ގޭމިންގގެ ދުނިޔޭގައި މިހާރު ދިވެހިން އުޅެނީ މާ ކުރީގައެވެ. ގޭމިންގ އަށް ހާއްސަ ޕްރޮޑަކްޓްތައް ފަސޭހަ ކަމާއެކު ލިބޭތީ ކަމުގައި ވެދާނެއެވެ. މިއީ ވަރަށް ގިނަ މީހުން ލިބޭ ހުސް ވަގުތުތަކުގައި އެންމެ ގިނައިން ކުރާ ކަންކަމެވެ. އެއްބަޔަކު އާއިލާ މެންބަރުން އެއްކޮށްލައިގެން ގޭމް ކުޅުމުގައި އުޅޭއިރު، ބައެއް މީހުން ގޭމިންގގައި އުޅެނީ ރަހުމަތްތެރިންނާއި އެކުގައެވެ. އަދި ދިވެހިން މިފަދަ މުބާރާތްތަކުގައި ވާދަ ކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

ގޭމިންގއަށް ހާއްސަ ކަންކަމުގެ ވާހަކަދައްކާއިރު، މިފަދަ އެންމެ ބްރޭންޑެޑް ޕްރޮޑަކްޓްތައް ލިބޭނެ ތަނެއްވެސް ބަލަން އެބަ ޖެހެއެވެ. ޔަގީންކަމާއި، އިތުބާރު ކުރެވޭ ތަނަކުން ގޭމިންގއަށް ހާއްސަ ޕްރޮޑަކްޓްތައް ގަންނަ ނަމަ އެލް ޒޯން ހިޔާރު ކުރާށެވެ. އެލް ޒޯންގައި ގޭމިންގ ލެޕްޓޮޕްސް އާއި ގޭމިންގ މައުސް އާއި ކީ ބޯޑާއި، ހެޑެސެޓާއި، މައިކްވެސް އެބަހުއްޓެވެ.

އެލް ޒޯން ގިނަބަޔަކަށް އެނގޭނީ ޕީއެސް5 އަދު ޕީއެސް5 ގެ ގޭމިންގއަށް ހާއްސަ ޕްރޮޑަކްޓްތައް ލިބޭ ތަނެއްގެ ގޮތުގައި ނަމަވެސް، އެތަނުން ގޭމިންގ ޕީސީ ފުރިހަމަކޮށްލަދޭ ހުރިހާ ޕްރޮޑަކްޓްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެންމެ ލޯ ޕްރޮޑަކްޓްތަކުން ފެށިގެން އެންމެ ހައި ޕްރޮޑަކްޓްތައް ފާހަގަކޮށްލެވެއެވެ.

އެލް ޒޯން އިން ލިބެން ހުންނަ ގޭމިންގ ޕްރޮޑަކްޓްތަކުގެ ބްރޭންޑްތަކަށް ބަލާއިރު، ރޭޒާ، އެމްއެސްއައި، ސްޓީލްސީރީޒް، ލޮޖިޓެކްސް، ހައިޕާއެކްސް، ކޯސްއެއރ، އޭސަސް ބްރޭންޑް ފާހަގަކޮށްލެވެއެވެ.

ގޭމިންގއަށް ހާއްސަ މިފަދަ ބްރޭންޑްތަކުގެ އެންމެ ފަހުގެ ޕްރޮޑަކްޓްތައް އަބަދުވެެސް ލިބެން ހުންނަ އެލް ޒޯންއިން ދާދި ފަހުން ވަނީ ސްޓީމް ޑެކްއަށް ޕްރިއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

ސްޓީމް ޑެކަކީ ވަލްވް އިން އުފެއްދި އަތުން ކުޅެވޭ ވައްތަރުގެ ގޭމިންގ ޕްރޮޑަކްޓެކެވެ. ސްޓީމް ޑެކްގެ ތިން ވާޝަން ކަމަށްވާ 512ޖީބީ، 256ޖީބީ، 64ޖީބީ ލިބެން ހުންނައިރު، މި ތިން ވާޝަންއަށްވެސް ޕްރިއޯޑަރު ކުރުމުގެ ފުރުސަތު އޮންނާނެެއެވެ. މި ގޭމިންގ ޑިވައިސްގައި ގިނަބަޔަޔަކު މިހާރުވެސް ކުޅެން ބޭނުން ކުރާ ސްވިޗް އާއި ނިންޓެންޑޯއަށްވުރެ ބޮޑު، 11.7 އިންޗި ހުންނާނެއެވެ. އަދި މިއަށް މައިކްރޯއެސްޑީ ކާޑު ލެއްވޭނެއެވެ. އަދި މިއީ ސްވިޗް އާއި ނިންޓެންޑޯއަށްވުރެ ފުރިހަމަ ޑިވައިސްއަކަށްވާ ސަބަބަކީ މިއީ ގޭމިންގ ކޮމްޕިޔުޓަރއެއް ފަދަ ޑިވައިސްއަކަށް ވާތީއެވެ.

އެލް ޒޯން ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ އެލް މޯބައިލް 1 (މާވެޔޮ މަގު ކުރިމަތި) ޖެހިގެންނެވެ. އަދި އެލް ޒޯން 2 ހުންނާނީ މަޖީދީ މަގު ވެސްޓާން ޔުނިއަން ކުރިމަތީގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 7995709. 7547247ގެ އިތުރުން 7774558 އެވެ.