ސޮލައިޓް ރެސްޓޯރަންޓަށް ތައި ކެއުންތައް ތައާރަފް ކޮށްފިއެވެ. މި ހިނގާ އޮކްޓޯބަރ މަހުންފެށިގެން މުޅިން އަލަށް ފެށި މި ކެއުންތަކުގައި ތައިގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ ބަތާއި، ނޫޑްލުސްގެ ބާވަތްތަކާއި، ތައިގެ މަޝްހޫރު ސޫޕްގެ ބާވަތްތައްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ތައި ސީފުޑްސް އަދި ސެލަޑް އަދިވެސް ތަފާތު ކެއުންތައް ހިމެނެއެވެ. މި ކެއުންތައް ތައްޔާރު ކުރާނީ ތަޖުރިބާ ލިބިލައްވާފައިވާ ތައިލެންޑްގެ ޚާއްޞަ ކައްކާއިންނެވެ.

ސޮލައިޓް ރެސްޓޯރަންޓަށް އަލަށް މި ތައާރަފް ކުރެވުނު ތައި ކެއުންތަކަށް ކަސްޓަމަރުންގެ ވަރަށްބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. އަދި ޢާއިލާތަކުން ވަކިން ބުކިންގ ހަދައިގެންވެސް ތައި ކެއުންތަކަށް އޯޑަރ ކޮށްލެވޭނެއެވެ.

ސޮލައިޓް ރެސްޓޯރަންޓަކީ އެކި އެކި ޙަފްލާތަކާއި ޕްރައިވެޓް އިވެންޓްތައް ބޭއްވޭފަދަ ޖާގަ ތަނަވަސް ރެސްޓޯރެންޓެކެވެ. އަދި ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް މިވަގުތު މާލެގައިހުރި އެންމެ މަޤުބޫލް ފެމިލީ ރެސްޓޯރެންޓަކީވެސް ސޮލައިޓް ރެސްޓޯރެންޓެވެ.ވަކިން ޕްރައިވެޓްކޮށް އަދި ވަކި ވަކިން މޭޒް ބުކް ކޮށްލައިގެންވެސް ސޮލައިޓް ރެސްޓޯރަންޓުން ޚިދުމަތް ހޯދެވޭނެއެވެ.

ސޮލައިޓް ރެސްޓޯރެންޓް

ސޮލައިޓް ރެސްޓޯރަންޓް ހުންނަނީ ވެލާނާ ބިލްޑިންގ ކުރިމަތިން ހުންނަ ހ. ސުއާޒް ބިލްޑިންގ ގެ އެންމެ މަތީގައެވެ. ތިން ފްލޯރގެ މައްޗަށް އެކުލެވޭ މި ރެސްޓޯރަންޓްގެ އެންމެ މަތި ރޫފް ޓޮޕް ޚާއްޞަ ކުރެވިފައިވަނީ އޯޕަން އެއަރގައި ހިތްގައިމު މަންޒަރާއެކު ގާތް މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މި ރެސްޓޯރަންޓްގެ 10 ވަނަ ބުރި އަކީ ރެސްޓޯރަންޓްގެ މެއިން ފްލޯރއެވެ. އަދި 9 ވަނަ ބުރި ޚާއްޞަ ކުރެވިފައިވަނީ ފައިން ޑައިން އަދި ޓްރޭނިންގ، ވޯރކްޝޮޕް އަދި ކޮންފަރެންސް ފަދަ ކަންކަމަށެވެ. ސޮލައިޓް ރެސްޓޯރަންޓުން ކުރިން ބުކިންގ ހެއްދެވުމަށް ބޭނުންވާ ބޭފުޅުން ގުޅުއްވާނީ 7288088 ނަމްބަރ އަށެވެ.