ގިނަ ބަޔަކު އިތުބާރު ކުރާ މޮޅު ފޯނުތައް އުފައްދާ ކުންފުންޏެއް ކަަމަށްވާ ސެމްސަންގ އިން ބާޒާރަށ ްނެރުނު އަގުހެޔޮ ގެލެކްސީ އޭ51 ފޯނުގެ އާ ސްޓޮކެއް ސޮއްޓިޒް އަށް ގެނެސް ވިއްކަން ފަށައިފިއެވެ.

މި ފޯނަކީ ރީތިވެފައި ގެންގުޅެން ފަސޭހަ ފޯނެކެވެ. މި ފޯނުގެ ކަވަރު ހަދާފައިވަނީ ޕްލާސްޓިކުން ކަމަށްވުމުން ކޮންމެ މީހަކަށްވެސް ގެންގުޅެން ފަސޭހަވެފައި ފޯނު ވެއްޓި ތަޅައިގެން ދިއުން ފަދަ ކަންކަމުން ފޯނު ސަލާމަތް ކޮށްދޭނެއެވެ.

ގެލެކްސީ އޭ51 ފޯނުގެ ބެޓަރީއަކީ 4000 މިލިއެމްޕް ޕަވާގެ ބެޓަރީއެކެވެ. އެހެންކަމުން ގިނަ ވަގުތު ވަންދެން މި ފޯނުގެ ބެޓަރި ހިފަހައްޓައިދޭނެއެވެ.

ސޮއްޓިބިޒް އިން މި ފޯނު ވިއްކަނީ 5،200ރ. އަށެވެ. މިއީ ބާޒާރުގައި މިވަގުތު މި ފޯނުގެ އެންމެ ހެޔޮ އަގެވެ. މި ފޯނާއެކު ސޮއްޓިބިޒް އިން އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް ލިބޭނެއެވެ.

ގެލެކްސީ އޭ12ގެ ބައެއް މުހިންމު ފީޗާތައް

- ފޯނުގެ އޯއެސް: އެންޑްރޮއިޑް
- މެމޮރީ: 6ޖީބީ ރެމް
- ބެކް ކެމެރާ: 5އެމްޕީ ޑެޕްތު، 48އެމްޕީ މެއިން، 12 އެމްޕީ އަލްޓްރާ ވައިޑް، 5އެމްޕީ މެކްރޯ

ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަންގ، ޒިއޯމީފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ. މި ފިހާރަ ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.