މޫނުގެ ރީތިކަން ދެމެހެއްޓުމުގެ އުންމީދުގައި، ހަންގަނޑު ހިކިފައި ހުންނަ ހުރުމުން ސަލާމަތްވެ މޫނުގެ ތާޒާކަން އިތުރުކުރުމަށް ބައެއް ފަރާތްތަކުން އެތައް މަސައްކަތެއްކޮށް ބޮޑު ހޭދައެއް ކުރެއެވެ. ނަމަވެސް ބައެއް ކަހަލަ އުފެއްދުންތަކުގެ ސަބަބުން، މޫނާއި ހަންގަނޑުގެ ރީތިކަން އިތުރަށް ގެއްލި ނާއުންމީދުވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މިފަދަ ބޭނުންތަކަށް، ކެމިކަލް އާއި އެކިއެކި ބާރުގަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތީގެ ބަދަލުގައި ގުދުރަކީ އުފެއްދުންތައް އިޚްތިޔާރު ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.

މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑް، "ޖެނެޓް"ގެ "ސަންޑަލްވުޑް ޑްރައި ސްކިން ޓްރީޓްމަންޓް މަޑްޕެކް" އަކީ ހަންގަނޑު ހިކުމުން ދުރުކޮށްދީ ހަންގަނޑުގެ ތާޒާކަން އިތުރުކުރުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ.

ހަމައެކަނި ފަތްޕިލާވެލި އަދި ގުދުރަތީ ފައިދާކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ކްރީމްގެ އެންމެ ޚާއްސަ އެއް ކަމަކީ، އާދަކޮށް މި ކްރީމް ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާއާއި ބަދަލުތައް ފެންނާން ފެށުމެވެ. އެގޮތުން މޫނުގައި ހަންމަރުވެފައި ހުންނަ ތަންތަނަށް އަލުން ތާޒާކަން ގެނުވައިދީ ހަންގަނޑު ކުރަކިވެފައި ހުންނަހުރުމަށް ދާދި އަވަހަށް މި ކްރީމްގެ ސަބަބުން އާދެއެވެ.

ވިޓަމިނާއި މިނަރަލްސްގެ އިތުރުން، ހަންގަޑަށް ފައިދާހުރި ބައިތަކުން މުއްސަނދި މި ކްރީމްއަކީ، މޫނުގެ ތެތްކަން އިތުރުކޮށްދިނުމުގެ އިތުރުން ހަންގަނޑުގެ ކުލަ ދިމާނުވެ ހުންނަ މައްސަލައަށްވެސް އޮތް ޙައްލެކެވެ. ހަމަ އެހެންމެ ހަންގަނޑު މަޑުވެ ހަންގަނޑުގެ އޮމާންކަމާއި ދުޅަހެޔޮކަން، މި ކްރީމް ބޭނުންކުރާން ފެށުމުން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

މި ކްރީމް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ މޫނު ރަނގަޅަށް ދޮވެލުމަކީ މުޙިންމު ކަމެކެވެ. އެއަށްފަހު މޫނުގައި ރަނގަޅަށް ކްރީމް ހާކާލުމަށްފަހު ދިހަ މިނެޓް ފަހުން ރަނގަޅަށް މޫނު ދޮވެލަންވާނެއެވެ. އާދަކޮށް ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު މިގޮތަށް ޢަމަލުކުރާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަ ކަމަށް "ސަންޑަލްވުޑް ޑްރައި ސްކިން ޓްރީޓްމަންޓް މަޑްޕެކް" ބޭނުންކުރާ ފަރާތްތަކުން ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ސަންޑަލްވުޑް ޑްރައި ސްކިން ޓްރީޓްމަންޓް މަޑްޕެކް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޭސް ވޮޝްގެ 100 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 180 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައި ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ: އިން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. މީގެތެރެއިން 24 ޕްރޮޑަކްޓު މިހާރު "ލިބޭ" އިން ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.