ޖޫހަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހި ގުޅިފައިވާ އެއްޗެކެވެ. ގެއަށް މެހެމާނެއް އައުމުން ވެސް އަހާލެވެނީ، 'ޖޫސްތަށްޓެއް ބޯލަންވީނު!' މިހެންނެވެ. އަނެއްކާ ނުވަގަޑީގެ އަވިގަދަ ގަޑިއަށް މަސައްކަތްތަކުގައި އުޅޭ މީހުންނާއި މިނޫންވެސް ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ފިނި ޖޫސްތައްޓެއް ބޯލުމަށް ބޭނުންވެއެވެ. އެއީ މެންދުރު ކެއުމުގެ ކުރިން ބަނޑުފުރާނަ މުއްތިކޮށްލަން ނުވަތަ ހައިހޫނުކަން ފިލުވާލަން ބޯލާ ފިނިބުއިމެކެވެ.

މަތީގައި މި ބަޔާންކުރި ކަންތައްތައް ނޫނަސް، އެކިއެކި މުނާސަބާތަކުގައި ޖޫސް ގިރައި އުޅެއެވެ. އަދި ޖޫސް ނުގެންގުޅޭ ގެއެއް ރާއްޖޭގައި މަދުވާނެއެވެ. ޖޫސް ވެފައި މިވަނީ ކެއުމެއް ފުރިހަމަ ކޮށްދޭ އެއްޗަކަށެވެ. އެގޮތުން ކާގަޑީގައި ގިނަބަޔަކު ބުއިމެއް ބޭނުންވެއެވެ. ކޮންމެ ގެއެއްގައި ކޮންމެ ދުވަހަކު މޭވާތަކުން ފަނި ގިރުމަކީ ގިނަވަގުތު ނަގާ ބުރަ މަސައްކަތަކަށް ވާނެއެވެ. ވީމާ، އެންމެންވެސް ޚިޔާރުކުރަނީ ފަސޭހަ ގޮތެކެވެ. މިކަމުގެ ހައްލަކީ ޖޫސް ފުޅިއެއް ނުވަތަ ޖޫސް ދަޅެއް ގޭގައި ބެހެއްޓުމެވެ.

މާކެޓުގައި އެކިވައްތަރުގެ ޖޫސް ލިބެން ހުރެއެވެ. ނަމަވެސް، ދިވެހިންނަކީ އާދައިގެ މަތިން އަބަދުވެސް އެއް ބްރޭންޑުތަކަކަށް ލޯބިކުރާ ބައެކެވެ. ދިވެހިން ލޯބިކުރާ ދެތިން ބްރޭންޑެއްގެ އަގުތައް މާކެޓްގައި މައްޗަށް އަރައިގެން ގޮސްފައިވާ މިދަނޑިވަޅުގައި އައު ޖޫހެއްގެ ރަހަ ބަލާލުން ރަނގަޅެވެ. އެގޮތުން މިހާރު މާކެޓަށް ނެރެފައިވާ 'މެކް-ސީ' ގެ ޖޫސްތަކަކީ އެފަދަ ދެވަނައެއް ނެތް ޖޫހެކެވެ.

'މެކް-ސީ' ޖޫހަކީ ވަގުތުން ގިރާލެވޭ ޕައުޑަރ ޖޫހެކެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ މީރު ބުއިމެކެވެ. މި ޖޫހުގެ އެކި އެކި ފްލޭވަރތައް ހިމެނެއެވެ. އޭގެތެރޭގައި، ޕެޝަން ފުރުޓް، ބެރީސް، އޮރެންޖް، މެންގޯ، ލެމަން އަދި ގޯވާ ވެސް ހިމެނެއެވެ. މިއީ ހަކުރާއި އެހެނިހެން މީރު ރަހަތައް ބޭނުންކޮށްގެން ހަދާފައިވާ ހިކި ޕައުޑަރއެކެވެ. ހަމަ ފިނި ފެނުގައި ވަގުތުން ގިރާލެވޭނެއެވެ. މި ޖޫސް ގިރާލުމާއެކު ވަގުތުން ކޮންމެވެސް މޭވާއެއްގެ ތާޒާ ރަހަދޭ ޖޫހެއް ތައްޔާރުވީއެވެ. ހަމަގައިމުވެސް، ދިވެހިންގެ ކެއުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބައިވެރިއަކަށް މި ޖޫސް ވެގެންދާނެއެވެ.

'މެކް-ސީ' ޖޫސްގެ އުތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެމް.ޔޫ ސްޓޯރ އެވެ. މި ޖޫސް އެމް.ޔޫ ސްޓޯރގެ ފިހާރަތަކުންނާއި ރާއްޖޭގެ އެކިއެކި މާޓުތަކުން މިހާރު ލިބިލައްވާނެއެވެ. ވީމާ، ލަސްނުކޮށް މި ޖޫހުގެ ތިޔަބޭފުޅުންނަށް އެންމެ ކަމުދާ ފްލޭވަރއެއްގެ ރަހަ ބަލާލާށެވެ. ހަމަގައިމުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ