ރާއްޖޭގެ ގިނަބަޔަކު ގޭމިންގ ޕްރޮޑަކްޓްތައް ގަންނަ އެލް ޒޯންގެ ހެޔޮ އެދުންތަކާއެކު، މޯލްޑިވްސް ޔުނިފައިޑް ގޭމިންގ ކްލަބް އިން ފީފާ-23 އަށް ހާއްސަ ޕީއެސް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ފީފާ ގޭމަކީ ޒަމާނުއްސުރެ ދިވެހިންގެ ކުދިބޮޑު އެންމެންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ގޭމެކެވެ. މި ގޭމްގެ އެންމެ ފަހުގެ ވާޝާންތައް ނެރޭއިރަށް ގަންނަ މީހުން އިތުރުވާ، އިތުރުވުމަކީ ދިވެހިންގެ މެދުގައި މި ގޭމަށް އޮންނަ ލޯތްބާއި ފޯރި ގަދަކަމުގެ ހެއްކެވެ.

މި ގޭމިންގ އަށް ދިވެހިންނަށް އޮންނަ ލޯތްބާއި ފޯރިގަދަކަމުން، ތަފާތު ބޮޑެތި ފީފާ މުބާރާތްތައް ރާއްޖޭގައި ޔުނިފައިޑް ގޭމިންގ ކްލަބް އިން ބާއްވައެވެ. މިއީ ޒުވާނުންގެ މެދުގައި ފޯރީގައި މިފަދަ ކުޅިވަރުތައް ބޭއްވުމާއި އެކުވެރިކަން އާލާ ކުރުމަށް ބާއްވާ މުބާރާތަކަށް ވާއިރު، މި ފަހަރު ވެސް މި ވަނީ މުބާރާތެއް ބާއްވަން ތައްޔާރުވެފައެވެ.

މިފަހަރު މުބާރާތުގެ މެއިން ސްޕޮންސަރަކީ އެލް ޒޯން އެވެ. މި މުބާރާތުގެ ވަނަ ވަނައަށްދާ ފަރާތްތަކަށް 22،000ރގެ ފައިސާ އާއި އިނާމުތައް ލިބިގެންދެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތެވެ. އެގޮތުން ނޮވެމްބަރު ދެ ވަނަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްގެންދަންވާނެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރު ގޭގެ ރަންނަބަނޑޭރި މާލަމުގެ އިރުމަތީ ފެންޑާގައެވެ.

މި އަހަރު ވެސް ފޯރީގައި ކުރިއަށްދާނެ ކަމަށް ބެލެވޭ މި މުބާރާތުގައި ރެޖިސްޓްރޭޝަންގެ ކަންކަން މި ލިންކް އަށް ފިއްތައިގެން ކުރިއަށްގެންދެވޭނެއެވެ.

އެލް ޒޯން ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ އެލް މޯބައިލް 1 (މާވެޔޮ މަގު ކުރިމަތި) ޖެހިގެންނެވެ. އަދި އެލް ޒޯން 2 ހުންނާނީ މަޖީދީ މަގު ވެސްޓާން ޔުނިއަން ކުރިމަތީގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 7995709. 7547247ގެ އިތުރުން 7774558 އެވެ.

އެލް ޒޯންގައި ގޭމިންގ އަށް ހާއްސަ ހުރިހާ ޕްރޮޑަކްޓްތަކެއް ލިބިގެންދާއިރު، ފަހުގެ ގޭމް ސީޑީތަކާއި، ލެޕްޓޮޕާއި، ޕޮލަރައިޑް ކެމެރާސް އާއި ގޭމް ސީޑީ ހިމެނެއެވެ. އަދި ރޭސިންގ ވީލް އާއި މޮނީޓަރާއި، ގޭމިންގއަށް ހާއްސަ ގްރެފިކްސް ކާޑާއި، ކޫލިންގ ފޭން އާއި ރެމް އަދި މަދަބޯޑްސް ވެސް އެ ދެ ފިހާރައިން ލިބެން ހުންނާއެވެ. އެލް ޒޯން އިން ވިއްކާ ޕޮލައިޑް ކެމެރާގެ ތެރޭގައި ހިމެނޭ އިންޓެކްސް މިނި 11 އާއި އިންޓެކްސް މިނި 9 ހިމެނެއެވެ.