ޢާއިލާއާއި، ރައްޓެހިންނާއި އެކު އުފާވެރި އަދި ހިތްހަމަޖެހޭ މާހައުލެއްގައި އާ އަހަރު ފާހަގަ ކުރުމަށް ސޮލައިޓް ރެސްޓޯރަންޓް މިފަހަރު ވަރަށް ޚާއްޞައެވެ. ތިން ފަންގިފިލާގެ މައްޗަށް އެކުލެވޭ މި ރެސްޓޯރަންޓްގެ އެންމެ މަތި ރޫފް ޓޮޕް ޚާއްޞަ ކުރެވިފައިވަނީ އޯޕަން އެއަރގައި ހިތްގައިމު މަންޒަރާއެކު ގާތް މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް ކުރިން ބުކިންގ ހައްދަވާ ފަރާތްތަކަށް އެކަންޏެވެ. އާ އަހަރު ފާހަގަ ކުރުމަށް ބޭއްވޭ ޝޯވް މިފަހަރު ޚާއްޞަ ކުރެވިފައިވަނީ ސޮލައިޓް ރެސްޓޯރަންޓްގެ 10 ވަނަ ފަންގިފިލާއަށެވެ. ޕިރަމިޑް ބޭންޑާއެކު މޯލްޑިވިއަން އައިޑޮލް އިން ވިދާލި ހިތްގައިމު ލަވަކިޔުންތެރިޔާ ޙިޝާން އަދި މަޝްޙޫރު ލަވަކިޔުންތެރިޔާ ކޮކީ އާއެކު މި ބޭންޑްގެ ހިތްގައިމު ހުށަހެޅުންތައް ބެލުމަށް މި ފަންގިފިލާ ޚާއްޞަ ކުރެވިފައިވަނީ ކުރިން ބުކް ކުރާ ފަރާތްތަކަށެވެ. މި ފަންގިފިލާގައި ލައިވް ބާބަކިޔުއާއި އެކު ބުފޭވެސް ހިމެނޭނެެހެންކަން ފާހަގަކޮށްލެވެއެވެ.

ސޮލައިޓް ރެސްޓޯރަންޓްގެ ނުވަ ވަނަ ފަންގިފިލާ ހާއސަ ކުރެވިފައިވަނީ ފައިން ޑައިން އަދި ހަމަހިމޭން މާހައުލެއްގައި އާއަހަރު ފާހަގަ ކުރުމަށް ބޭނުންވާ ފަރާތްތަކަށެވެ. މި ފަންގިފިލާ ކުރިން ރިޒާވް ކޮށްލެވޭނެއެވެ.

ސޮލައިޓް ރެސްޓޯރެންޓް

ސޮލައިޓް ރެސްޓޯރަންޓަކީ ޢާއިލީ ރެސްޓޯރަންޓެއްގެ ގޮތުގައި މިވަގުތު މާލޭގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރެންޓެވެ. ސޮލައިޓް ރެސްޓޯރަންޓް ހުންނާނީ ވެލާނާ ބިލްޑިންގ ގެ ކުރިމަތީގައި ހުންނަ ހ. ސުއާޒް ބިލްޑިންގ ގެ އެންމެ މަތީގައެވެ. ސޮލައިޓް ރެސްޓޯރަންޓުން ކުރިން ބުކިންގ ހެއްދެވުމަށް ބޭނުންވާ ފަރާތްތަކުން ގުޅާނީ 7288088 ނަމްބަރ އަށެވެ.