މި ފެށޭ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުވުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޖާބިރު ކުރެއްވި ސުވާލުގައި ވިދާޅުވީ ކޮންމެ ރޯދަ މަހެއްގައި ވެސް ބާޒާރުގައި އެއްޗިހި އަގުބޮޑުވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ރޯދަ މަހަކީ އަގުހެޔޮ މަހަކަށްވެ ލިބޭ އާމްދަނީއިން ހަމަޖެހޭނެ ގޮތެއް އޮންނަންވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވެވި އެވެ.

"ވަރަށް ދަތިލާހުގައި ކޮވިޑްގައި ރައްޔިތުން ތިބީ ރޯދަ މަހު ކަރަންޓާއި ފެނެއް ނުކަނޑާ. އެއީ ރައީސް ދީލަތިފުޅުކަމުން. ބާޒާރަށް އައި ބަދަލު ރައްޔިތުންނަށް ބްރީފްވާން ޖެހޭނެ." ޖާބިރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޑިމާންޑަށް އަންނަ ބަދަލުތަކާއި އެކުގައި އާންމުކޮށް ރޯދަ މަހުގައި ތަކެތީގެ އަގު ބޮޑުވެގެންދާ ކަމަށެވެ. އެ ކަމަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މުދާ އިމްޕޯޓްކޮށްގެން ސަޕްލައިކޮށްގެން އަގު ތިރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް 19 ގެ ދަތިކަމުން އަރައިގަނެވި މިހާރު މި ވަނީ އިގްތިސޯދީ ދުވެލި ބާރުކުރެވިފައި ކަމަށެވެ. އެއީ ސަރުކާރުން އޭރު އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގެނެވުނު އިންޓަވެންޝަންސްތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން ޕޭ ހާމަނައިޒޭޝަނަށް. އެއީ ހައްގުވާ އުޖޫރަ ދިނުމުގެ މަސައްކަތް. މިހާރު ޓީޗަރުންނަށް މުސާރަ އެބަދެވޭ. ކުރިއަށް އޮތްތާގައި ގަބޫލް ކުރަނީ މޭ މަހުން ފެށިގެން ޑޮކްޓަރުންގެ މުސާރަ ދެވޭނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިހާރު ވެސް ވަނީ ރޯދަ މަހު އެންމެ ގިނައިން ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަހެލޯ

    މިތާ އެއްވެސް ކޮންޓުރޯލެއްނެތް . . ވިޔަފޢރިވެރިން ހިތު ހުރި ައގަކަށް ވިއްކާނީ

  2. ދަރަނި ދަންތުރަ

    އަމީރޫ ކަލެޔަކީ ރޯނުއެދުރެއް ތަކެތީގެ އަގުތިރި ކުރަން އެފުކޮން އަށް 100 މިލިޔަން ޑޮލަރުދީ އެމީހުން ކުރޭނުގައި މާލެ ވިލިމާލެ ކަނޑުއޮޅިއަށް އަގުތިރި ކުރަން ވަރަށް މޮޅުވާނެ ކަލޯމެން ރައީސް ޔާމީނު ވެރިކަމުގައި ގޮވި ހުރިހާ އެއްޗެއް ކަލޯމެންގެ ކަރުތެރޭ ތިހިރަ ތާށިވަނި ކަލޭމެން ރައްޔިތުން ނޮޅާ ކަނީ ގައުމު ދަވާލައިފި