޑްރިންކްސް ތަކުން %25ގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެ ރެސްޓޯރެންޓް އިން މައުލޫމާތު ދޭގޮތުގައި އިފްތާރް ބުކިންގ ކަށަވަރު ވާނީ ބުކިންގ ހަދާ ދުވަހަށް ވުރެ އެއް ދުވަސް ކުރިން، މެންދުރު ފަހު 3:00 ގެ ކުރިއަށް ރިޒަވޭޝަނަށް ފައިސާ ދެއްކުމުންނެވެ.

ރިޒަވޭޝަން އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރަކީ 9199961 އެވެ.

ބިގްމޭންއަށް އޮތް ޑިމާންޑް ބޮޑުކަމުން، ބިގްމޭން ޗާންދަނީ މަގު އިތުރަށް ބޮޑުކޮށް، ސީޓް ކެޕޭސިޓީ ވަނީ އިތުރު ކޮށްފައެވެ.

ބިގްމޭން ރެސްޓޯރެންޓަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު، ރެސްޓޯރެެންޓެކެވެ.