ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ލުނބޯގެ އަގު "ރަނަށްވެ"، އަގު ވަރަށް ބޮޑަށް އުފުލިގެން ހިނގައްޖެއެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ލުނބޯގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100ރ. އިން މަތީގައެވެ. އަދި މާރުކޭޓުގެ ބައެއް ގޮޅިތަކުގައި ލުނބޯ އެއްގޮތަކަށް ވެސް ފެންނާކަށް ނެތެވެ.

މާރުކޭޓުގައި ކުދި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 70ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގައެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން ބުނީ ރޯދަ މަސް ފެށުމުގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު 90ރ. ގައި ހުރި ނަމަވެސް ރޯދަ މަސް އައުމުން ޑިމާންޑް ބޮޑުވެ، އަގު ބޮޑުވީ ކަމަށެވެ.

ގޮޅިއެއްގައި އިން ސޭޓަކު ބުނީ މީގެ މަސް ދުވަސް ކުރިން ލުނބޯ ކިލޯއެއްގެ އަގު ހުރީ 45ރ. ގައި ކަމަށެވެ.

"އާންމުކޮށް ލުނބޯ މި ގެންނަނީ ވިއެޓްނާމުން. ނަމަވެސް ލުނބޯ ޑިމާންޑާ އެއްވަރަށް ހަމަ ނުގެނެވެނީ" ސޭޓަކު ބުންޏެވެ.

މިދިޔަ އަހަރުވެސް ލުނބޯގެ އަގުތައް ހުރީ ވަރަށް މަތީގައެވެ. އަދި އަގުތައް ތިރިވީ ލުނބޯގެ އިތުރު ޝިޕްމަންޓްތަކެއް ރާޢްޖެ ގެނައުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓ

    ޢިނގުރު ކިލޯ އެއް 150 ރ އަށް އިއްޔެ ހުރީ