ސެންޓްގެ މީރު ވަހުން ހިތްދަމައިގަންނަ ގޮތް ވާނެއެވެ. ހާއްސަކޮށް އެ ވަހަކީ މީރުވަސް ދުވާ، އަދި ގިނައިރުތަކެއް ވަންދެން ވަސް ހުންނަ ސެންޓަކަށް ވާނަމަ، އެ މީހެއްގެ ހިތުން ޖާގައެއް ހޯދަން މަސައްކަތް ކުރާ މީހުން ގިނަ ވާނެއެވެ. މިއީ އާއްމުކޮށް ބައެއް މީހުން، ލޯބިވެރިން ހޯދަން ގެންގުޅޭ އުކުޅެކެވެ.

މިކަމަށް އެންމެ މޮޅު ފަންޑިތައަކަށް ވެގެން ދާނީ ރާއްޖޭގައި އޮރިޖިނަލް ސެންޓް އެތެރެކޮށް ވިއްކަމުން އަންނަ ޖޮލާޓީއެވެ. މިއީ %100 އޮރިޖިނަލް ސެންޓް ފްރާންސް އިން ގެނެސްގެން ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެހެންކަމުން މި ކުންފުނި ވެގެން ދާނީ، އެންމެ އިތުބާރު ކުރެވޭ، ގިނަ އިރު ވަސް ހުންނަ ސެންޓް ވިއްކަމުން އަންނަ ބަޔަކަށެވެ.

ޖޮލާޓިން އިން މީރުވަސް ދުވާ މޮޅު ސެންޓް ގަނެގެން ބޭނުން ކުރަންވީ ސަބަބުތަަކަކީ "ލޯބިވެރިން" ހޯދުން އެކަންޏެއް ނޫނެވެ. އޭގެ ވަހުން ތިމާއާއި ތިމާގެ ހަޔާތުގެ ބައިވެރިޔާއަށްވެސް އެހާ އުފާވެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. އަދި އެއީ ގިނައިރު ވަސް ހުންނަ އެއްޗަކަަށް ވުމުން އޮފީސް ވަގުތު، ނޫނީ ބޭރުގައި އުޅޭ ވަގުތު ބޭނުން ކޮށްލައިގެން ހުރުމުން، ތިމާއާ އެހެން މީހުންނަށްވެސް އެ ލިބެނީ ހިތްހަމަ ޖެހުމެކެވެ.

ދިވެހިންނަކީ ސެންޓްގެ ޖާދޫގައި ޖެހިފައިވާ ބައެކެވެ. ހާއްސަކޮށް އޮރިޖިނަލް ސެންޓަށް ލޯބި ކުރާ މީހުން މަދެއް ނޫނެވެ.

މީގެ ހައެއްކަ މަސް ދުވަސް ކުރިން ޖޮލާޓީން އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް، ސެންޓް ވިއްކަން ފެށި ފަހުން ތަރުހީބުވެސް ވަރަށް ރަނގަޅެވެ. އެއީ ސަބަބެއް ނެތިއެއް ނޫންކަން ޔަގީނެވެ. އޮރިޖިނަލް ސެންޓާއެކު އެ ލިބޭ އުފާވެރިކަން އޮތްއިރު، އިތުބާރާއި ޔަގީން ކަން އޮތުމުން، މިތަނުން މިހާރު ސެންޓް ގަންނަ ދާއިމީ ކަސްޓަމަރުންވެސް ގިނަ ވެއްޖެއެވެ.

ޖޮލާޓީން ވިއްކާ ސެންޓުގެ އެކި ވައްތަރުތަކަށް ބަލާއިރު، ވެރާސޭ އެރޯސް، ސްޕައިސްބޮމްބް ވިކްޓޯ އެންޑް ރޮލްފް އެކްސްޓްރީމް، ފެންޓޮމް، ވެރާސޭ އެރޯސް ފްލޭމް، ލިބްރޭ، މޮން ގުއެރްލައިން، ޖިއޯޖިއޯ އަރްމާނީގެ މައި ވޭ، ލެންކޮމްގެ ލަ ވެއި އެސްޓް ބެއްލޭ، ނަރްސިސްކޯ، ޕަކޯ ރޭބަންގެ ޕިޔޯ އެކްސެސް، ވިކްޓޯރިއާ ސީކްރެޓްގެ ބޮބްމްޝެލް އޫދް ފަދަ އެތައް ސެންޓެއް ހިމެނެއެވެ.

އެހެންކަމުން އޮރިޖިނަލް ސެންޓް ގަތުމަށް، ނުވަތަ ހިތްކިޔާ ކަހަލަ ބައިވެރިއެއް ހޯދުމަށް ޖޮލާޓީގެ މީރުވަސް ދުވާ ސެންޓް ގަނެލާށެވެ. ޖޮލާޓީން މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ. ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮންނާއި، 9874438 އަށް ގުޅައިގެންވެސް އޮރިޖިނަލް، މީރުވަސް ދުވާ ސެންޓަށް އޯޑަރު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެނެރީ

    ކަލޭމެން ސަލާން ޖަހަން ވީނު ސެންޓު ވިއްކަން

  2. ގިފިލިރާޑޯ

    ރާޑޯ ސްންޓް އަހަރަމެން ޖަހަނީ. ވަރަށް މީރުވަސްދުވާ ކުރިން ނުދުވާ