އޮރިޖިނަލް ސެންޓް ވިއްކުމުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޖޮލާޓީން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންހެނުންގެ ދުވަހަކީ މާރިޗް މަހުގެ އަށް ވަނަ ދުވަހެވެ.

ރާއްޖެއަށް %100 އޮރިޖިނަލް ސެންޓް ފްރާންސް އިން ގެނެސްގެން ވިއްކަމުން އަންނަ ޖޮލާޓީން މިއަދު ބުނީ، އަންހެނުންގެ ދުވަހަށް ހާއްސަކޮށް، އެ ކުންފުނިން ވިއްކާ އަންހެން ސެންޓުން %20އާ ހަމައަށް ޑިސްކައުންޓެއް ލިބިގެން ދާނެ ކަމަށެވެ.

އެހެންކަމުން މިއީ އަނބިމީހާ، ލޯބިވެރިޔާ އަދި އެންމެ ގާތް އެކުވެރިޔާއަށް ހަދިޔާއެއް ދިނުމަށް ހާއްސަ ފުރުސަތަކަށް ވެގެން ދާނެއެވެ.

މި ޕްރޮމޮޝަންވެސް މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.

އޭގެ އިތުރުން، އަންހެނުންގެ ދުވަހަށް ހާއްސަކޮށް ގިވްއަވޭ ޕްރޮމޯޝަނެއްވެސް ޖޮލާޓީން ވަނީ ފަށައިފައެވެ. އެގޮތުން ފޭސްބުކްގައި ކުރިއަށްގެންދާ މި ގިވްއަވޭގައި ބައިވެރިވުމަށް ޖެހޭނީ ޖޮލާޓީގެ ފޭސްބުކް ޕޭޖަށް ލައިކްދީ، އިންސްޓަގްރާމް ޕޭޖް ފޮލޯ ކުރާށެެވެ. އޭގެ ފަހުން ފަސް އަންހެން ރައްޓެހިން ޓެގް ކުރަން ޖެހޭއިރު، ފީޑްގައި އެކަމަށް ހާއްސަ ޕޯސްޓް ޝެއާ ކުރަން ޖެހޭނެއެވެ.


މި ގިވްއަވޭގެ ނަސީބުވެރިޔާ ހޮވާނީ މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެ މީހާއަށް ޖިއޯޖިއޯ އަރްމާނީގެ ސެންޓް ފުޅިއެއް ލިބިގެން ދާނެއެވެ.

ޖޮލާޓީިން ވިއްކަނީ އޮރިޖިނަލް ސެންޓެވެ. އެހެންކަމުން އެ ކުންފުނިން ވިއްކާ ސެންޓުގައި ގިނައިރު ވަސް ހުންނާނެ އެވެ.

މަޝްހޫރު އެތައް ބްރޭންޑެއްގެ ސެންޓް ވިއްކަމުން އަންނަ ޖޮލާޓީން ސެންޓް ގަތުމުން، މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ. ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮންނާއި، 9874438 އަށް ގުޅައިގެންވެސް ސެންޓަށް އޯޑަރު ކުރެވޭނެއެވެ.