ޕްލާސްޓިކް ކޮތަޅުން ފީ ނަގަން މަޖުބޫރުވުމާއި އެކީ، ދިވެހިން އާންމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރާ ހަނޑޫ، ފުށް އަދި ހަކުރުގެ އަގު، މިމަހުގެ މެދުތެރެއިން ފެށިގެން ބޮޑުވާނެ ކަމަށް ވިޔަފާރިވެރިން ބުނަން ފަށައިފިއެވެ.

ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން މަޖުބޫރު ކޮށްފައެވެ. މިއާއި އެކީ ބައެއް ހާލަތްތަކުގައި ދިވެހިން ގަންނަ ތަކެތީގެ އަގު ބޮޑުވާނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ، ހަނޑު، ހަކުރު އަދި ފުށް ވިއްކަން އަޅާ ކޮތަޅުން ވެސް 2 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މިހާރު އެތަކެތި ވިއްކާ އަގަށް އިތުރު ދެ ރުފިޔާ އިތުރުވާނެއެވެ.

ހަނޑޫ، ހަކުރު އަދި ފުށް ވިއްކަން އަޅާ ކޮތަޅުން 2 ރުފިޔާ ނަގަން ފެށުމާއި އެކީ ކުރިން 6 ރުފިޔާއަށް ލިބުނު ހަނޑޫ ކިލޯއެއް ލިބޭނީ 8 ރުފިޔާ އަށެވެ. 5 ރުފިޔާއަށް ލިބުނު ފުށް ކިލޯއެއް ދެން ލިބޭނީ 7 ރުފިޔާއަށެވެ. އަދި 6 ރުފިޔާއަށް ވިއްކަމުން އަންނަ ހަކުރު ކިލޯއެއް ލިބޭނީ 8 ރުފިޔާއަށެވެ.

ފިހާރަތަކުން ތަކެތި ގަންނަ އިރު ދޫކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާޣެ ފީއެއް ނެގުމަށް މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ކުނި މެނޭޖް ކުރުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ާއަލީ

    އިބްރާހިމް 2023 😀

    11
    25
    • ޤާދިރު

      ކަލޯ ކޮންތާކުން 6 ރުފިޔާ އަށް ހަނޑޫ ކިލޯއެއް ވިއްކަނީ؟ ތިވަރަށް ވިއްކާކަން އިނގެންޏާ ވިއްކާ ތަނެއްގެ މައުލޫމާތު އާންމުކޮށްބަލަ. އަގު ކޮންޓްރޯލް ކޮށްފަ އޮތްއެއްޗެއް ތީ

  2. ޕައްލަންބެ

    ކޮތަޅަކުން 2ރ ނެގީމަ ކުނިމެނޭޖް ކުރެވުނީބާ

    48
  3. އައިމަން

    ދިވެހިންނަށް ކެރިދާނެތަ އެންމެން އެކައްޗެއް ކިޔާފަ ކޮތަޅު ނުގަނެ ވާނެގޮތެއް ހޯދަން؟ އޭރުން ވިޔަފާރިތަކަށް ބަސްނުބުނެ ދެފަރާތުގެ ވިޔަފާރީގެ ޙައްގު ހިމާޔަތް ކުރުމާއެކީ އިގްތިޞާދު ކުރެވެނޭ...

    42
    5
  4. ރެޓޭ

    އޯގާތެރިކަމާއި ހެޔޮފުޅުކަން ކޯދުލާ ކެކި އަރަނީ!

    48
  5. ސިމާ

    މީނިމިދިޔަ އަނިޔާވެރި ސަރުކާރެއް ނޫން ރައްޔަތުން ކާން ހުރި ހަޑޫ ހަކުރު ފުއްކޮޅު އަގުބޮޑުކުރަން.

    25
    12
  6. ބޮސް

    ކަސްޓްމަރުން ކޮތަޅުގެންނަނަމަވެސް ތިއަގު ނަގާނެތަ؟

    26
    3
  7. އަލީ

    ކަލެއަށް ވޯޓެއް ނުދޭނަން.

    41
    1
  8. ޤައުމު ހިންގަން ނޭނގުނީ

    ނޫސްތަކުގަ ލިޔެފަ ހުންނަނީ މިއަހަރު މިހާތަނަށް މިތަންބިލިއަން މީރާއަށް ލިބިއްޖެ މިހާތަނަށް މިތަން ފަތުރުވެރިން އަތުވެއްޖެ މިފަދަ ޚަބަރު ތަކެވެ. އެކަމަކު ކޮތަޅު ވީ ބޮޑު މީ ކޮތަޅު އިބްރާހީމަށް ނޫނެކޭ ބުންނަޖެހޭ ސަބަބު

    38
    2
  9. އުގުރި

    ގަމާރުން ވެރިންނަށް އައްޔަނުކުރުމުއް ތަކުލީފު އުފުލަންޖެހޭނީ ނިކަމެތި ރައްޔިތުން ނެވެ.
    މިވެރިކަން އެބަޖެހޭ ބަދަލު ކުރަން..

    54
    2
    • ލޮލް

      ކާކުތަ ގަމާރީ؟ ރައީސް ސޯލިހަކީ ދިވެހިތާރީޚުގަ ތަހިތަށް އައި އެންމެ ރަނގަޅު ރައީސް. ބަޔަކަށް ހަޖަމު ނުކުރެވުނަސް މީ ހަގީގަތް. އަހަންނަކީ ސަޕޯޓަރެއްނޫން. ޢެކަމަކު މީހުންދެކެ ތިހާ ނަފްރަތުވާކަށް ނުވާނެ. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް އަހަރުމެންނަށް ލިބޭއެއްޗެއް ނެތް. ހަމަ ބުރަމަސައްކަތް ކޮށްގެން ލިބޭއެއްޗަކުން ދިރިމިއުޅެނީ. ކޮތަޅުން 2 ރުފިޔާ ނަގަންޏާ ބުއްދިވެރި ގޮތަކީ ހަނޑޫ ހަކުރު ޢަދި ފުށް ގަންނަން ދާއިރު ކޮތަޅު ހިފައިގެން ދިއުން. ޢިގުތިސާދު ކުރެވޭނީ އެންމެންވެސް ޒިންމާ ނަގަން ދަސްކޮށްގެން.

      6
      39
  10. ެަެަެ

    މިސަރުކާރުގެންނަން ވޯޓްދިން އެންމެހާ ފަރާތްތައް ދެން ރާކަނިމސް ކާންތިބޭ

    48
    4
  11. Anonymous

    ފަހަރަކު ކިލޯ އެއްތަ ގަންނަންޖެހެނީ ، ތިބުނާ ޤާނޫނުގެ ދަށުން، ގެއިން ޓައްޕު ހިފައިގެން ދިޔާމަ 2 ރުފިޔާ ނުނަގާނު

    22
    16
  12. ޓައްޕު

    ފަހަރަކު ކިލޯ އެއްތަ ގަންނަން ޖެހެނީ، ތިބުނާ ޤާނޫނު ދަށުން، ގެއިން ޓައްޕު ހިފައިގެން ދިޔާމަ ކޮތަޅު ފީ ނުނަގާނު

    10
    15
  13. ޒުވާރި ޒަރީރު

    ތިޔަކު ނެތް މައްސަލަ އެއް، ގިނަ ދިވެހިން ނަކީ ވ ހަރާމް ކޯރު ބަޔެއް، ޔާމިނަށް ވަގަށް ގޮވާފަ ހޮވީ 5މާމުލު ފަސް ވަގުން ހިމެނޭ ލާދީނީ ބަޔެއް، ދިވެހިން ގެ ނިކަމެތިކަން ފެން ނާނެ އަމީނީ މަގު ބަންދު ކޮއްގެން މުކޭ އޭ ކިޔާ އެއްމެ މީހަކު އެއުޅެނީ، މުޅި މާލެ ޓްރެފިކް ޖޭމް ވެ، އެމަގު ހަދާ ނަމުގަ އެއޮތީ މިރޯދަ މަހުވެސް ބަންދު ކޮއްފަ، އެކަމު ދިވެހިން އޯކޭ ވެފަ، ހޭ އަރާ އިރު މިހާރު ވެރި ކަމުގަ ތިބި އެންމެންނާ އެމީހުން ގެ އަރިސް މީހުން ތިބޭނި އިގިރޭސި ޕާސް ޕޯޓް ހޯލްޑަރުންގެ ގޮތުގަ، ހާލުގަ ޖެހެނީ މިހާރު މިތިބަ ދިވެހި ޅަދަރިން ތައް، އެއި މި ލާދިނީ ބޮޑުން ނަށް އެދަރިން ގެ މައިންބަފައިން ސަނާ ކިޔާ ވޯޓް ކޮޅު ވިއްކާލާ ދީން ވިއްކާލުމުގެ ނަތީޖާ! އަދިވެސް ވަގުތު އެބައޮތް ދިވެހިންނޭ، ހޭލާ!!

  14. Anonymous

    މަގޫ ފަތާއި ވެލި ކާން ތައްޔާރުވާންވީ. ރާއްޖެއަށް މިލިއަނުން ލިބޭ ޑޮލަރުތައް ވަންނަނީ ކޮން ޖީބުތަކަކަށް؟ އާންމު ރައްޔިތެއްގެ ޖީބަށް ނުވަދޭ ދޯ.

    40
  15. އހ

    ޔާމީނަށް ވީވަރުވެސް މިސޮރައް ނުވާނެ

    28
  16. ކިނބޫ ބޫތު

    ދެރަކަމެއްނު މިދެން. ރައްޔިތުން ބަނޑަށް ޖައްސާ މަދަނީ! އަނިޔާވެރި ވެރިކަމެއް!

    39
  17. ލޮލް

    ގައުމު މިހާލަތަށް ގޮސްގެން މިއުޅެނީ ގައުމުގެ ރައްޔިތުން ޕްލާސްޓިކު ކޮތަޅު ބޭނުން ކުރާތީ. ޕްލާސްޓިކު ކޮތަޅު ބޭނުން ކުރުން ހުއްޓާލާއިރަށް މިގައުމު އަމާންވާނެ. މަސްތުވާ މީހުންނެއް ނޫޅޭނެ. ގޭންގު ހަދައިގެން މާރާމާރީ ހިންގާ ބަޔަކުވެސް ނޫޅޭނެ. ރައީސް އިބުރާހިމަށް އެބަހުރި މާތްކަލާނގެ މޮޅު ބުއްދިއެއް ދެއްވާފައި.

    17
  18. ޠާމީނު

    މިހާރުވެސް ފެންޓަސީން ނަގާ ރުފިޔާ. ޖިއެސްޓީ ބޮޑުކުރާ ވާހަކަ ދެއްކިދުވަހު ފަހުދުބަހު އެތާބޭކަރީން ގުޅައެއް 5ރ އަށް 10ރ އަށް ވިއްކި ކުޑަމަސްބަނަހެއް 15ރ އަށް. ސަރުކާރުގެ ދޯހަޅިކަމުން ނިކަމެތި ރައްއިތުން ހާނަވަނީ. ތަކެތީގެ އަގުބޮޑުކުރާއިރުވެސް ކޮންމެވެސް ގޮތަކަށް ރެގިއުލޭޓު ކުރެވޭނަމަ މިހެން ނުވާނެ. 2ޕަސެންޓުގެ ބޮޑުވުމަކަށް 10ރ ވިއްކާއެއްޗެއް 15ރ ވިއްކަންޖެހޭ ސަބަބެއް ނޭގެ.

    14
  19. އަހައްމަދޫ

    މިއިބްރާހިމީ މީ ކިހިނެއް ވެރިކަން ކުރާމީހެއްތަ. 2 ވަނަ ދައުރެއްވެސް ބޭނުންވޭ އެކަމަކު ރައްޔަތުން ރުޅިއަރުވާ ރުޅިއަންނަ ހުރިހާ ކަމެއް އެބަކުރޭ. ދެން މީހުން މިނާޔަށް ވޯޓުލާނޭ ހެން ހީވޭތަ.

    19
  20. ޕިއްޒާހަޓް

    ނުކުންނަން ނުވޭތޯ މިުޒާހިރާއަށް

    16
  21. 111

    ކޮތަޅު ސަރުކާރު

  22. ލާމު

    ރެޑްވޭވް ނޫންތަންތަނުން ކޮންމެކަހަލަ ކޮތަޅަކުން ވެސް 2ރ ނަގާ. ރެޑްވޭވް ހަމަ ބެސްޓް.

  23. ކުޅިކަނބިލި

    މިއަށްކިޔަނީ ކަނާތުން ޖަހާ ވައަތްބުރިކޮށްލުން... ރައްޔިތުން އެއްތަނަކަށް ޖަމާކޮށް މަރަންވީނު ..މީތޯ ހެޔޮވެރިކަމަކީ؟ ރައްޔިތުން ހަންދަމަންފެށީ! އިބްރާހިމާ އޭނާގެ އައުވާނުންވާނެ 60 އަހަރު ވެރިކަމުގަ ބަހައްޓަން..ތަރައްްގީ ކޮތަޅުގައި ގޭގެއަށް ބަހަންފެށީ..މިހާރު ޖީއެސްޓީ 10% މިބަދަލުކޮށްލީ،،،މ

  24. މެޑެލްޖަހާ މީހާ

    މިއީ ވޯކިޒަމްގެ ސަބަބުން ރައީސް އިބްރާހީމް ބުއި ބޮނޑިޔެއް.
    ދިވެހިރާއްޖޭގެ އެންމެން ތިމާވެށިވެ އަތަށާ ބޮލަށް ހަނޑޫ ހަކުރު ލައިގެން އުޅެން ފެށިޔަސް ދުނިޔެއިން ޕްލާސްޓިކު ހުހެއްވެސް ނުވާނެ.
    ރައްޔިތުންނަށް ދުއްތުރާ ކޮށްފަ ވޯޓު ހޯދަން އައިމަ ނަތީޖާ ގޯސްވާނެ.

    އެކަމަކު ތިމާވެށި މިނިސްޓަރު ޔޫރަޕަށް ގޮސް މެޑެލް ޖަހަން ލިބޭނެ ފުރުސަތެއް މީ.

  25. ޑިމޮކްރަސީ

    އޯގާތެރިސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނެ ހުރިހަކަމެއްކޮށްދެމުން އެދަނީ

  26. ކޮތަޅު

    ރާއްޖޭގައި އުޅޭ ވިޔަފާރިވެރިންވެސް މޮޅީ. ކޮތަޅު އަގު ބޮޑުވީމަ އެހެން އެއްޗެހީގެ އަގު ބޮޑުވާންޖެހޭ ސަބަބެއް ނޯންނާނެތާ ކޮތަޅު ހިފައިގެން ވިޔަފާރި ކުރަން ދިޔައީމަ. އެކަމަކުވެސް ހަމަ ސަލާމަތެއް ނެތް ދޯ.