ޕެކެޓް ކޮފީ ބޯ ހިއްވޭ ހެއްޔެވެ؟ އެކަމަކު، އާންމުކޮށް ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ ޕެކެޓް ކޮފީގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ޕެކެޓް ކޮފީ ބޯން ޖެހިލުންވޭ ހެއްޔެވެ؟ ނުވަތަ ހަކުރުބަލި ފަދަ ބައްޔެއް ތަހައްމަލްކުރަންޖެހުމުގެ ސަބަބުން އެފަދަ ހަކުރުގެ މިންވަރު އިތުރު އުފެއްދުންތައް ބޭނުން ނުކުރެވޭ ހެއްޔެވެ؟

މި ހުރިހާ މައްސަލައެއްގެ ހައްލު ޓްރޮޕިކާނާ ސްލިމްގެ "ތުރީ އިން ވަން" ކޮފީ އިން ލިބޭނެ އެވެ. ޓްރޮޕިކާނާ ސްލިމްގެ ދެ ވައްތަރެއްގެ ޕެކެޓް ކޮފީ ވީބީ ބްރަދާސް އިން ރާއްޖެ އެތެރެކޮށް ވިއްކަ އެވެ. އެއީ "ކެފޭ ލާތޭ" އަދި "ކަޕަޗީނޯ" އެވެ.

ކިރު ކޮފީގެ މި ދެ ރަހައިގެ ޕެކެޓްގައި ވެސް އެއްވެސް ވަރަކަށް ހަކުރެއް ނުހުރެ އެވެ. އެހެން ނަމަވެސް، ފޮނި ރަހަ ލެއްވުމަށް ބޭނުންކުރާ ގުދުރަތީ ބާވަތެއް ކަމަށްވާ ސްޓީވިއާ ބޭނުންކޮށްފައި ހުރުމުން، މި ކޮފީގައި ވެސް މަޑުމަޑު ފޮނިކަމެއް ހުންނާނެ އެވެ. އެހެންކަމުން، މިއީ ސިއްހަތަށް ބަލައިގެން ދިރިއުޅުން ބައްޓަންކުރާ ފަރާތްތަކަށާއި ހަކުރުބަލި ހުންނަ ފަރާތްތަކަށް ވެސް އެންމެ އެކަށީގެންވާ ބުއިމެކެވެ.

ޓްރޮޕިކާނާ ސްލިމް އަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ހާއްސަކޮށް، ހަކުރުގެ ބަދަލުގައި ފޮނި ރަހަ ލެއްވުމަށް ބޭނުންކުރާ ސްވީޓްނާގެ އެކި ވައްތަރުތައް ޓްރޮޕިކާނާ ސްލިމް އިން އުފައްދާއިރު، މި ތަކެތި ދިވެހިންގެ ތެރޭގައި ވެސް އާންމުކޮށް ބޭނުންކުރެ އެވެ.

ޓްރޮޕިކާނާ ސްލިމްގެ އިތުރު އުފެއްދުމެއް ވީބީ އިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާއިރު، ތުރީ އިން ވަން ކޮފީ ވީބީ އިން ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ވިއްކަ އެވެ. އެގޮތުން، ޓްރޮޕިކާނާ ސްލިމް ތުރީ އިން ވަން ކޮފީގެ ދެ ރަހައިގެ ތެރެއިން ކޮންމެ ރަހައެއްގެ ކޭހެއް ވިޔަސް، ވީބީގެ ބާޒާރު ފިހާރަ އިން ހޯލްސޭލްކޮށް ލިބޭނެ އެވެ. ފޮށި ނުވަތަ ވަކިވަކިން ޕެކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ވީބީގެ މާފަންނު އަދި ގަލޮޅު މާޓުން ގަނެވޭނެ އެވެ.

ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވީބީގެ ހޯލްސޭލް ވައިބަ ނަންބަރު 7984366 އިން އިތުރު މައުލޫމާތު ލިބޭނެ އެވެ. ނުވަތަ 3336867 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.