ލޯކައިރި ކަޅުވެފައި ހުންނަ ހުރުމަކީ، މޫނުގެ ރީތިކަން އެކަމެއްގެ ސަބަބުން ގެއްލޭ ކަމެކެވެ. ނިދި މަދުވުމާއި ހަންގަނޑަށް އެކަށީގެންވާ މިންވަރަށް ބޭނުންތެރި މާއްދާތައް ނުލިބުމަކީ ލޯ ކައިރި ކަޅުވުމަށް މެދުވެރިވާ އެންމެ ޢާންމު ސަބަބުތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ. މިކަމުން ސަލާމަތްވުމަށް ތަފާތުއެކި އުފެއްދުންތައް އުފައްދާފައިވާއިރު، ގިނަ ބައެއްގެ ތަޖުރިބާއިން ހާމަވަނީ ހަންގަޑަށް އެންމެ ފައިދާހުރި ބާވަތްތަކަކީ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ އުފެއްދުންތައް ކަމެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ޖެނެޓް" ބްރޭންޑުގެ "އަލްމަންޑް އަންޑަރ އައި ޓްރީންޓްމަންޓް ސެރަމް" އަކީ ލޯކައިރި ކަޅުވާ މައްސަލައަށް އޮތް ޙައްލެކެވެ. މި ސެރަމްއަކީ، އަވަހަށް ނަތީޖާ ފެންނާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޯމިއުލާއެއްގެ ދަށުން އުފައްދާފައިވާ، ފައިދާކުރަނިވި ގުދުރަތީ އެތައް މާއްދާއެއް ހިމެނޭގޮތަށް އުފައްދާފައިވާ މޮޅު ސެރަމްއެކެވެ. މި ސެރަމްގައި ހަންގަޑަށް ގެއްލުންދެނިވި މާއްދާތަކާއި ކެމިކަލްގެ އަސަރު އެއްވެސް ވަރަކަށް އެކުލެވިގެން ނުވާއިރު، މިއީ ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

"ރޯލާ ޕެން" އެއްގޮތަށް ތައްޔާރުކޮށްފައިވާ ފުޅިއެއްގައި ހުންނަ "އަލަމަންޑް އަންޑަރ އައި ސެރަމް" ގެ އެންމެ ޚާއްސަ ކަމަކީ، މި ސެރަމް ބޭނުންކުރާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ލޯ ކައިރީގައިވާ ހަންގަނޑަށް ތާޒާކަން ގެނުވައިދީ، މޫނުމަތީގެ އަލިކަން އިތުރުކޮށްދޭ ދިނުމެވެ. އަދި ސެރަމް އުނގުޅުމަށް ބޭނުންކުރާ ރޯލާ ޕެން ތައްޔާރުކުރެވިފައިވަނީ ލޯ ކައިރީގައި ސެރަމް ހޭކުމަށްފަހު މަސާޖް ކުރެވޭގޮތަށް ކަމަށްވާއިރު، އެކަމުގެ ސަބަބުން ލޮލަށް ވަރަށް ބޮޑު ލުޔެއް ލިބި، މޫނުމަތިން ވަރުބަލިކަމުގެ ސިފަތައް ކެނޑިގެންދެއެވެ.

އެންމެ ފުރަމަތަ ބޭނުންކުރަން ފަށާ ހިސާބުންވެސް ރަނގަޅު ނަތީޖާ ފެންނަ މި އައި ސެރަމް، ހެންދުނާއި ރޭގަނޑު ބޭނުން ކުރުން ރަނގަޅެވެ. އެހެނަސް މޫނަށް ތާޒާކަން ގެނުވުމަށް އެދޭ ކޮންމެ ވަގުތެއްގައިވެސް "އަލަމަންޑް އަންޑަރ އައި ސެރަމް" ބޭނުންކުރެވިދާނެއެވެ. އާދަކޮށް ކޮންމެ ދުވަހަކުވެސް މި ސެރަމް ބޭނުންކުރާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ހެޔޮ ބަދަލު ފެނިގެންދާކަމަށް މި ސެރަމް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "އަލަމަންޑް އަންޑަރ އައި ސެރަމް"، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މީގެ ރޯލާ ޕެންއެއް ވިއްކާ އަގަކީ 130 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައި ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ހަމައެކަނި ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. މީގެތެރެއިން 24 ޕްރޮޑަކްޓު މިހާރު "ލިބޭ" އިން ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.