ގްރޭޓާ މާލެ އިމެޖެންސީ ޕަވާ ޕްލާންޓުގެ މަސައްކަތް ނިންމާލައިފި އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެ ޕަވާ ޕްލާންޓުގެ މަސައްކަތް ނިންމައި އެ ޕަވާ ޕްލާންޓާ ގުޅޭ ގޮތުން މައުލޫތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ޕަވާ ޕްލާންޓުގެ ކެޕޭސިޓީއަކީ 20.2 މެގަ ވޯޓު ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ އިމެޖެންސީ ޕަވާ ޕްލާންޓު ގާއިމުކުރީ ސްޓެލްކޯގައި ހުރި ބައެއް އިންޖީނުތަކާއި އަދި އަލަށް ބައެއް އިންޖީނުތައް ބޭނުންކޮށްގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު ހުރީ ތިން ޕަވާ ޕްލާންޓް ކަމަށާއި އެހެން ނަމަވެސް އިތުރަށް އެމެެޖެންސީގައި ޕަވާ ޕްލާންޓްގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

މާލެއަށް މިހާރު ކަރަންޓް ފޯރުކޮށްދެމުންދާ ޕަވާ ޕްލާންޓެއްގެ އިންޖީނެއް ހުއްޓި ކަމެއް ދިމާވެއްޖެ ނަމަ އިމެޖެންސީ ޕަވާ ޕްލާންޓުގެ ބޭނުން ހިފޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގްރޭޓާ މާލެ އިމެޖެންސީ ޕަވާ ޕްލާންޓާ ގުޅޭ ގޮތުން ސްޓެލްކޯގެ އެމްޑީ މައުލޫމާތު ދެއްވަނީ--

އެ ޕަޥާ ޕްލާންޓް ގާއިމުކޮށް ނިންމީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އިމެޖެންސީ ޕަވާ ޕްލާންޓުގައ 14 އިންޖީނު ބަހައްޓައި އަދި އިތުރު އިންޖީނުތަައް ވެސް ބަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

"އަދިވެސް އަޅުގަނޑުމެންގެ ޕަވާ ޖެނެރޭޝަން ކެޕޭސިޓީ މެކްސިމަމްއާ ގާތަށް ހިފަހައްޓަމުން ދަނީ. އިމެޖެންސީ ޖެންސެޓްތައް ނުލާ. އެވަރެޖްކޮށް 90 މެގަ ވޯޓާ ހަމައަށް އަރާ ވިއްސާރަ ނޫން ދުވަހެއް ވެއްޖިއްޔާމު. މީގެ ތެރެއިން މިދިޔަ މަސް ތެރޭގައި ފަހު ހަފްތާގައި 94 އަކަށްވެސް އަރައިގެން ދިޔަ. އެ ނޫނިއްޔާ ހަމަ ހިފެހެއްޓިފައި މި ހުންނަނީ 90ގައި" ޝަރީފް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ އާ އިމެޖެންސީ ޕަވާ ޕްލާންޓު ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގައި އަލަށް އިތުރުވާ އާބާދީތަކަށް ބޭނުންވާ ވަރަށް ކެޕޭސިޓީ ދެވޭނެ މަގު ފަހިކުރުން ކަމަށެވެ.