ވާލީ އިންޓަނޭޝަނަލް އިން ވޯލްޑްކަޕާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އެއްލައްކަ ރުފިޔާއަށްވުރެ އަގުހުރި އިނާމުތަކާއިއެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.

ވާލީ އިންޓަނޭޝަނަލްގެ ސީއީއޯ ނަސަމް ސައީދު "ވަގުތު" އަށް ވިދާޅުވީ ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް ދެމީހަކަށް ތުރުކީވިލާތުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖެއް ލިބިގެން ދާނެ ކަމަށެވެ. ދެވަނަ އިނާމަކަށް އައިފޯން-14 ޕްރޯ މެކްސްއެއް އަދި ތިން ވަނަ އިނާމަކަށް ޕްލޭސްޓޭޝަން-5 އެއް ފީފާ-23 އަކާއިއެކު ލިބިގެން ދާނެއެވެ.

އޭގެ އިތުރުން އިތުރު ނުވަ އިނާމެއް ވެސް ލިބިގެން ދާނެއެވެ. އެއިނާމުތަކުގެ ތެރޭގައި ހިމެނެނީ އެނދަކާއި އަލަމާރިއެއް، 65 އިންޗީގެ ޓީވީއެއް، ފްރިޖެއް، ދޮންނަ މެޝިނެއް، 9000 ބިޓީޔޫގެ އެއާކޯނެއް، ޕާފިއުމް ގިފްޓް ޕެކެއް، ޑޮނާ ކެބާބް ގިފްޓް ޕެކެއް، މޫވިންޕިކް އައިސްކްރީމް ގިފްޓް ޕެކެއް އަދި ވާލީ އިންޓަނޭޝަނަލްގެ ގިފްޓް ޕެކެކެވެ.

"މިނުވަ އިނާމަކީ ވެސް އާދައިގެ އިނާމުތަކެއް ނޫން. އެއްވަނައަށް ލިބޭ ފަދަ އަގުބޮޑެތި އިނާމުތަކެއް މީގެ ތެރޭގައި ވެސް ހިމެނެނީ." ވާލީގެ ސީއީއޯ ވިދާޅުވިއެވެ.

ވާލީ އިންޓަނޭޝަނަލްގެ ސީއީއޯ ނަސަމް ސައީދު
ވާލީ އިންޓަނޭޝަނަލްގެ ސީއީއޯ ނަސަމް ސައީދު

މި ޕްރޮމޯޝަންގައި ދެގޮތަކަށް ބައިވެރިވެވޭނެއެވެ. އެއްގޮތަކީ ވާލީ އިންޓަނޭޝަނަލް އިން ހިންގާ ސިސްޓާ ކުންފުނިތައް ކަމަށްވާ ޑޯނާ ކެބާބް މޯލްޑިްސް، މޫވިން ޕިކް އައިސް ކްރީމް އަދި ލެ ޕާފިއުމް ވާލީ ސްޓޯރްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖްތަކުގައި ޝެއާ ކޮށްގެން ބައިވެރިވުމެވެ.

ފޭސްބުކް ޕޭޖްގައި ހިމެނޭ ޕޯސްޓް ޝެއާ ކޮށްގެން ޕްރޮމޯޝަންގައި ބައިވެރި ވުމަށް ޕޯސްޓްް ޝެއާ ކުރުމުގެ ކުރިން ޕޯސްޓަށް ލައިކްކޮށް، ހަތަރު ރަހުމަތްތެރިން ޓެގް ކުރަން ޖެހޭނެއެވެ. އަދި ވާލީ އިންޓަނޭޝަނަލްގެ ކުންފުނިތަކުގެ ޕޭޖްތައް ފޮލޯ ކުރަން ޖެހޭނެއެވެ. އެއަށްފަހު ސްޓޯރީގައި ޕޯސްޓް ޝެއާ ކުރަން ޖެހޭނެއެވެ.

ދެވަނަ ގޮތަކީ ޑޯނާ ކެބާބް މޯލްޑިވްސް އިން ކުރާ ކޮންމެ އޯޑަރެއް، އޮޓޯމެޓިކް އިން މި ޕްރޮމޯޝަން ބައިވެރިވެވޭ ގޮތް ވުމެވެ.


ވާލީ އިންޓަނޭޝަނަލް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ވޯލްޑްކަޕާއި ދިމާކޮށް ކުރިއަށް ގެންދާ އެންމެ އަގުހުރި އިނާމުތައް ލިބޭ އެއް ޕްރޮމޯޝަނެވެ.